އިމްރާން ހާންގެ ހިތާބުތައް ވަގުތުން ބްރޯޑްކާސްޓް ކުރުން މަނާކޮށްފި

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން ސަޕޯޓަރުންނާ އެކު. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ހިތާބުތައް ވަގުތުން ބްރޯޑްކާސްޓް ކުރުން އެ ގައުމުގެ އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީ (ޕެމްރާ) އިން މަނާކޮށްފި އެވެ.

މިދިޔަ އެޕްރީލް މަހު ޕާލިމެންޓުން އިތުބާރު ނެތް ކަމަށް ކަނޑައަޅައި މަގާމުން ދުރުކޮށްފައިވާ އިމްރާން ހާން ގެންދަވަނީ މެދުކެނޑުމެއް ނެތި ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންނެވެ.

ހޮނިހިރު ދުވަހު ވެރިރަށް އިސްލާމްއާބާދުގައި އެއްވުމެއް އޮތް އިރު، އިމްރާން ހާންގެ ހިތާބުތައް ވަގުތުން ޓީވީން ދެއްކުން މަނާ ކުރީ ހޮނިހިރު ދުވަހުގެ ރޭ ނެރުނު އެންގުމެއްގަ އެވެ.

ޓީވީ ޗެނަލްތަކަށް ފޮނުވި އެންގުމުގައި ޕެމްރާއިން ބުނީ އިމްރާން ހާން ގެންދަވަނީ އެއްވެސް ހަގީގަތެއް ނެތް ދޮގު ތުހުމަތުތައް ކުރައްވައި، ނަފުރަތު އުފައްދަމުން ކަމަށެވެ.

"ދައުލަތުގެ އިދާރާތަކާއި ފުލުހުންނާ ދެކޮޅަށް ދައްކަވާ ވާހަކަތަކުގެ ސަބަބުން އާއްމު މަސްލަހަތަށް ގެއްލުންވެ، ސުލްހައަށް ހުރަސް އެޅޭނެ."

އިމްރާން ހާންގެ ޕާޓީއިން ބުނީ ޕެމްރާގެ ނިންމުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަަން ކަމަށް ހުރަސް އަޅަައި، ނޫސްވެރިންނަށް ބިރު ދެއްކުމުގެ އަމަލެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޗައިނާގެ ޖައްވީ މަރުކަޒަށް ޕާކިސްތާނުގެ ޒީޝާން

ޗައިނާގެ "ޓިއަންގޮންގް" ޖައްވީ މަރުކަޒަށް ދަތުރުކުރި ބޭރު ގައުމެއްގެ ފުރަތަމަ އެސްޓްރޮނޯޓުގެ ޝަރަފު ޕާކިސްތާނުގެ ޒީޝާން އަލީ ހޯދައިފިއެވެ. "ޝެންޒޯ-24" އުޅަނދުގައި މި ދަތުރުކުރި ޒީޝާން، ޕޭލޯޑް ސްޕެޝަލިސްޓެއްގެ ގޮތުގައި ޖައްވީ މަރުކަޒުގައި 5 ދުވަހާއި 10 ދުވަހާ ދެމެދުގެ މުއްދަތަކަށް މަސައްކަތް ކުރާނެއެވެ. މިއީ ޖައްވީ ހޯދުންތަކުގެ ދާއިރާއިން ޗައިނާ އާއި ޕާކިސްތާނުގެ ގުޅުން ބަދަހިކުރުމަށް ލިބުނު ތާރީޚީ ކުރިއެރުމެކެވެ.

ޓެމިލް ނާޑޫއަށް 5.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް

އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓުގެ އެކި ދާއިރާތަކުން 5.38 ބިލިއަން ޑޮލަރުގެ އަގުހުރި 70 އިންވެސްޓްމަންޓް އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުތަކުގެ ތެރޭގައި އުފެއްދުންތެރިކަމާއި، ސާފު ހަކަތަ އަދި އިލެކްޓްރޯނިކްސް ފަދަ މުހިންމު ދާއިރާތައް ހިމެނޭއިރު، މީގެ މަގްސަދަކީ އެ ސްޓޭޓަކީ އުފެއްދުންތެރިކަމުގެ ބޮޑު މަރުކަޒަކަށް ހަދައި އިގްތިސާދު ކުރިއެރުވުމެވެ.

ޕޯޕް ފްރާންސިސްއަށް އިބިލީސް ފެނުނު ކަމަށް ބުނެފި

ޕޯޕް ފްރާންސިސްގެ އަމިއްލަ ޑައިރީން ހާމަވި ގޮތުގައި، އޭނާގެ ހަޔާތުގައި ތިން ފަހަރެއްގެ މަތިން ޝައިތާނާ ފެނުމުގެ އިތުރުން "ނަރަކައިގެ ދޮރުތައް" ވެސް ފެނިފައިވެއެވެ. މި ޑައިރީގައި ޝައިތާނާ ފެނުނު ތަފާތު ތަންތަނުގެ ވާހަކައާއި، ޗިލީގައި ފާދިރީން ހިންގި ޖިންސީ ގޯނާގެ މައްސަލަތަކާ ގުޅިގެން ކުރިމަތިވި ހިތާމަވެރި ތަޖުރިބާތައް ވެސް ހިމަނާފައިވެއެވެ.

ހުއާވޭއިން ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގިކަން ސާބިތުވެއްޖެ

އެމެރިކާގެ ކުންފުނިތަކުގެ ވިޔަފާރީގެ ސިއްރުތައް ވަގަށް ނެގުމާއި ބޭންކުތަކަށް އޮޅުވާލިކަމުގެ ކުށް ހުއާވޭގެ މައްޗަށް ސާބިތުވެ، އެ ކުންފުނި ބްލެކްލިސްޓު ކޮށްފި އެވެ. ނިއުޔޯކްގެ ކޯޓަކުން ހުއާވޭގެ މައްޗަށް 10 ދައުވާއެއް ސާބިތުވި ނަމަވެސް، ޖިނާއީ ކުށްތައް ރާވައިގެން ހިންގާ ކަމަށް ބުނެ އުފުލި އެންމެ ސީރިއަސް ދައުވާއިން އެ ކުންފުނި ވަނީ ސަލާމަތްވެފަ އެވެ.

އެންވީޑިއާ ތަހުގީގުކުރަމުންދޭތޯ ބުނެދޭން އޭޖީ އިންކާރުކޮށްފި

އެންވީޑިއާގެ މައްޗަށް ފެޑަރަލް ތަހުގީގެއް ހިންގަމުންދާކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބުދެއްވުމަށް އެމެރިކާގެ އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް އިންކާރު ކުރައްވައިފިއެވެ. އެ ކުންފުނީގެ ސީއީއޯ ޖެންސަން ހުއާންގެ ސުލޫކީ މައްސަލަތަކާއި ޗައިނާއާ އޮތް ގުޅުންތަކާ މެދު ސުވާލު އުފެދިފައިވާއިރު، އަންނަ ހަފުތާގައި އޭނާ ކޮންގްރެސްއަށް ހާޒިރުވާން ޖެހޭނެއެވެ. ބްލާންޗް ވިދާޅުވީ ވަކި ހާއްސަ ތަހުގީގަކާ ގުޅޭ މައުލޫމާތު ދެވެން ނެތް ނަމަވެސް، އެންވީޑިއާ އަކީ ގާނޫނަށް ބޯލަނބާ ކުންފުންޏެއް ކަމަށެވެ.

ވިލިއަމް އާއި ކޭޓްގެ ގެކޮޅަކަށް ބަޔަކު ވަދެގަނެފި

އިނގިރޭސިވިލާތުގެ ވަލީއަހުދު އަމީރު ވިލިއަމް އާއި ކޭޓް މިޑްލްޓަންގެ ޗުއްޓީ ގެކޮޅު ކަމަށްވާ "އަންމާ ހޯލް" އަށް ބަޔަކު ވަދެގަތް މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ. މި ހާދިސާ ހިނގި ވަގުތު އެ ދެކަނބަލުންނާއި ބޭފުޅުން އެ ގޭގައި ނޫޅުއްވާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިކަމާ ގުޅޭގޮތުން ޝާހީ އާއިލާއިން ރަސްމީކޮށް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

މުޒާހަރާތަކާ ހެދި އަންނައުނު އުފައްދާ ސިނާއަތް ހުއްޓުމަކަށް

ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ސިނާއަތުގެ މަސައްކަތްތެރިން މުސާރަ ބޮޑުކުރުމަށް ގޮވާލައި ކުރަމުންދާ މުޒާހަރާތަކާ ގުޅިގެން، ގިނަ ފެކްޓްރީތަކެއް ބަންދުކޮށް އެ ގައުމުގެ އިގްތިސާދަށް ވަނީ ބޮޑު ނުތަނަވަސްކަމެއް ކުރިމަތިވެފައެވެ. މި މުޒާހަރާތަކުގައި ފުލުހުންނާއި މަސައްކަތްތެރިންނާ ދެމެދު ހަމަނުޖެހުންތައް ހިނގައި ބާރުގެ ބޭނުންކުރަމުންދާއިރު، މަސައްކަތްތެރިން އެދެނީ ދިރިއުޅުމުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން އެންމެ ކުޑަ އުޖޫރަ އިތުރުކޮށްދިނުމަށެވެ.

Newsletter

Get the latest news delivered straight to your inbox