އާ ތަރިންނާއެކު ސްޕެއިންގެ ލަލީގާގެ އާ ސީޒަން ފެށިގެން ކުރިޔަށްދާއިރު, މި މުބާރާތް މީޑިއާނެޓުން ބަލާލެވޭނެ އެވެ.
ސްޕެނިޝް ލަލީގާގެ ހުރިހާ މެޗެއް މީޑިއާނެޓު ކަސްޓަމަރުންނަށް އައިސް ނެޓްވޯކުގެ ޗެނަލްތަކުން ފެންނާނެ އެވެ. އަދި އެމްއެސް ޑިޖިޓަލް އެޕް މެދުވެރިކޮށް ކޮންމެ ވަގުތަކު ކޮންމެ ތާކު ހުރެގެންވެސް މެޗުތައް ބަލާލެވޭނެ އެވެ.
ދުނިޔޭގެ އެންމެ ފޯރިގަދަ އެއް ފުޓުބޯޅަ ލީގު ކަމުގައިވާ ސްޕެނިޝް ލަލީގާ އިއްޔެއިން ފެށިގެން ކުރިއަށް އެބަދެ އެވެ.
ޖުލައި މަހު ޓްރާންސްފާ މާކެޓު ހުޅުވުމާއެކު ޓީމުތަކުން ވަނީ ސްޕެއިން ފުޓުބޯޅައިގެ ތާޖު ކަށަވަރުކުރުމަށް ދުނިޔޭގެ ފެންވަރުގަ ނަން މަޝްހޫރު ކުޅުންތެރިންގެ ސޮއި ހޯދުމައިގެން ވަރަށް ފޯރިއާއެކު މަސައްކަތް ކޮށްފަ އެވެ.
އެގޮތުން ހުނަރުވެރި ކުޅުންތެރިންތަކެއް މިހާރުވަނީ ޓީމުތަކާ ގުޅި އައު ސީޒަނަށް ފުރިހަމައަށް ތައްޔާރުވެފަ އެވެ.
ރޯބާޓް ލެވަންޑޯސްކީ
ޕޮލެންޑް ގައުމީ ޓިމުގެ ކެޕްޓަން އަދި ފާއިތުވި ދެ ސީޒަންގައި މުޅި ޔޫރަޕުން އެންމެ ގިނަ ގޯލުޖަހާ ރަންބޫޓު ހޯދި ލެވަންޑޯސްކީ މިފަހަރު ފެނިގެންދާނީ ސްޕެއިން ފުޓުބޯޅައިގެ އެންމެ ކާމިޔާބު އެއް ޓީމު ކަމުގައިވާ ބާސެލޯނާއިންނެވެ.
ގޯލް ޖެހުމުގެ ހުނަރުން ފުރިގެންވާ ލެވަންޑޯސްކީ އުމުރުން 33 އަހަރުގައިވެސް ބާސެލޯނާއަށް ވަރަށް މުހިންމު ކުޅުންތެރިއަކަށްވާނެ ކަން ޕްރީ ސީޒަން މެޗުތަކުންވެސް ފެނިގެން ދިޔަ އެވެ.
އަށް އަހަރު ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުމަށްފަހު ލެވަންޑޯސްކީ ބާސެލޯނާއަށް ގުޅިފައިވާއިރު އޭނާވަނީ ފުޓުބޯޅަ ކެރިއަރުގަ 600 އަށް ވުރެން ގިނަ ގޯލު ޖަހާފަ އެވެ.
ރަފީނިއާ
ބްރެޒިލްގެ ޒުވާން ސަމްބާ ބޯއި ރަފީނިއާ ހޯދުމަށް ޓްރާންސްފާ މާކެޓުގައި ވަރުގަދަ ހަނގުރާމައެއް އިނގިރޭސި ކްލަބު ޗެލްސީއާއެކު ކުރުމަށްފަހު، ބާސެލޯނާއިން ވަނީ ކާމިޔާބުކަމާއެކު ރަފީނިއާގެ ސޮއި ހޯދާފަ އެވެ.
އަބަދުވެސް ބާސެލޯނާއަށް ކުޅެން ބޭނުންވެފައިހުރި ރަފީނިއާ ދަނީ ޕްރީ ސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. މިގޮތުން ބާސެލޯނާގެ އެންމެ ވާދަވެރި ޓީމް ރިއާލް މެޑްރިޑް ކޮޅަށް ޖެހި ލަނޑު ފާހަގަ ކޮށްލެވެ އެވެ.
ބޯޅަ ގެންގުޅެން މޮޅު ހަލުވި ކުޅުންތެރިއެއް ގޮތުގައި ފާހަގަކުރެވޭ ރަފީނިއާގެ ފަރާތުން މި ސީޒަނުގައި ތަފާތު މޮޅުކުޅުމެއް ފެންނާނެ ކަމަށް އުންމީދުކުރެވެ އެވެ.
އެންޓޯނިއޯ ރުޑިގާ
ދެހާސް ވިހި ވަނަ އަހަރުގެ ސީޒަންގެ ޗެމްޕިއަންސް ލީގު އިނގިރޭސި ކްލަބް ޗެލްސީ ކާމިޔާބުކުރިއިރު ޓީމުގެ ޑިފެންސްގައި މޮޅު ކުޅުމެއް ދައްކާ އެންމެ މުހިންމު ރޯލެއް އަދާކުރި ޖަރުމަނުގެ ރުޑިގާ މި ސީޒަންގައި ފެނިގެންދާނީ ސްޕެއިންގެ ފުޓުބޯޅަ ރަސްގެފާނު އަދި އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑުންނެވެ.
ފިޒިކަލީ ވަރުގަދަ އަދި މޮޅު ޓެކަލްކުރުމަށް މަޝްހޫރު ރުޑިގާ، އިދިކޮޅު ޓީމުތަކުގެ އެޓޭކްތައް ހުއްޓުމުގައި ރިއާލް މެޑްރިޑް ޑިފެންސްގެ އެންމެ މުހިންމު އެއް ކުޅުންތެރިއަކަށްވާނެ އެވެ. ޖަރުމަނު ގައުމީ ޓީމުގައި ބަރާބަރަށް ޖާގަ ހޯދަމުން އަންނަ ރުޑިގާއަކީ ޑިފެންސްގައި ހުރެ ލިބޭ ފުރުސަތުގައި އެޓޭކްގައި ބައިވެރިވެ ގޯލު ޖަހާ ކުޅުންތެރިއެއް ގޮތުގައިވެސް ފާހަގަކޮށްލެވެ އެވެ.
އައުރެލިން ޓޫކަމެނީ
ފްރާންސްގެ އެންމެ އުންމީދީ އެއް ތަރި، އުމުރުން 22 އަހަރުގެ ޓޫކަމެނީގެ ސޮއި ހޯދުމަށް މި ޓްރާންސްފާ މާކެޓުގައި ގިނަ ކްލަބްތަކުން ކުރި މަސައްކަތަށް ނިމުން އައީ ބޮޑު ފީއަކަށް ފްރާންސްގެ މޮނާކޯއިން ޓޫކަމެނީ ރިއާލް މެޑްރިޑްއަށް ސޮއި ކުރުމުންނެވެ.
ޓީމުގެ މެދުތެރެއިން ޑިފެންސިވް މިޑްފީލްޑަރެއްގެ ރޯލު އަދާކުރަމުންދާ ޓޫކަމެނީ އަކީ ކުރިއަށް ރީތި ބޯޅަތަކެއް ލާދިނުމުގެ ގާބިލްކަންވެސް ހުރި ކުޅުންތެރިއެކެވެ. 2021 ވަނަ އަހަރު ޓޫކަމެނީ ވަނީ ފްރާންސްގެ ގައުމީ ޓީމަށް ފުރަތަމަ މެޗު ކުޅެފައެވެ އަދި މިހާރު އަންނަނީ ބަރާނަރަށް ފްރާންސްގެ ގައުމީ ޓިމުން ޖާގަ ހޯދަމުންނެވެ.
އެކްސެލް ވިޓްސެލް
ދުނިޔޭގެ އެންމެ ބޮޑެތި ލީގުތަކުގައި ކުޅެފައިވާ ބެލްޖިއަމްގެ ތަޖުރިބާކާރު ކުޅުންތެރިއާ ވިޓްސެލް މި ސީޒަނުގައި ފެނިގެންދާނީ ސްޕެނިޝް ލީގުގެ އެޓްލެޓިކޯ މެޑްރިޑުންނެވެ. ބެލްޖިއަމްގެ ގައުމީ ޓީމަށް 124 މެޗު ކުޅެފައިވާ އުމުރުން 33 އަހަރުގެ ވިޓްސެލް އަކީ މެދުތެރެއިން ޑިފެންސް އަދި އެޓޭކުގައި ވަރުބަލިކަމެއް ނެތި 90 މިނެޓު ބަރިވެރިވާ ބުންވަރު ވަރުގަދަ ކުޅުންތެރިއެކެވެ.
ގޯލާ ރައްޓެހި ވިޓްސެލް ވަނީ ކެރިއަރުގައި 100 އަށްވުރެން ގިނަ ގޯލު ޖަހާފަ އެވެ. މީގެ ކުރިން ޕޯޗުގަލް، ރަޝިއާ އަދި ޖަރުމަނު ލީގުގައި ކުޅެފައިވާ ވިޓްސެލްގެ ތަޖުރިބާގެ އެހީގައި އެޓްލެޓިކޯ މެޑްރިޑަށް ކުރިއެރުންތަކެއް ލިބޭނެކަން ޔަގީނެވެ.
އެގޮތުން، މީޑިއާނެޓުގެ އައިސް ޓީވީ (ޗެނަލް 100)، އައިސް ސްޕޯޓްސް (ޗެނަލް 102)، އައިސް ޕްލަސް (ޗެނަލް888)، އިން ލަލީގާގެ މެޗުތައް ފެންނާނެކަމަށް އެ ކުންފުނިން ބުނެ އެވެ.
މީޑިއާނެޓުގެ އެމްއެސްޓީވީ ނުވަތަ އެމްއެސް ލައިޓް ބޭނުންކުރާ ކަސްޓަމަރުންނަށް ކެޗްއަޕް ފީޗާ އަދި ރިވައިންޑް ފަދަ ފީޗާތައް މެދުވެރިކޮށް، ދެ މެޗު އެއް ވަގުތެއްގައި އޮތް ނަމަވެސް، އެއްވެސް މެޗެއް ވައްޓާނުލާ ބެލުމުގެ ފުރުސަތު ލިބޭނެ އެވެ.
މީގެ އިތުރުން، އެމްއެސް ޑިޖިޓަލް މޯބައިލް އެޕަށް ސަބްސްކްރައިބް ކޮށްގެން ނުވަތަ ކުއިކް ޕޭ މެދުވެރިކޮށް ވައުޗަރެއް ނަގައިގެން ކޮންމެ ތަނަކު ހުރެގެން ވެސް ފަސޭހަކަމާއެކު އެ މެޗުތައް ބަލައިލެވޭނެ އެވެ.









