އިޓަލީގެ މެދުތެރޭގެ ހިސާބެއްގައި މަގުމަތީގައި ނައިޖީރިއާގެ މީހަކަށް ހަމަލާ ދީ މަރާލި މައްސަލައެއް ހޫނުވެއްޖެ އެވެ.
ޗިވިޓަނޯވާ މާޗޭ އަވަށުގައި މަގުމަތީގައި ތަކެތި ވިއްކަން އުޅޭ ނައިޖީރިއާ ފިރިހެނަކަށް، އެހެން ފިރިހެނަކު ހަމަލާ ދޭ މަންޒަރު ވީޑިއޯ މިދިޔަަ ހުކުރު ދުވަހު އާއްމުވި އެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ މަންޒަރު ރެކޯޑް ކުރަން ކައިރީގައި ތިބި މީހުން ހަމަލާ ހުއްޓުވަން އެއްވެސް މަސައްކަތެއް ނުކުރެ އެވެ.
އެ މައްސަލައިގައި ވައްކަމާއި މީހަކު މެރުމުގެ ތުހުމަތުގައި އުމުރުން 32 އަހަރުގެ އިޓަލީ ރައްޔިތަކު ވަނީ ހައްޔަަރުކޮށްފ އެވެ.
އިޓަލީގެ ނޫސް ސައިޓުތަކާއި ސޯޝަލް މީޑިއާގައި ހަމަލާގެ ވީޑިއޯ ދައުރުވެފައިވާ އިރު، ގިނަ ބަޔަކު އަންނަނީ ކައިރީގައި ތިބި އާއްމުން ހަމަލާ ނުހުއްޓުވުމުން ހަައިރާންކަން ފާޅު ކުރަމުންނެވެ.
މަރުވީ ނައިޖީރިއާއިން އިޓަލީއަށް ހިޖުރަ ކުރި އަލިކ އޮގޮރްޗުކްވޫ ނަމަކަށް ކިޔާ ދެ ކުދިންގެ ބައްޕަ އެކެވެ. އޭނާގެ އަަންހެނުން ޗެރިޓީ އޮރިއާޗީ ވަނީ އިޓަލީގެ ނޫސްތަކަށް އިންޓަވިއު ދީފަ އެވެ.
އިޓަލީގައި ދިރިއުޅޭ ނައިޖީރިއާ ރައްޔިތުން ހޮނިހިރު ދުވަހު މަގުމައްޗަށް ނުކުމެ ބޭއްވި ހިނގާލުމެއްގައި އިންސާފު ގާއިމް ކުރުމަށް ގޮވާލި އެވެ. އިޓަލީގެ ސިޔާސީ ލީޑަަރުން ވެސް ވަނީ ހަމަލާ ކުށްވެރިކޮށްފަަ އެވެ.










