ނުރައްކާތެރި އެކްސިޑެންޓަކާ ގުޅިގެން ހަފްތާއެއް ވަންދެން ކޯމާއެއްގައި އޮތް އެމެރިކާގެ އެކްޓްރެސް އޭން ހޭޝް މަރުވެއްޖެ އެވެ.
އޭނާގެ ވަކީލު ވިދާޅުވީ ގާނޫނީ ގޮތުން އޭނާ މަރުވެފައިވާ އިރު، ގުނަވަން ހަދިޔާ ކުރުމުގެ ބޭނުމަށް މި ވަގުތު އޮތީ ލައިފް ސަޕޯޓް މެޝިންތަކަށް ގުޅާފައި ކަމަށެވެ.
އުމުރުން 53 އަހަރުގެ އެކްޓްރެސް ލޮސް އެންޖެލެސްގައި ކާރުގައި ދުއްވާފައި ގޮސް، ގެޔެއްގެ ފާރަށް އަރައި އެކްސިޑެންޓުވެ، ކޯމާއެއްގައި އޮންނަތާ ހަފްތާއެއް ވެއްޖެ އެވެ.
ހުކުރު ދުވަހު އޭނާގެ އާއިލާއިން ނެރުނު ބަޔާނުގައި ބުނީ ގެއްލިގެން ދިޔައީ އަލިގަދަ ނޫރެއް އަދި ހިތްހެޔޮ އުފާވެރި ފުރާނައެއް ކަމަށެވެ.
ހޭޝް ފެނިގެން ދިޔަަ ބައެއް ފިލްމުތަކުގެ ތެރޭގައި ވޮލްކެނޯ، ޑޮނީ ބްރާސްކޯ 1998 ގައި ނެރުނު ސައިކޯގެ ރީމޭކް ހިމެނެ އެވެ.

އޭގެ އިތުރުން ދެ ކުދިންގެ މަންމަ ވަނީ 2020 ވަނަ އަހަރު ޑާންސިން ވިތް ދަ ސްޓާޒް ޝޯއިން ވެސް ފެނިފަ އެވެ.
ލޮސް އެންޖެލެސްގެ ފަޔާ ޑިޕާޓްމަންޓުން ބުނީ އެކްސިޑެންޓަށް ފަހު ހޭޝްގެ ކާރުގައި ރޯވި އަލިފާންގަނޑު ނިއްވާލެވުނީ 59 ފަޔާފައިޓަރުން ގަޑިއިރެއް ވަންދެން ކުރި މަސައްކަތުން ކަމަށެވެ.
ކާރުގައި ގޮސް ފާރަށް އެރި ދެ ފަަންގިފިލާގެ ގެޔަށް ލިބުނު ގެއްލުންތަކާ ހެދި ވަނީ މީހުން ދިރިނޫޅެވޭ ވަރަށް ސުންނާފަތިވެފަ އެވެ.
ހަށިގަނޑުގެ ބޮޑު ބައެއް އެނދުމުގެ އިތުރުން ހޭޝްގެ ސިކުނޑިއަށް ވެސް ބޮޑު ގެއްލުމެއް ލިބުނެވެ. އޭގެ ސަބަބުން ސިކުނޑިއަށް އޮކްސިޖެން ނުލިބެ އެވެ.










