އެމެރިކާގެ ވާމޮންޓް ސްޓޭޓުގެ ގެޔަކަށް ވަދެ، ރާފުޅިތަކެއް ވަގަށް ނެގިކަމުގެ ތުހުމަތު އެކްޓަރު އެޒްރާ މިލާއަށް ކޮށްފި އެވެ.
ފުލުހުންގެ ރިޕޯޓުގައިވާ ގޮތުން ސްޓެމްފޯޑް އަވަށުގެ ގެޔަކުން މީހަކު ވައްކަން ކުރިކަމުގެ ހަބަރު ލިބުނީ މޭ އެއް ވަނަ ދުވަހުގަ އެވެ.
ސީސީޓީވީ ފުޓޭޖު ބެލުމުން އެނގުނީ އެކަމުގެ ތުހުމަތު ކުރެވެނީ އެޒްރާ މިލާއަށް ކަމަށެވެ. އޭނާއަކީ "ފެންޓާސްޓިކް ބީސްޓްސް" ފަަދަ ފިލްމުތަކުން ފެނިފައިވާ ތަރިއެކެވެ.
މި މައްސަލައިގެ އިތުރުން ވެސް ހަވާއީގައި މީހަކަށް ހަމަލާ ދިން މައްސަލައެއް ވެސް މިލާއާ ދެކޮޅަަށް އެބަ އޮތެވެ. އަދި ގިނަ އަންހެނުންތަކަށް ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވެ އެވެ.
"ޖަސްޓިސް ލީގް" އިން ވެސް ފެނުނު އުމުރުން 29 އަހަރުގެ މިލާ ވައްކަމުގެ މައްސަލަައިގައި ކޯޓަަށް ހާޒިރު ވާން ޖެހެނީ ސެޕްޓެމްބަރު 26 ގަ އެވެ.

އަންނަ އަހަރު ނެރުމަށް ހަމަޖެހިފައިވާ ޑީސީގެ "ދަ ފްލޭޝް" ގެ ލީޑް ރޯލުން ފްލޭޝްގެ ގޮތުގައި ވެސް ފެނިގެން ދާނީ މިލާ އެވެ.










