ސޯޝަލް މީޑިއާގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަމަށް އަަސަރު ކުރާ ކަމަށް ބުނެ، ސްޕަައިޑާ މޭންގެ އެކްޓަރު ޓޮމް ހޮލޭންޑް ސޯޝަލް މީޑިއާއާ ދުރަށް ޖެހިލައިފި އެވެ.
އުމުރުން 26 އަހަރުގެ ހޮލޭންޑްގެ ކުރިން ސެލީނާ ގޮމޭޒް ފަދަ ބައެއް ޒުވާން ތަރިން ވެސް ސޯޝަލް މީޑިއާއިން ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރާ މެދު ވާހަކަ ދައްކާފައިވެ އެވެ.
ހޮލޭންޑް ޕޯސްޓު ކުރި ވީޑިއޯއެއްގައި ބުނީ އިންސްޓަގްރާމާއި ޓްވިޓާއިން އޭނާގެ ސިކުނޑި މާ ބޮޑަށް ހަރަކާތްތެރިވާން މަޖުބޫރުވާ ކަމަށާއި "ބޮލަށް އުނދަގޫވާ" ކަމަށެވެ.
"އަހަރެންނާ ބެހޭ ގޮތުން އޮންލައިންކޮށް ލިޔެފައި ހުންނަ އެއްޗެހި ފެނުމުން، ނަފްސާނީ ގޮތުން ހުންނަ ހާލަތަށް ނޭދެވޭ އަސަރު ކުރޭ،" އޭނާ ބުންޏެވެ.
"އެހެންވީމަ، ފަހަތަށް ޖެހިލައި އެޕްތައް ޑިލީޓް ކުރަން ނިންމައިފިން."

ހޮލޭންޑް ސްޕައިޑާ މޭންގެ ރޯލުން ފެނުނީ މިދިޔަ އަހަރު ނެރުނު "ސްޕައިޑާ މޭން: ނޯ ވޭ ހޯމް" އިންނެވެ. އެ ފިލްމަށް ގިނަަ ތައުރީފް ލިބި، ބޮކްސް އޮފީހުގައި ވެސް ކާމިޔާބު ހޯދި އެވެ.










