ދެކުނު އޭޝިއާގެ ރެކޯޑް ހޯލްޑަރު ލަންކާގެ އަބޭކޫން ކޮމަންވެލްތު ސެމީ ފައިނަލަށް

Aug 2, 2022, 11:19 PM
ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ ދުވުމުގެ ހީޓް ހައެއްގެ އެއް ވަނަ ހޯދުމަށް ފަހު އަބޭކޫން.--

ކޮމަންވެލްތު ގޭމްސްގެ 100 މީޓަރުގެ ދުވުމުގެ ހީޓް ހައެއްގެ އެއް ވަނަ ހޯދުމަށް ފަހު އަބޭކޫން.--

ބާމިންހަމް (އޮގަސްޓް 3) - މިދިޔަ މަހު ދެކުނު އޭޝިއާގެ 100 މީޓަރު ދުވުމުގެ ރެކޯޑް މުގުރާލި ސްރީ ލަންކާގެ ސްޕްރިންޓަރު، ޔުޕުން އަބޭކޫން މިހާރު އިނގިރޭސިވިލާތުގެ ބާމިންހަމްގައި ކުރިއަށްދާ ކޮމަންވެލްތު ގޭމްސްގެ 100 މީޓަރު ދުވުމުގެ ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

ބާމިންހަމްގެ އަލެކްސަންޑަ ސްޓޭޑިއަމްގައި ކުރިއަށްދާ އެތުލެޓިކްސް އިވެންޓްތަކުގައި އިއްޔެ އަބޭކޫން ދުވެފައިވަނީ ހީޓް ހައެއްގަ އެވެ. އޭނާ ސެމީ ފައިނަލަށް ދަތުރުކުރީ އެ ހީޓް ކާމިޔާބު ކޮށްގެންނެވެ. އޭނާ ހީޓް އެއް ވަނަ ހޯދި ޓައިމިންއަކީ 10.6 ސިކުންތެވެ. އެންމެ ކައިރިން ވާދަކުރި ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ކިއޯން ބެންޖަމިންގެ ޓައިމިން އަކީ 10.34 ސިކުންތެވެ.

އަބޭކޫން، 27، އަކީ މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ސެމީ ފައިނަލުން ފުރުސަތު ހޯދި ދެކުނު އޭޝިއާގެ ހަމައެކަނި ދުވުންތެރިޔާ އެވެ. ރާއްޖެ އާއި އިންޑިއާ އަދި ޕާކިސްތާންގެ ދުވުންތެރިން ވެސް ވަނީ މި އިވެންޓްގައި ދުވެފަ އެވެ.

ކޮމަންވެލްތު ގޭމްސްގެ ހީޓް ހައެއްގައި އަބޭކޫން (ކ.2) ދުވަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

މި ފަހަރުގެ ކޮމަންވެލްތު ގޭމްސް އަށް އައިއިރު އަބޭކޫން ހުރީ ކެރިއަރުގެ އެންމެ ރަނގަޅު ފޯމުގަ އެވެ. އޭނާ ވަނީ މިދިޔަ މަހުގެ ކުރީކޮޅުގައި 10 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ރޭސް ނިންމި ދެކުނު އޭޝިއާގެ ފުރަތަމަ ދުވުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.

އިޓަލީގައި ޓްރެއިނިން ހަަދަމުން އަންނަ އަބެކޫން ވަނީ ސްވިޒަލެންޑްގައި މިދިޔަ މަހު ބޭއްވި މުބާރާތެއްގެ 100 މީޓަރު ރޭސް 9.96 ސިކުންތުން ނިންމައިފަ އެވެ. މިއާ އެކު، އޭނާ ވެފައިވަނީ މުުޅި ދުނިޔޭގައި ވެސް 10 ސިކުންތަށް ވުރެ އަވަހަށް އެ ރޭސް ނިންމި 137 ވަނަ އެތުލީޓަށެވެ.

ދިހަ ސިކުންތަށް ވުރެ އަވަހަށް (ސަބް10 ރެކޯޑް) އޮތް ދުވުންތެރިން ތިބީ މުޅި ދުނިޔޭގެ ނިސްބަތުން ބެލިޔަސް 32 ގައުމުގަ އެވެ. ލަންކާ އަކީ އެ ލިސްޓުގައި އޮތް ދެކުނު އޭޝިއާގެ ހަމައެކަނި ގައުމެވެ.

އިޓަލީގެ މަޝްހޫރު އޮލިމްޕިއަން، ކްލައުޑިއޯ ލިޗިއަޑެއްލޯ ކައިރިން ތަމްރީން ހަދާ އަބޭކޫން ވާދަކުރާނީ ކޮމަންވެލްތު ގޭމްސްގެ ތިން ވަނަ ސެމީ ފައިނަލުގަ އެވެ. މި ސެމީގައި އޭނާއާ ދެކޮޅަށް ނުކުންނަ ބާކީ އަށް ދުވުންތެރިންގެ ތެރޭގައި 10 ސިކުންތަށް ވުރެ އަވަހަށް 100 މީޓަރު ރޭސް ނިންމާފައިވާ އިތުރު ތިން ސްޕްރިންޓަރުން ހިމެނެ އެެވެ. އެއީ ނައިޖީރިއާގެ ރޭމަންޑް އެންކެވޯ، ގާނާގެ ބެންޖަމިން އަޒަމާޓީ އަދި އިންގްލެންޑްގެ ނެތަނީލް މިޗެލް-ބްލޭކް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox