ހުއްދަ ނެތި ނޫސްތަކުގެ ލިޔުންތައް ބޭނުންކުރާތީ "މީސް މީޑިއާ" ޕޭޖާއި ވެބްސައިޓްގެ މައްސަލަ ފުލުހުންނަށް

Aug 11, 2022, 3:10 AM
  ހުއްދަ ނެތި ނޫސްތަކުގެ ލިޔުންތައް ބޭނުންކުރާތީ "މީސް މީޑިއާ" ޕޭޖާއި ވެބްސައިޓްގެ މައްސަލަ ފުލުހުންނަށް

"މީސް މީޑިއާ" ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖާއި ވެބްސައިޓުން ދިވެހި ނޫސްތަކުގެ ކޮންޓެންޓް ހުއްދަ ނެތި ވިޔަފާރި އުސޫލުން ބޭނުންކުރާ މައްސަލަ ޕޮލިހަށް ހުށަހަޅަން މޯލްޑިވްސް މީޑިއާ ކައުންސިލުން ނިންމައިފި އެވެ.

މީޑިއާ ކައުންސިލްގެ ރައީސް މުހައްމަދު ޝަފާއު ވިދާޅުވީ އެ މައްސަލަ ކައުންސިލުން ބެލީ އަމިއްލަ އިސް ނެގުމަށް ކަމަށާއި ފުލުހުންނަށް މިއަދު މައްސަލަ ފޮނުވާނެ ކަމަށެވެ.

"ހުއްދަ ނެތި ނޫސްތަކުގެ ފިކުރީ މުދާ އެ ޕޭޖުން ބޭނުން ކުރަމުން އެބަދޭ. ނޫސްތަކުގެ ލިޔުންތަކުގެ ކުޑަ ތަންކޮޅެއް ފެންނަ ގޮތް ހަދާފައިވާއިރު، އިތުރަށް ކިޔާލަން ފައިސާ ދައްކަން ޖެހޭ. އެހެންވެ މައްސަލަ ކައުންސިލުން ބެލުމަށް ފަހު ޕޮލިހަށް ފޮނުވަން މި ނިންމީ އިއްޔެގެ ބައްދަލުވުމުން،" ޝަފާއު ވިދާޅުވި އެވެ.

"މީސް މީޑިއާ" ވެބްސައިޓްގައި ގިނަ ނޫސްތަކެއްގެ ކޮންޓެންޓް ހިމަނާފައިވެ އެވެ. ނޫސްތަކުގެ ލިޔުންތައް އެ ވެބްސައިޓުން ކިޔާލަން މަހަކަށް 30ރ. ދައްކަންޖެހެ އެވެ. އެ ފައިސާ ޓްރާންސްފާ ކުރަންޖެހޭ އެކައުންޓް ނަންބަރު ވެސް ވެބްސައިޓްގައި ޖަހާފައިވެ އެވެ.

އެ އެކައުންޓް ނަންބަރަކީ ވިޔަފާރިއެއްގެ އެކައުންޓް ނަންބަރު ނޫން ކަމަށާއި އަމިއްލަ މީހެއްގެ އެކައުންޓެއް ކަމަށް ޝަފާއު ވިދާޅުވި އެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން މަޒުމޫނާއި އަދި އެނޫންވެސް ލިޔުންތައް އެ އުފެއްދި މީހެއްގެ ހުއްދަ ނެތި ބޭނުން ކުރުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ބެލިދާނެ އެވެ. އެ ކުށުގެ އަދަބަކީ 50,000ރ. އާއި 300,000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.

ގާނޫނުގައި ބުނެފައިވާ ގޮތުން ޖޫރިމަނާގެ އަދަދު ކަނޑައަޅާނީ ހިމާޔަތްކުރެވިފައިވާ ހައްގެއްގެ ވެރިފަރާތަށް ލިބިފައިވާ ނުވަތަ ލިބޭނެ ގެއްލުމެއްގެ މައްޗަށް ބިނާކޮށްގެންނެވެ.

ޖިނާއީ ކުށުގެ އަދަބުގެ އިތުރުން، މަދަނީ ބަދަލު ހޯދުމަށް ދައުވާކުރުމުގެ ހައްގު ވެސް އެ ލިޔުމެއްގެ ހައްގުތައް ލިބިގެންވާ ފަރާތަށް އޮންނާނެ ކަމަށް އެ ގާނޫނުގައި ބުނެފައި އޮވެ އެވެ.

ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަކީ 2010 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓެކްސް ނުދައްކާ ލިސްޓުގައި ބައްސާމްގެ ނަން

ޖުމްލަ 33 ފަރާތެއް ހިމެނޭ މި ލިސްޓުގައި ބައެއް ކުންފުނިތަކާއި މަޝްހޫރު ފަރާތްތައް ހިމެނޭއިރު، މީގެ ތެރެއިން ކޮންމެ ފަރާތަކުންވެސް ދައުލަތަށް އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ޖެހެއެވެ.

ބްރިޖަށް އުރުނު ދެ ބޯޓު އޮޔާދިޔަ މައްސަލަ ތަހުގީގުކުރަނީ

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް އޮޔާގޮސް ސިނަމާލެ ބްރިޖުގެ ތަނބެއްގައި ޖެހުނު ހާދިސާގައި، އެ މުއައްސަސާއިން ގާނޫނާއި ގަވާއިދާ ހިލާފު ކަމެއް ކޮށްފައިވޭތޯ ބެލުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަނުން (އެންއައިސީ) ތަހުގީގެއް ފަށައިފިއެވެ.

ވަގުތުން ފައިސާ ލިބޭގޮތަށް ހަރުމުދާ ވިއްކުން މުހިންމު: ނަޝީދު

ރަސްމާލޭގައި މެރީނާއެއް ތަރައްގީކުރަން ބޭރު ކުންފުންޏަކާ ހަވާލުކުރުމަކީ މާލީ ދަތިކަމުން އަރައިގަތުމާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެ މަޝްރޫއުން މަންފާއެއް ލިބެން ގިނަ ދުވަސް ނަގާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ފުލުހުންނާ މާރާމާރީ ހިންގި ހަ މީހަކަށް ދައުވާކޮށްދޭން އެދިއްޖެ

ކ. މާފުށީގައި މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު ބަލައިފާސްކުރަނިކޮށް ފުލުހުންނަށް ހަމަލާދީ މާރާމާރީ ހިންގި ހަ މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ ތެރެއިން ފަސް މީހަކު މިހާރުވެސް ބަންދުގައި ތިބިއިރު، ކޯޓުން ދޫކޮށްލި މީހެއްގެ މައްސަލަ ހައިކޯޓުގައި ވަނީ އިސްތިއުނާފުކޮށްފައެވެ.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ޓެކްސް ލުޔެއް ނުދެން: މުއްތަލިބު

ރަސްމާލޭ އިންޓަގްރޭޓަޑް ޒޯން ތަރައްގީކުރާ ޔޫއޭއީގެ ކުންފުންޏަށް އެއްވެސް ޓެކްސް ލުޔެއް ނުދޭނެ ކަމަށާއި، އެތަނުގައި ހިންގާ ހުރިހާ ވިޔަފާރިތަކަކުން އާންމު އުސޫލުން ޓެކްސް ނަގާނެ ކަމަށް މުއްތަލިބު ވިދާޅުވި. މި މަޝްރޫއުގެ މުއާމަލާތްތަކުން ލިބޭ އާމްދަނީގެ ވަކި ޕަސެންޓެއް ސަރުކާރަށް ލިބޭއިރު، 11 ބިލިއަން ޑޮލަރު ބަޖެޓަށް ވަންނާނެ ކަމަށް ވެސް ވިދާޅުވި.

ރަސްމާލޭން ޑުބާއީ ކުންފުންޏަށް ދޭ ބިމުގެ ސައިޒާއި އަގެއް ނުބުނި

ޑުބާއީގެ އީގަލް ހިލްސް ކުންފުންޏަށް ފުށިދިއްގަރު ފަޅުން ދޫކުރާ ބިމުގެ ބޮޑުމިނާއި އަގު ސަރުކާރުން ހާމަކޮށްފައެއް ނުވޭ. މި މަޝްރޫއުގެ ދަށުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، ރިސޯޓުތަކާއި، ސިއްހީ މަރުކަޒުތައް ފަދަ ވަސީލަތްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ.

ރަސްމާލެއަށް އިންވެސްޓުކުރާ ކުންފުނިން ހައުސިން އަޅައިދެނީ

ރަސްމާލޭގައި 20 ބިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ސަރުކާރުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން އެ ކުންފުނިން ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް އަޅާނެއެވެ. މީގެ އިތުރުން ރަސްމާލޭގައި ބައިނަލްއަގުވާމީ ފެންވަރުގެ ހޮޓާތަކާއި، މެރީނާއެއްގެ އިތުރުން އެކި ވަސީލަތްތައް ތަރައްގީކުރުމަށް ވަނީ ހަމަޖެހިފައެވެ.

Newsletter

Get the latest news delivered straight to your inbox