ނަޖީބު ރައްޒާގު ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންގޮސްފި

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރު ނަޖީބު ރައްޒާގު. -- ފޮޓޯ: ރޮއިޓާޒް

މެލޭޝިއާގެ ކުރީގެ ބޮޑު ވަޒީރުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވެ ކުރި 12 އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މަރުހަލާ ނާކާމިޔާބުވެ، ހުކުމް ތަންފީޒު ކުރަން ޖަލަށް ގެންގޮސްފި އެވެ.

އުމުރުން 69 އަހަރުގެ ނަޖީބު ރައްޒާގުގެ މައްޗަށް ކޮރަޕްޝަންގެ ކުށް ސާބިތުވީ ޖުލައި 2020 ވަނަ އަހަރު، 1އެމްޑީބީ ފަންޑާ ގުޅޭ މައްސަލައިގަ އެވެ. ކުށް ސާބިތުވި ނަމަވެސް އިސްތިއުނާފު މަރުހަލާ ނިމެންދެން އެމަނިކުފާނު ހުންނެވީ ކަފާލާތުގެ ދަށުން ދޫކޮށްފަ އެވެ.

އެ ފަންޑު ބޭނުންކޮށް ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވިކަމުގެ ތުހުމަތާއެކު ނަޖީބަށާއި އެމަަނިކުފާނުގެ ޕާޓީއަށް ވެރިކަން ގެއްލުނީ 2018 ގެ އިންތިހާބުންނެވެ.

އިސްތިއުނާފުގެ އެންމެ ފަހު މަރުހަލާގައި އަންގާރަ ދުވަހު ނަޖީބުގެ ގާނޫނީ ވަކީލު އެދުނީ މައްސަލަ ބަލާ ފަނޑިޔާރުންގެ ބެންޗުން އުއްތަމަ ފަނޑިޔާރު ތެންގްކޫ މައިމޫން ތުއަަން މަތް އުނިކުރުމަށެވެ.

އެގޮތަަށް އެދުނީ އެކަމަނާގެ ފިރިކަލުން 2018 ވަނަ އަހަރު ނަޖީބަށް ފާޑުކިޔަައި ޕޯސްޓެއް ފޭސްބުކްގައި ޝެއާކުރި ކަމަށް ބުނެ އެވެ. އެހެން ނަމަވެސް، ބެންޗުން ބުނީ އެ ޕޯސްޓު ޝެއާކުރީ ނަޖީބުއާ ދެކޮޅަށް ދައުވާ އުފުލުމުގެ ކުރިން ކަމަށް ވާތީ، ވަކީލު އެދުނު ގޮތަށް ނުނިންމޭނެ ކަމަށެވެ.

ހަތް ފަނޑިޔާރުން ހިމެނޭ ބެންޗުގެ ހުރިހާ ފަނޑިޔާރުން ވެސް އިއްތިފާގުވީ ނަޖީބުއާ ދެކޮޅަށް އުފުލި ހަތް ދައުވާގައި ވެސް ކުށް ސާބިތުވެފައި ވަނީ ރަނގަޅަށް ކަމަށެވެ.

ނަޖީބުގެ އަނބިކަނބަލުން ރޮސްމާ މަންސޫރާ ދެކޮޅަށް ވެސް މަނީ ލޯންޑަރިން އާއި ޓެކްސްއަށް މަކަރު ހެދުމުގެ ދައުވާ އުފުލާފައިވެ އެވެ. އެކަމަނާ ވަނީ ދައުވާތަކަށް އިންކާރުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox