ސްޓެލްކޯގެ ފްލެޓްތައް މުވައްޒަފުންނާ ހަވާލުކޮށްފި

ސްޓެލްކޯގެ ފްލެޓްތައް؛ އެ ފްލެޓްތަކުގެ ތަޅުދަނޑި މިއަދު ވަނީ ހަވާލުކޮށްފައި

ސްޓެލްކޯގެ ފްލެޓްތައް؛ އެ ފްލެޓްތަކުގެ ތަޅުދަނޑި މިއަދު ވަނީ ހަވާލުކޮށްފައި

ދެވަނަ ފިޔަވަހީގައި ގާއިމްކުރި ސްޓެލްކޯގެ ފްލެޓްތައް، މުވައްޒަފުންނާ ހަވާލުކޮށްފި އެވެ.

ސްޓެލްކޯގެ ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށްފައި ވަނީ މިއަދު ހެނދުނު، ސްޓެލްކޯ ފްލެޓް ޓަވަރު ކައިރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ފްލެޓްތައް އިމާރާތްކުރި ރޯހައުސްގެ ފަރާތުން ފްލެޓްގެ ރަމްޒީ ތަޅުދަނޑި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފަށް އެރުވުމުން ޝަރީފް ވަނީ އެ ތަޅުދަނޑި ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީއާ ހަވާލުކޮށްފަ އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ދެ ޓަވަރެއްގައި، ސްޓެލްކޯގެ މުވައްޒަފުންނަށް 360 ފްލެޓް އިމާރާތް ކޮށްފައިވެ އެވެ. ސްޓެލްކޯ ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމާއެކު ތިން ކޮޓަރި ހިމެނޭ 288 އެޕާޓްމެންޓެވެ.

Advertisement

އަޅުގަނޑުމެންގެ ދެ ޓަވަރަށް ކިޔަން ގަސްތު ކުރާ ނަމަކީ "ބްލޫ ރިޖް". ބްލޫ ރަމްޒުކޮށްދެނީ ސްޓެލްކޯ، ރިޖް އަކީ ފްލެޓުގެ ނަން. ބްލޫ ރިޖް 1، ބްލޫ ރިޖް 2

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ހައުސިން ޕްރޮޖެކްޓް ކޯޑިނޭޓިން ކޮމިޓީން، ފްލެޓްތަކަށް ނަން ކިޔުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ފްލެޓަށް ނަން ކިޔާފައި ވަނީ ސްޓެލްކޯއާ ގުޅޭނެހެން ވަރަށް ވިސްނުމަށްފަހު ކަމަށެވެ. އަދި އިތުރު ބަޔަކު މި ނަން ކިޔާފައި ނުވާނަމަ ފްލެޓްތަކަށް ކިޔާނީ "ބްލޫ ރިޖް" ކަމަށް ޝަރީފް ވިދާޅުވި އެވެ.

ޝަރީފް އިތުރަށް ވިދާޅުވީ، ފްލެޓްތައް އެޅުމަށް 692 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ނެގޯޝިއޭޝަންތަކަށްފަހު މުވައްޒަފުން އަތުން ނެގުމަށް ނިމުނީ 623 މިލިއަން ރުފިޔާ ކަމަށް ޝަރީފް ވިދާޅުވި އެވެ. އަދި ބާކީބައި ދެއްކުމަށް ހަމަޖެހިފައި ސްޓެލްކޯއިން ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ ފްލެޓުގެ އަގުގެ ގޮތުގައި ނަގަން ހަމަޖެހިފައިވާ 623 މިލިއަނުގެ ތެރެއިން 20 ޕަސަންޓުގެ ގޮތުގައި 114 މިލިއަން ރުފިޔާ ކަލެެެކްޓް ކުރެވިފައިވާ ކަމަށެވެ.

ޝަރީފް ވިދާޅުވީ ސްޓެލްކޯގެ ފްލެޓު ލިބުނު 360 މުވައްޒަފުންގެެ ތެރެއިން 203 މުވައްޒަފުންނަށް ސްޓެލްކޯއިން ލޯނު ދޭން ނިންމާފައިވާ ކަމަށެވެ. އަދި އެހެން އެކަން ކުރުމުން މުވައްޒަފުން އަތުން 3.7 މިލިއަން ރައްކާ ކުރެވޭނެ ކަމަށް ޝަރީފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެކަމުގެ ބަދަލެއްގެ ގޮތުގައި މުވައްޒަފުންގެ ފަރާތުން ސްޓެލްކޯއިން ބޭނުންވަނީ ރައްޔިތުންނަށް ދޭން ޖެހޭ ހިދުމަތް، ރައްޔިތުން ބޭނުންވާ ގޮތަށް މަސައްކަތްކޮށް ދިނުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox