ލިވަޕޫލްގެ ތިއާގޯ މަހަކަށް ވުރެ ގިނަ ދުވަހަށް ކުުޅުމާ ދުރަށް

Aug 9, 2022, 3:41 AM
ލިވަޕޫލްގެ ތިއާގޯ މަހަކަށް ވުރެ ގިނަ ދުވަހަށް ކުުޅުމާ ދުރަށް

ލިވަޕޫލް (އޮގަސްޓް 9) - ލިވަޕޫލަށް ކުޅެމުން އަންނަ ސްޕެއިނުގެ މިޑްފީލްޑަރު، ތިއާގޯ އަލްކަންޓާރާ އަށް ލިބުނު އަނިޔާގެ ސަބަބުން މަހަކަށް ވުރެ ގިނަ ދުވަސް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

ތިއާގޯ، 31، ފަލަމަސްގަނޑަށް އަނިޔާވީ މިދިިޔަ ހޮނިހިރު ދުވަހު އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލުން 2-2 އިން ފުލަމްއާ އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ 51 ވަނަ މިނިޓްގައި ތިއާގޯ އަށް އަނިޔާވެގެން ބަދަލުކުރި އެވެ. އަނިޔާގެ ތަފްސީލް ދެނެގަންނަން ހެދި ޓެސްޓްތަކުން އެނގުނީ ފަލަމަސްގަނޑަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމެވެ.

މިޑިއާ ރިޕޯޓްތައް ބުނާގޮތުން ތިއާގޯ އަށް އެންމެ އަވަހަށް ވެސް ކުޅުމަށް އެނބުރި އާދެވޭނީ 4-6 ހަފްތާ ތެރޭގަ އެވެ. މާނަ އަކީ އޭނާ އަށް ޔަގީނުން ވެސް އެއް މަސް ގެއްލޭނެ ކަމެވެ. ތިއާގޯ ހަ ހަފްތާ އަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެނަމަ ގާތްގަނޑަކަށް ލިވަޕޫލުން ދެން ކުޅޭ ނުވަ މެޗުގައި އޭނާ ނުފެންނާނެ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ވެސް ހިމެނޭނެ އެވެ.

މިދިޔަ ސީޒަނުގައި ވެސް އަނިޔާގެ ސަބަބުން ތިއާގޯ އަށް ލިވަޕޫލްގެ ގިނަ މެޗުތަކެއްގައި ނުކުޅެވި ދިޔަ އެވެ. އެކަމަކު، އޭނާ ފިޓްކޮށް ހުރެ، ކުޅުނު ގިނަ މެޗުތަކުގައި ތަފާތު ދައްކައި، ގިނަ ބަޔެއްގެ ސަމާލުކަން ލިބުނެވެ.

ތިއާގޯ އަށް އަނިޔާވުމަކީ ލިވަޕޫލްގެ ކޯޗު، ޔާގެން ކްލޮޕަށް ދިމާވެފައިވާ ބޮލުގެ ރިހުން ބޮޑުވާނެ ސަބަބެކެވެ. ލިވަޕޫލްގެ މެދުތެރެއަށް ކުޅޭ އަލެކްސް އޮކްސްލޭޑް ޗަމްބަލެއިން އާއި ކާޓިން ޖޯންސް، އެނބުރި ދަނޑަށް އާދެވޭނެ ސީދާ މުއްދަތެއް ނޭނގޭ ގޮތަށް މި ވަގުތު އަނިޔާގައި ހުރިއިރު، ނަބީ ކެއިޓާގެ ފިޓްނަސް ވެސް އެއްކޮށް ރަނގަޅެއް ނޫނެވެ.

ލިވަޕޫލްގެ މިޑްފީލްޑަރުންނަށް ދިމާވެފައިވާ އަނިޔާގެ މައްސަލަތަކުގެ ސަބަބުން އެ ކްލަބަށް އޮތް އެންމެ ރަނގަޅު ހައްލަކީ ޓްރާންސްފާ ބާޒާރަށް ވަދެ، އާ މިޑްފީލްޑަރެއް ހޯދުން ކަމަށްވާނަަމަ އެކަން އެ ގޮތަށް ކުރާނެ ކަމުގެ އިޝާރާތެއް ކްލޮޕް ވަނީ ފުލަމް މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox