ބަރަހަނާގެ ވީޑިއޯގެ ހަބަރުތައް ގެންނަ ގޮތުން އެޑިޓަރުންގެ ޖަމިއްޔާގެ ކަންބޮޑުވުން

Aug 11, 2022, 12:53 PM
ނޫސްވެރިންތަކެއް: ބަރަހަނާގެ ވީޑިއޯގެ ހަބަރުތައް ގެންނަ ގޮތުން އެޑިޓަރުންގެ ޖަމިއްޔާގެ ކަންބޮޑުވުން އެބަ އޮތް

ނޫސްވެރިންތަކެއް: ބަރަހަނާގެ ވީޑިއޯގެ ހަބަރުތައް ގެންނަ ގޮތުން އެޑިޓަރުންގެ ޖަމިއްޔާގެ ކަންބޮޑުވުން އެބަ އޮތް

ބަރަހަނާ ވީޑިއޯތަކާއި ބައެއް މަރުތަކާ ގުޅޭ ގޮތުން މީޑިއާތަކުން ހަބަރު ފަތުރަމުންދާ ގޮތާމެދު, އެޑިޓަރުންގެ ޖަމިއްޔާ, އެޑިޓާސް ގިލްޑްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އެ ޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ބިދޭސީއަކު ގިނަ ބަޔަކާ އެކު އެއްޖިއްސުން ގުޅުން ހިނގި ކަމަށް ބުނެ ލީކްވެފައިވާ ވީޑިއޯތައް ބައެއް މީޑިއާތަކުން އާންމު ކުރުމުގައި އެއްވެސް ވަރެއްގެ ސެންސަރެއް ނެތި އެއް މަންޒަރުތައް ވަރަށް ލޮލަށް އާންމު ކުރުމުންދާ ކަމަށެވެ.

އޭގެ ސަބަބުން މުޖުތަމައުގައި އެކަންކަމަކީ އެއްވެސް ކަމެއް ނޫން ކަމަށް ގަބޫލު ކުރެވޭ މިންވަރަށްދާ ކަމަށާއި އެއީ, ބޮޑު ކަންބޮޑުވުމެއް ކަމަށް ބަޔާނުގައިވެ އެވެ.

"ކުޑަ ކުދިންނާއި އާއިލާތަކުގެ ތެރޭގައި ވެސް އެކަންކަމަކީ "އޯކޭ" ކަމެއް ކަމަށް ދޭހަވާ ގޮތަށް އެ ވާހަކަތައް އެހާ ފުޅާ މިނުގައި އާންމު ނުކުރުމަށް އިލްތިމާސް ކުރަން, އެއްޖިއްސުން ގުޅުން ހިންގުމަކީ މާތްالله ނަކީ ކުރައްވާފައިވާ ބޮޑު ފާފައެއް ކަމަށް ވާއިރު އެ ފާހިޝް އަމަލު ހިންގުމަކު އާންމު އާދައިގެ ކަމެއް ކަމަށް އާންމުންނަށް ވިސްނޭ ދަރަޖައަށް އެކަމުގެ ހަބަރުތައް ގެނެސްދި އެކަންކަން އާންމު ކުރުމަކީ ޒިންމާދާރު މީޑިއާއަކުން ކުރާނޭ ކަމެއް ނޫން," ބަޔާނުގައި ބުންޏެވެ.

ވަކިވަކި ސުރުހީތަކުގައި އެ އަމަލު ހިންގި ގޮތް ތަފްސީލުކޮށް ލިޔެ ފޮޓޯތަކާއި ވީޑިއޯތަކާއި ލިޔުންތައް އެކި ސިފަސިފައިގައި ޝާއިއުކުރުމުގެ ބަދަލުގައި، އެ އަމަލު ހިންގި ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބު ދިނުމަށް ކަމާ ގުޅުން ހުރި މުއައްސަސާތައް ޒިންމާދާރުކޮށް ބާރު އެޅުމަށް މަސައްކަތް ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފަ އެވެ.

އޭގެއިތުރުން އެފަދަ މައްސަލތައް މީޑިއާތަކުން ރިޕޯޓް ކުރާ އިރު ފަރުދީ ފަރާތެކޭ, ޒިންމާދާރު މަގާމެއްގައި ހުރި މީހެކޭ ތަފާތު ކުރުމެއް ނެތި ހެޑްލައިން ހަދައިގެން އާންމު މީސްމީހުން ފަލީހަތް ނުކުރުމަށް ވެސް އިލްތިމާސް ކުރި އެވެ.

"...އެފަދަ ފަރާތްތަކުގެ އާއިލާއަކާ ކުޑަކުޑަ ކުދިންގެ މުސްތަގުބަލަށް ކޮށްފާނެ ނޭދެވޭ އަސަރުތަކާ ދޭތެރޭ ވެސް މީޑިއާތަކުން އިތުރަށް ވިސްނުމަކީ މި ޖަމިއްޔާގެ ވަރަށް ބޮޑު އެދުމެއް," ބަޔާނުގައިވެ އެވެ.

މީޑިއާތަކުގެ އެޑިޓަރުން ހިމެނޭ, އެޑިޓާސް ގިލްޑްގެ ބަޔާނުގައި އިތުރަށް ބުނީ ގައުމުގައި ހިނގާ މަރުތަކުގެ މައްސަލަތައް ރިޕޯޓް ކުރާ އިރު ވެސް އެފަދަ ކަންކަން ކުރާ މުޖުރިމުން އެކްފޯސް ކުރުމަށް ސަމާލުކަންދީ އަދި އެ މީހުން އިންސާފުގެ ކުރިމައްޗަށް ގެނެސްދިނުމަށް ބާރު ލިބޭ ގޮތަށް ރިފޯޓްތައް ބައްޓަން ކުރަން ޖެހޭ ކަމަށެވެ.

އޭގެ ބަދަލުގައި އެފަދަ ކަންކަމުގައި ވިކްޓިމައިޒްވާ ފަރާތްތަކުގެ ފަތިފުށް ހާމަކުރުމާ ދުރުވާން ޖެހޭ ކަމަށް ބުންޏެވެ. އެހެންވެ, އެފަދަ ކަންކަމާ ދުރުހެލިވުމަށް ޖަމިއްޔާއިން ނޫސްވެރިންނަށް އިލްތިމާސްކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox