މޮރާޓާގެ ދެ ލަނޑާ އެކު އެތުލެޓިކޯ އަށް މޮޅެއް

Aug 16, 2022, 8:19 AM
ލަނޑު ޖެހުމަށް ފަހު މޮރާޓާ (ކ) އާއި ޔާއޯ ފެލިކްސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ލަނޑު ޖެހުމަށް ފަހު މޮރާޓާ (ކ) އާއި ޔާއޯ ފެލިކްސް އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ގެޓާފޭ، ސްޕެއިން (އޮގަސްޓް 16) - ސްޕެއިންގެ ފޯވަޑް އަލްވާރޯ މޮރާޓާ ޖެހި ދެ ލަނޑާ އެކު، ސްޕެނިޝް ލަލީގާގައި މި ސީޒަންގައި ކުޅުނު ފުރަތަމަ މެޗުގައި ގެޓާފޭ އަތުން 3-0 އިން އެތުލެޓިކޯ މެޑްރިޑް މޮޅުވެއްޖެ އެވެ.

ގެޓާފޭގެ ދަނޑުގައި ކުޅުނު މެޗުގެ 15 ވަނަ މިނިޓުގައި އެތުލެޓިކޯ އަށް ލީޑު ހޯދައިދިނީ މޮރާޓާ އެވެ. މެޗުގެ 59 ވަނަ މިނިޓުގައި މޮރާޓާ އެތުލެޓިކޯގެ ދެ ވަނަ ލަނޑު ޖެހިއިރު، ތިން ވަނަ ލަނޑު 75 ވަނަ މިނިޓުގައި ޖެހީ އެންޓޮއިން ގްރީޒްމަން އެވެ.

އެތުލެޓިކޯ އިން ޖެހި ތިން ލަނޑުގައި ވެސް އެ ޓީމުގެ ޕޯޗުގަލް ފޯވަޑް ޔާއޯ ފެލިކްސްގެ ދައުރެއް އޮތެވެ. މިދިޔަ ސީޒަން ނިންމާލިއިރު، ޔާއޯ ފެލިކްސް އަށް އެތުލެޓިކޯގައި މުސްތަގުބަލެއް އޮތްތޯ މީޑިއާ އިން ސުވާލު އުފެއްދި ނަމަވެސް އެ ކްލަބުން ނިންމީ އޭނާ ބަހައްޓާށެވެ.

ގެޓަފޭ ޑިފެންޑަރެއްކައިރިން މޮރާޓާ (ކ) ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: އޭއެފްޕީ

މެޗަށް ފަހު ވާހަކަ ދައްކަމުން އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ މި މެޗުން ޓީމުގައި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ފާހަގަވި ކަމަށެވެ. އެކަމަކު، ޖުމްލަކޮށް ބަލާއިރު ޓީމުގެ ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށް ސިމިއޯނީ ބުނެފައިވެ އެވެ،

"ގެޓާފޭ އިން ވަރަށް ވަރުގަދަ އަށް ކުޅުނު. އެހެންވީމަ، އަހަރަމެންނަށް ޑިފެންސަށް ސަމާލުކަން ދޭން މަޖުބޫރުވި. އެކަމަކު ދެވަނަ ލަނޑާއެކު އަހަރަމެންނަށް ހަމަޖެހިލާނެ ފުރުސަތު ލިބުނު،" ސިމިއޯނީ ބުންޏެވެ،

ސްޕެނިޝް ލީގުގައި ރޭ މަޔޯކާ އާއި އެތުލެޓިކް ބިލްބާއޯ ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، އެލްޗޭ އަތުން ރެއާލް ބެޓިސް މޮޅުވީ 3-0 އިންނެވެ.

އެތުލެޓިކޯ އަށް ކުޅެމުން އަންނަ ބްރެޒިލް ފޯވާޑް، މަޓެއުސް ކޫންޏާ ގަންނަން ގިނަ ކްލަބްތަކަކުން ޝައުގުވެރިވެ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވެސް ކޫންޏާއާ މަޝްވަރާކޮށްފައިވާއިރު، އޭނާ ގެންދަން އެ ކްލަބުން 50 މިލިއަން ޑޮލަރުގެ ބިޑެއް ނުކުރާނެ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox