ދަނބު މޫސުމުން ދިން ހަނދާނާއި ދަނބުގެ ނުދައްކާ ފައިދާތަކުގެ ވާހަކަ

ދަނބު މޫސުމުން ދިން ހަނދާނާއި ދަނބުގެ ނުދައްކާ ފައިދާތަކުގެ ވާހަކަ

ނުވަދިހައިގެ ފަހަތަށް އެޅުނުއިރު ވެސް ކޮންމެ އަހަރެއްގެ ދަނބު މޫސުމާއެކު ގދ. ފިޔޯރީގައި ދަނބުގެ ފޯރި ހިފާލަ އެވެ. ހާހެއްހައި މީހުން ހަމަނުވާ، ބިމުގެ ގޮތުން ތަނަވަސް ފިޔޯރީގައި ހެއްސަށް ހެދިފައި އޮންނަ ބޯ ޖަންގަލިތަކުގައި ދަނބު ގަހުގެ ދައްޗެއް އޭރަކު ނޯވެ އެވެ. މޫސުން ލައްވާލާއިރު، ހިޔާދޭ ގޮތަށް ބިޔަކޮށް ހެދިފައި ހުންނަ ދަނބު ގަސްތައް އޮންނަނީ ކޯނިލައި ފުރިފަ އެވެ. މުޅި ރަށް ދަނބުން ތިޔާގިވެ އެވެ. ދަނބު އެންމެންނަށް ވެސް މީރެވެ.

އުމުރުގެ ފުރަތަމަ ފަސް އަހަރު ހޭދަކުރަން ލިބުނު އެ ރީތި ރަށުގެ ހިތްގައިމު އެތައް ހަނދާނެއްގެ ތެރޭގައި ދަނބު ހިމެނިގެން އައީ މިނޫން އެހެން ސަބަބެއް ވެސް އޮވެގެންނެެވެ.

އޭރު ފިޔޯރީގައި އެންމެ ގިނައިން ދަނބު ހުންނަ އެއް ސަރަހައްދަކީ އެރަށުގެ އަލަ އޮޅުގެ ފުރަގަހަށް ޖަންގައްޔަށް ދޫވެފައި އޮންނަ ވައްލާ އެކެވެ. ރަށުގެ މީހުން ދިރިއުޅޭ ގެތައް ހުސްވާ ހިސާބާއި އެ ސަރަހައްދާ ދެމެދު މާސިންގާ އަލަ އޮޅެއް އޮންނާތީ އެއީ އާންމުކޮށް ގޮސް އުޅެން ދުރު ހިސާބެކެވެ. އަމުދުން، ކުޑަކުދިން ކުޅެން ނުވަތަ އެކަނި ދާން ދުރު ތަނެކެވެ. ކުޑައިރު މާމަ ބުނެ އެވެ. "މުލަކަންތާ [އޮޅު ފުރަގަހަށް އޮންނަ ވައްލާ] އަކީ ނާމާން ތަނެކެވެ. އެތަނުގައި އެކި ސިފަސިފަ އަށް ބަދަލުވާ ޝައިތާނެއް އުޅެ އެވެ. އެއީ އެކަނި ދާން ހެޔޮ ނުވާ ތަނެކެވެ. އެތަނަށް މީހުން ދަންވަކި [ދަނބު] ބިންނަން ގޮސް އުޅުމުގެ ތެރޭގައި [ފުރޭތަ ކުރާ ކަމަކުން] ދަނބު ގަހުން ވައްޓާލައި އެތައް އަނިޔާ އެއްވެސް ލިބެ އެވެ."

Advertisement

މިއީ ދަނބު ކާހިތްވާލެއް ބޮޑުކަމުން، ދަނބު ބިންނަން ކުދިން އެކަނި ގޮސްދާނެތީ ނުދާ ގޮތް ހަދަން ކިޔައިދޭ ފުލޯކު ވާހަކައަކަށް ވެދާނެ އެވެ. ސަބަބަކީ، މި ވާހަކައެއް މިގޮތަށް އިއްވާފައި އޮންނާތީ އަލައޮޅު ކައިރީ ކުޅެން އުޅޭ ކުއްޖަކު ވެސް ސަަމާސާ އަކަށް ވެސް އެ ހިސާބަށް ނުދެ އެވެ.

އެތައް އަހަރެއް ކުރީގެ މި ހަނދާނެއް، ހުޅުމާލޭގެ މަގުތައް ހިޔާކުރުމަށް ދެފަރާތުގައި އިންދި ދަނބު ގަސްތައް ފޯދުނު ފަހުން ދަނބު މޫސުން ލައިގަންނަ ކޮންމެ ފަހަރަކު އާވެ އެވެ. އެކަމަކު ދަނބު ބޯކޮށް އޮތް ރަށެއްގައި ޅަފުރާ ހޭދަކޮށް، ދަނބުގެ ރަހަ ކިތަންމެ މީރުވެފައި ހުއްޓަސް، މިހައި ދުވަސް ވީއިރު މި މޭވާއެއްގެ އަސްލު ހައިބަތާއި ބޭނުންތެރިކަމާއި ފައިދާ އޮތީ ނޭނގި އެވެ. އަހަރެމެންގެ ތެރޭގައި މާ ގިނަ ގޮތްގޮތަށް މި މޭވާ ބޭނުންކުރާތަން ނުފެންނާތީ އެވެ. ނުވަތަ ކާން އެންމެ ހެޔޮ މޭވާތަކުގެ ލިސްޓުގައި މި ނަން ހާލަކުން ފަހަރަކު ވިޔަސް ނުހިމަނާތީ އެވެ.

ދަނބާ ބެހޭ ގޮތުން އާންމުކޮށް ނޭނގޭ ބައެއް ވާހަކަ

ދަނބު، ނުވަތަ ޖާވާ ޕްލަމް އަކީ އިންޑިއާގައި ގިނައިން ހެދޭ، އެ ގައުމަށް ނިސްބަތްވާ މޭވާއެކެެވެ. އެހެންކަމުން ދަނބު ގަސް ރާއްޖެއަށް އައިސްފައިވަނީ އިންޑިއާ އިން ކަމަށްވުން އެކަށީގެންވެ އެވެ. ދަނބަކީ އެއިން ދޭ މީރު ރަހައާ އެއްވަރަށް ސިއްހީ ގިނަ ފައިދާތަކެއް ވެސް އެކުލެވޭ މީރު މޭވާ އެކެވެ.

ދޮން ދަނބެއްގެ ޖުމްލަ ބުރަދަނުގެ 84 ޕަސެންޓަކީ ފެނެވެ. ރާއްޖެ ކަހަލަ ހޫނު ގަދަ ގައުމެއްގައި ފިނިކޮށްލަން ބޯ ބުއިމެއްގެ ގޮތުގައި ދަނބު ޖޫހާއި ސްމޫތީ ގިރައިގެން ބޭނުންކުރުމަކީ ވެސް އޭގެ ފައިދާ ގިނައިން ކުރާނެ ގޮތެކެވެ. ފެން ގިނަވުމުގެ އިތުރަށް، ދަނބުގައި ޕޮސްފަރަސް، އަޔޮޑިން، މެގްނީޒިއަމް އަދި ޕޮޓޭސިއަމް މިނަރަލް މާއްދާތައް އެކުލެވެ އެވެ. އަބަދު ހޫނުގައި އުޅޭއިރު ދާހިއްލުމުގެ ސަބަބުން ހަށިގަނޑުން މަދުވާ ފެނާއި މިނަރަލް މާއްދާތައް އަނބުރާ ހޯދުމަށް ވެސް އެހީތެރިވެދޭ މޭވާ އެކެވެ.

ދަނބުގައި ފައިބަރު މާއްދާ އެކުލެވޭތީ މައިދާގެ ނިޒާމަށް ވެސް ފައިދާހުރި މޭވާއެކެވެ. އަދި ވިޓަމިން ސީ އާއި ބީ ކޮމްޕްލެކްސް އެކުލެވޭތީ ހަމަށް ވެސް ފައިދާތަކެއް ވެއެވެ.

ގިނަ އަދަދަކަށް އަޔަން އެކުލެވޭތީ ދަނބަކީ ލޭ ރަނގަޅުކޮށްދީ، ލޭ ސާފުކޮށްދިނުމަށް ވެސް އެހީތެރިވެދޭނެ މޭވާއެކެވެ.

ގަދީމީ ޒަމާނުއްސުރެ ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ބޭނުންކުރޭ

ދަނބާ ބެހޭ ގޮތުން ލިޔެފައިވާ ބައެއް ލިޔުންތަކުގައި، މިއީ ފަތްޕިލާވެލީގެ ބޭސްވެރިކަމުގައި ޒަމާންތަކެއް ކުރިއްސުރެ ބޭނުންކުރަމުން އަންނަ މޭވާއެއް ކަމަށް ބުނެފައި އޮވެއެވެ. ދަނބު ބޭނުންކޮށްގެން ފަރުވާދޭ ބައެއް ބަލިތަކުގެ ތެރޭގައި ހަކުރުބަލި، ހަމުގެ ބަލިތައް، ނޭވާހިއްލުން، ބަނޑުގައި ރިއްސުން ފަދަ ބަލިތައް ހިމެނެ އެވެ.

މިފަދަ ބަލިތަކަށް ފަރުވާކުރުމަށް ދަނބު ބޭނުންކުރަން ފެށުނީ، ދަނބުގައި ބައޯއެކްޓިވް ފައިޓޯކެމިކަލްސް ހިމެނޭކަމާއި، ކުރިން ބުނެވިދިޔަ ސިއްހީ މާއްދާތަކުގެ އިތުރަށް، ކެންސަރާ ދެކޮޅަށް މަސައްކަތްކުރާ މާއްދާތަކެއް ވެސް ހިމެނޭ މޭވާއެއްކަން ބޭސްވެރިންނަށް ދެނެގަނެވުމުންނެވެ.

ދަނބަކީ ފައިދާ ގިނަ, ފަސޭހައިން ރާއްޖެ ފަދަ މާހައުލެއްގައި ހެދޭ މީރު މޭވާއަކަށް ވާއިރު ތަފާތު އެކި ގޮތަށް ކެއުންތަކާއި ބުއިންތައް ތައްޔާރުކޮށްގެން ބޭނުން ނުކުރަނީ، ނުވަތަ ދަނބު ގަސް ހައްދަން މަސައްކަތް ނުކުރަނީ މި ކަންކަން މާ ބޮޑަށް ނޭނގޭތީ ކަމަށް ވެދާނެ އެވެ.

އެހެންވީމާ، މިފަހަރު ހުޅުމާލެއަށް ދަނބު ބިންނަން ދާނީ ކުރިއަށްވުރެ މި މޭވާގެ ބޭނުންތައް އެނގިގެންނެވެ. އެކަމަކު އެންމެ އުފާވާނީ ކުޑައިރުގެ މާހައުލަށް އަލުން އަނބުރާ ދެވި، މި މީރު މޭވާއެއްގެ ރަހަ އަނެއްކާވެސް އެ ހަނދާންތަކާއެކު އެ ފަސްގަނޑުގައި ތަޖުރިބާ ކޮށްލަން ލިބޭ ދުވަހަކުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

ބިލް ވިދާސްގެ ލަވައެއް ކޮޕީކުރި ކަމަށް ބުނެ ކޯޓަށް

އޮލީވިއާ ޑީންގެ "އައިވް ސީން އިޓް" ލަވައިގައި ބިލް ވިދާސްގެ މަޝްހޫރު "ޖަސްޓް ދަ ޓޫ އޮފް އަސް" ލަވައިގެ ރާގު ކޮޕީކޮށްފައިވާ ކަމަށް ބުނެ ކެލިފޯނިއާގެ ކޯޓަކަށް މައްސަލައެއް ހުށަހަޅައިފިއެވެ. ބިލް ވިދާސްގެ ހައްގުތައް ބަލަހައްޓާ ކުންފުނިން މި ދައުވާ ކުރަނީ އޮލީވިއާގެ ރެކޯޑް ލޭބަލްތަކާ ދެކޮޅަށް ކަމަށްވާއިރު، މި ދެ ލަވައިގެ މިއުޒިކީ ގޮތުން ހުރި އެއްގޮތްކަމަށްޓަކައި ބަދަލު ހޯދުމަށް ވަނީ އެދިފައެވެ.

Newsletter

Get the latest news delivered straight to your inbox