ވިލިމާލެ ފަރަށް އަރާފައިވާ ޕްލެޓްފޯމް ނުނަގާތީ މަޖިލީހަށް ކުއްލި މައްސަލައެއް

ބްރިޖްއެޅުމުގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި. އެ އުޅަނދު ނެގުމުގެ މަސައްކަތް ކުރިއަށް ނުދާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި. ފޮޓޯ:މިރާޝް ނާޝިމް/އަަދަދު

ބްރިޖްއެޅުމުގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރާފައި. އެ އުޅަނދު ނެގުމުގެ މަސައްކަތް ކުރިއަށް ނުދާތީ މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހެޅި. ފޮޓޯ:މިރާޝް ނާޝިމް/އަަދަދު

މާލެ އާއި ވިލިމާލެ، ތިލަފުށްޓާ އެކު ގުޅައިލުމަށް އަޅާ ބްރިޖްގެ މަސައްކަތުގައި ބޭނުންކުރާ ޕްލެޓްފޯމެއް، ވިލިމާލޭ ފަރަށް އަރާފައި އޮންނަތާ އެއް ހަފްތާ ވީއިރު އެ އުޅަނދު ނެގުމުގެ މަސައްކަތް ކުރިއަށް ނުދާތީ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ އެމްއެންޕީ މެމްބަރު އަހުމަދު އުޝާމް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ ވިލިމާލޭ ފަރުން ޕްލެޓްފޯމް ނަގަން މަސައްކަތްކުރަމުން ނުދާތީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތައް ވިލިމާލެ ފަރަށް ލިބެމުންދާ ކަަމަށެވެ. އެފަދަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށް ޓަކައި ބްރިޖް ޕްރޮޖެކްޓްގެ މަސައްކަތުގެ ފެންވަރު ސަރުކާރުން ކައިރިން ބަލަން ޖެހޭ ކަަމަށް ވެސް ކުއްލިމަސައްލައިގައި އުޝާމް ވިދާޅުވި އެވެ.

އުޝާމް ހުށަހެޅުއްވި ކުއްލި މައްސަލަ މަޖިލީހަށް ބަލައިގަތީ އެކަމާ ގުޅޭގޮތުން ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 19 މެމްބަރުންގެ ތެރެއިން 16 މެމްބަރަކު ވޯޓު ދެއްވައިގެންނެވެ. އެ މައްސަލަ ބަލައިގަންނަން ނުފެންނަ ކަމަށް އެއް މެމްބަރަކު ވޯޓު ދެއްވި އިރު ވަކި ގޮތަކަށް ވޯޓު ނުދެއްވައި ދެމެމްބަރަކު ވޯޓު ދެއްވި އެވެ.

Advertisement

ކުއްލި މައްސަލަައިގެ ބަހުސްގެ ފުރަތަމަ ފުރުސަތުގައި އުޝާމް ވިދާޅުވީ ޕްލެޓްފޯމް ފަރަށް އެރުމުން، އެ އުޅަނދު އެތަނުން ނަގަން އަވަސް މަސައްކަތްތަކެއް ކުރި ނަމަ އެކަން ކުރުމުގެ ފުރުސަތު އޮތް ކަމަށެވެ. ޕްލެޓްފޯމް ފަރުން ނަގަން، ބްރިޖް އަޅާ ކުންފުނިން މަސައްކަތް ފެށީ ދެދުވަސް ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެެހެން ނަމަވެސް އޭރުގައި އެ ޕްލެޓްފޯމްގެ ފައިތައް ހުރީ ގާތަކުގައި ވަރަށް ބޮޑަށް ހަރުލާފައި ކަމަށް ވާތީވެ، އޭތި ހަމަ އެއްގޮތަކަށް ވެސް ގުޑައިލާނެ ގޮތެއް ނުވި،" އުޝާމް ވިދާޅުވި އެވެ.

އުޝާމް ވިދާޅުވި ގޮތުގައި ބްރިޖްގެ މަޝްރޫއަކީ ވަރަށް ފައިސާހުރި މަޝްރޫއަކަށް ވިޔަސް، އެ މަޝްރޫއުގެ މަސައްކަތް ކުރިއަށް ދަނީ އެންމެ ރަނގަޅަށް ކަމަށް ގަބޫލުނުކުރެވޭ ކަމަށާއި އެއީ ދިމާވެފައި ހުރި ކަންކަމުން ކަމަށެވެ. ވިލިމާލެ ފަރަށް ޕްލެޓްފޯމް އެރުމަކީ އެފަދަ ކަމެއް ކަމަށާއި އެކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މޫސުން ރަނގަޅު، ކަނޑުމަޑު ދުވަހެއްގައި އެވަރުގެ ބޮޑު ޕްލެޓްފޯމެއް، އެހާ ފަސޭހައިން ކަހާލީ ކޮން ސަބަބަކާ ހެދި ކަމެއް، ދައުލަތުގެ އެއްވެސް އިދާރާއަކުން އަދިވެސް ސާފުކޮށްދީފައެއް ވެސް ނުވޭ،" އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބްރިޖްގެ މަސައްކަތްކުރާ ކުންފުނިން ވެސް އެ ސުވާލުގެ ޖަވާބެއް އަދި ނުދެ އެވެ. ޕްލެޓްފޯމް ފަރަށް އެރުމުން އެތަނުން އެ ނަގަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އީގަލް ހިލްސް އިން ސީރިޔާގައި ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގަނީ

ސީރިޔާގެ ދިމިޝްގުގައި މިއަދު ވަނީ އެ ދެ ޕްރޮޖެކްޓު ހިންގުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފަ އެވެ. އެ ރަސްމިއްޔާތުގައި އީގަލް ހިލްސްގެ މުހައްމަދު އަލައްބާރު އަދި ސީރިޔާގެ ރައީސް އަހުމަދު އަލް-ޝަރާ ބައިވެރިވެވަޑައިގަތެވެ.

ވަގު ޓީޓީ ހަދައިގެން 109 އަހަރަށް ޖަލަށްލީ ޝިފާއު ގޭބަންދަށް

ވަގު ޓީޓީ ބޭނުންކޮށްގެން މަކަރާއި ހީލަތުން މުދާ އެތެރެކުރި މައްސަލައިގައި 109 އަހަރަށް ޖަލަށްލާފައިވާ ހަސަން ޝިފާއު، ސިއްހީ ސަބަބުތަކަށްޓަކައި ވަގުތީގޮތުން ގޭބަންދަށް ވަނީ ބަދަލުކޮށްފައި. އޭނާގެ މައްޗަށް 23 ދައުވާއެއް ސާބިތުވެ، ޖަލު ހުކުމުގެ އިތުރުން ހަތް މިލިއަން ރުފިޔާއިން ޖޫރިމަނާކުރި.

ޕެރޯލް ބޯޑުން މެންބަރުން ވަކިކޮށް އެތަން ހުއްޓުމަކަށް ގެނެސްފި

މަސްތުވާތަކެތީގެ ތުހުމަތު ކުރެވޭ އަބުޗާ ގާނޫނާ ހިލާފަށް މިނިވަންކުރަން ނިންމުމާ ގުޅިގެން، ޕެރޯލް ބޯޑުގެ ހަ މެންބަރަކު މަގާމުން ވަކިކުރަން މުއިއްޒު ނިންމަވައިފި. ނަމަވެސް، އެ ބޭފުޅުން އެކަން ކުރީ ގަސްދުގައި ނޫން ކަމަށް ފެންނާތީ، ވަކިކުރި މެންބަރުންގެ ނަންތައް ހާމަނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ޕެރޯލް ބޯޑުގެ ނިންމުން ބަދަލުކުރުމުން އަބުޗާ އަނެއްކާ ބަންދަށް

މަސްތުވާތަކެތީގެ މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ އަބްދުﷲ އިބްރާހިމް (އަބުޗާ) ޕެރޯލްގެ ދަށުން ދޫކޮށްލަން ނިންމި ނިންމުން، ސަރުކާރުގެ އެންގުމަކަށް ޕެރޯލް ބޯޑުން ބަދަލުކޮށް އޭނާ އަލުން ވަނީ ބަންދުކޮށްފައި. މިނިސްޓަރު އިހުސާން ވިދާޅުވީ އޭނާ ހުކުމުގެ ބައި ތަންފީޒުކުރާނެ ކަމަށް.

މަޝްރޫއުތައް އަވަސްކުރުމަށް ކެބިނެޓުގެ ބައްދަލުވުމެއް ބާއްވައިފި

ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތައް އަވަސްކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމަށް ކެބިނެޓުގެ ޚާއްސަ ބައްދަލުވުމެއް ވަނީ ބާއްވާފައި. މި ބައްދަލުވުމުގައި މަޑުޖެހިފައިވާ މަޝްރޫއުތައް ބާރުދުވެލީގައި ކުރިއަށްގެންގޮސް، ކަނޑައެޅިފައިވާ މުއްދަތަށް މަސައްކަތްތައް ނިންމުމަށް މުއިއްޒު އިރުޝާދުދެއްވި.

އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ

ހުޅުމާލެ ފޭސް ދޭއްގެ އަމާން އުދަރެސް ޓަވަރު އަށެއްގެ 15 ވަނަ ފަންގިފިލާއިން ފިރިހެނަކު ވެއްޓި މަރުވެއްޖެއެވެ. މި ހާދިސާއާ ގުޅިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާއިރު، މަރުވި މީހާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

ޑިފެންސާއި ފޮރިންގެ ބައްދަލުވުމެއް މޮންޓާނާ ނޭޝަނަލް ގާޑްސްއާއެކު

ރާއްޖޭގެ އަސްކަރީ ގާބިލުކަން އިތުރުކުރުމަށާއި ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އެހީތެރިވުމާ ގުޅޭގޮތުން، ޑިފެންސް އަދި ފޮރިން މިނިސްޓްރީން އެމެރިކާގެ މޮންޓާނާ ނޭޝަނަލް ގާޑްސްއާ ބައްދަލުކޮށް މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ދެ ގައުމުގެ ދެމެދުގައި އޮތް އަސްކަރީ ގުޅުން ބަދަހިކުރުމަށާއި، ގުޅިގެން ތަމްރީނުތައް ކުރިއަށްގެންދިއުމުގެ ފުރުސަތުތައް ފުޅާކުރުމުގެ މައްޗަށެވެ.

Newsletter

Get the latest news delivered straight to your inbox