މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަބްދުއްރަހީމް، ދިރާގުގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން ބުނީ، ދިވެހިރާއްޖޭގެ ގުޅުން ޕަބްލިކް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމުގެ މަގާމަށް މ. ހިލްއިންދަގާޑްން/ކ.މާލެ، އަބްދުﷲ އަބްދުއްރަހީމް އިއްޔެ އައްޔަންކޮށްފައިވާ ކަމަށެވެ.
ދިރާގުގެ ބޯޑަށް އަބްދުﷲ އަބްދުއްރަހީމް އައްޔަން ކުރެއްވުމާއެކު އެ ބޯޑުގައި މިހާރު ތިއްބަވަނީ ޖުމްލަ އަށް މެންބަރުންނެވެ. އޭގެ ތެރޭގައި ތިއްބަވަނީ ހަތަރު ދިވެހިންނެވެ.
ދިރާގު ބޯޑުގެ މެންބަރުން:
- އިސްމާއިލް ވަހީދު
- އިސްމާއިލް ރަޝީދު
- އަހުމަދު މުހައްމަދު ދީދީ
- އަބްދުﷲ އަބްދުއްރަހީމް
- އަހްމަދު އަބްދުއްރަހްމާން
- ފައިސަލް ގަމްހިއްޔާ
- މިކޭލް ވިންޓާ
- ފައިސަލް އަލްޖަލައްމާ
ކުންފުނިތަކުގެ ޑިރެކްޓަރުންގެ މަގާމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސް އޮފީހުން ނަން ފޮނުވައިގެން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުންނެވެ.













