ޕާކިސްތާން ސަރުކާރަށް ފާޑުކިޔާ ޓީވީ ޗެނަލެއް ބަންދުކޮށްފި

ޕާކިސްތާން ސަރުކާރަށް ފާޑުކިޔާ ޓީވީ ޗެނަލެއް ބަންދުކޮށްފި

ޕާކިސްތާނުގެ ސަރުކާރަށް ފާޑުކިޔާ މަގްބޫލް ޓީވީ ސްޓޭޝަނަކުން "ބައިބައިވުން އުފެދޭ" ކޮންޓެންޓް ދައްކާ ކަމަށް ބުނެ، އެ ޗެނަލް ބަންދުކޮށްފި އެވެ.

އަރީ ނިއުސްގެ ނައިބު ރައީސް އައްމަދު ޔޫސަފް ވިދާޅުވީ އެއީ "ގާނޫނާ ހިލާފު" ނިންމުމެއް ކަމަށެވެ. އެ ނިންމުން ކޯޓަށް ގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕާކިސްތާން އިލެކްޓްރޯނިކް މީޑިއާ ރެގިއުލޭޓަރީ އޮތޯރިޓީއިން ނެރުނު ނޯޓިސްގައި ބުނީ އެ ޗެނަލުން ދައްކާ "ބައިބައިވުން އުފެދޭ" ކޮންޓެންޓާ ހެދި ޗެނަލް ހިންގުމުގެ މަގްސަދާ މެދު ކަންބޮޑުވުންތައް ގިނަ ކަމަށެވެ.

ޗެނަލް ބަންދު ކުރުމަށް ފަހު، ޗެނަަލްގެ ސީއީއޯ ބުދަ ދުވަހު އެ އޮތޯރިޓީއަށް ހާޒިރުވުމަށް ވެސް އެންގި އެވެ. އަރީ ނިއުސްއަކީ ޕާކިސްތާނުގެ އެންމެ ބޮޑު އެއް ޕްރައިވެޓް ޗެނަލެވެ.

އެއީ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންއަށް ތާއީދު ކުރާ ޗެނަލެކެވެ. އިމްރާންގެ ޕާޓީގެ އޮފިޝަލަކު އެ ޗެނަލްގައި ދާދި ފަހުން ދެއްކި ވާހަކަތަކެއް ނޯޓިސްގައި ފާހަގަކުރި އެވެ.

އެގޮތުން ޝަހްބާޒް ގިލް ދެއްކި ވާހަަކަތަކަކީ ސިފައިންގެ ތެރޭގައި ހަމަނުޖެހުން އުފެދި، ބައިބައިވުމަށް މަގުފަހިވާ ވާހަކަތަކެއް ކަމަށް ބުންޏެވެ.

މިދިޔަ އަންގާރަ ދުވަހު އިސްލާމްއާބާދުން ގިލް ހައްޔަރުކޮށްފައިވާ އިރު، އިމްރާން ހާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާ ވީނުވީ ތަނެއް ނޭނގޭ ކަމަށާއި އެއީ ރަހީނު ކުރުން ކަމަށެވެ.

އިންޓީރިއާ މިނިސްޓަރު ރަނާ ސަނާއުﷲ ވަނީ ގިލް ހައްޔަރު ކުރިކަން ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާއަށް ވެސް ތުހުމަތު ކުރަނީ ބައިބައިވުމަށް ހިތްވަރު ދިން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox