ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި ބީޖޭޕީ ވެރިޔަކު ހައްޔަރުކޮށްފި

ބީޖޭޕީގެ މެމްބަރު ތާކޫރް ރާޖާ ސިންގް. -- ފޮޓޯ: ފޭސްބުކް

ބީޖޭޕީގެ މެމްބަރު ތާކޫރް ރާޖާ ސިންގް. -- ފޮޓޯ: ފޭސްބުކް

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއްގައި އިންޑިއާގެ ވެރިކަން ކުރާ ބަރަަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ އިސްވެރިޔަކު ހައްޔަރުކޮށްފި އެވެ.

ތާކޫރް ރާޖާ ސިންގްއަކީ ހައިދަރްއާބާދް ނިސްބަތްވާ ތެލަންގަނާ ސްޓޭޓުގެ ގާނޫނު ހަދާ މަަޖިލީހުގެ މެމްބަރެކެވެ. އޭނާގެ ވާހަކަތަކާ ގުޅިގެން މުސްލިމުން ވަނީ މުޒާހަރާކޮށްފަ އެވެ.

މީގެ ކުރިން ވެސް އޭނާ ވަނީ މުސްލިމުންނާ ދެކޮޅު ވާހަކަތައް ފަތުރާފަ އެވެ. މީގެ ދެ އަހަރު ކުރިން ފޭސްބުކްއިން ވެސް އޭނާގެ ޕޭޖު ހިންގުން މަނާކުރި އެވެ.

މި ފަހަރު އޭނާ ކީރިތި ރަސޫލާއަށް ފުރަައްސާރަ ކުރުމުން ބީޖޭޕީއިން އޭނާ ސަސްޕެންޑުކޮށް، ފޮނުވި ނޯޓިސްގައި ބުނީ ޕާޓީއިން ވަކިނުކުރަންވީ ސަބަބެއް ބަޔާންކޮށްދިނުމަށެވެ.

ބީޖޭޕީއިން ބުނީ ތާކޫރް ރާޖާ ސިންގް ފާޅުކުރާ ހިޔާލުތަކަކީ އޭނާގެ އަމިއްލަ ހިޔާލުތަކެއް ކަމަށާއި އެއީ ޕާޓީގެ ވިސްނުމާ މުޅިން ހިލާފު ހިޔާލުތަކެއް ކަމަށެވެ.

އަންގާރަ ދުވަހުގެ ހެނދުނު އޭނާ ހައްޔަރުކޮށް ކޯޓަށް ގެންދިޔުމުން، ފުލުހުން ހެދި ޓެކްނިކަލް ގޯހަކާ ހެދި ކަފާލާތުގެ ދަށުން ދޫކޮށްލަން އަމުރު ކުރި އެވެ.

އެކަމާ ހެދި މުޒާހަރާ ހޫނުވުމުގެ ފުރުސަަތު އޮތުމުން، ފުލުހުން ބުނީ އަލުން އޭނާ ހައްޔަރު ކުރުމަށް ކުރަން ޖެހޭ މަަސައްކަތް ކުރަމުންދާ ކަމަށެވެ.

ބުދަ ދުވަހުގެ ރޭ މުޒާހަރާ ހޫނުވެ، ފުލުހުން ސުލުހަ ބަލަހައްޓަން ނިކުތެވެ. އޭގެ ފަހުން ބުރާސްފަތި ދުވަހުގެ ހެނދުނު ހައިދަަރްއާބާދްގެ ސްކޫލްތަކާއި، ޕެޓްރޯލް ސްޓޭޝަންތައް ހުރީ ބަންދުކޮށްފަ އެވެ.

ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ޔޫޓިއުބްގައި އާއްމުކުރި ވީޑިއޯ އެ ޕްލެޓްފޯމުން ޑައުންކޮށްފައިވާ އިރު، ދެ ވަނަ ފަހަރަށް އޭނާ ހައްޔަަރު ކުރީ ބުރާސްފަތި ދުވަހުގެ މެންދުރު ފަހުގެ ވަގުތެއްގަ އެވެ.

މިދިޔަ ޖޫން މަހު ވެސް ބީޖޭޕީގެ ވެރިޔަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލައެއް ފެންމަތިވެ، މުސްލިމް ގައުމުތަކުގެ ނުރުހުން އިންޑިއާއަށް އަމާޒުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox