ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރުތައް ފެންނަ ވީޑިއޯތަކުގެ މައްސަލައިގައިި ހައްޔަރުކޮށްފައިވާ ކުރީގެ ނޫސްވެރިޔާ އަބްދުﷲ ނަސީރު އިބްރާހިމްގެ ބަނދަށް 10 ދުވަސް ޖަހައިފި އެވެ.
އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ނަސީރު ހައްޔަރުކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގަ އެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެއްޖިންސުން ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އިއްޔެ ހައްޔަރުކުރި 28 އަހަރުގެ މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވާ ކަމަށެވެ.
ނަސީރު ހައްޔަރުކޮށްފައި ވަނީ އެއްޖިންސުން ގުޅުން ހިންގި މައްސަލައެއްގައި ކަމުގައިވީ ނަމަވެސް އެއީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގީރްއާ ގުޅުން އޮތް މައްސަލައެއް ނޫންކަން ވަނީ ހާމަވެފަ އެވެ. ނަސީރުގެ ދެ ވީޑިއޯއެއް އާންމުވެފައިވާއިރު، އިތުރު ތިން މީހަކު އަލަމްގީރްއާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ވެސް ވަނީ އާންމުވެފަ އެވެ.
ބަންގުލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގީރްއާ އެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މީހުންގެ ތެރެއިން މިހާތަނަށް ތަހުގީގަށް އެކަށީގެންވާ ހެއްކާއި ގަރީނާ ހޯދިފައިވާ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމުގެ މަސައްކަތް ފުލުހުން ފަށާފައިވާ ކަމަށް ބުރާސްފަތި ދުވަހު ވަނީ ބުނެފަ އެވެ.

އެ މައްސަލާގައި މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރެވެ.
ކާނަލް ނާޝިދާއި ރަފީއުގެ ބަންދަށް 15 ދުވަސް ޖަހާފައި ވާއިރު، ނާޒިމްގެ ބަންދަށް ޖެހީ ހަތް ދުވަހެވެ.












