ކަޮމަންވެލްތު ގޭމްސްގައި ދިވެހި ދިދަ އުފުލާލައި ޒަޔާން އާއި ޖުމާނާ އަށް ކެެރިއަރުގައި ހާއްސަ ޝަރަފެއް

ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޖުމާނާ އާއި ޒަޔާން ދިދަ އުފުލާއިރު، ރާއްޖޭގެ ކޮންޓިންޖެންޓް ފަހަތުން ހިނގާފައި އަންނަނީ.-- ފޮޓޯ: އޭއެފްޕީ/ގެޓީއިމޭޖަސް

ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ޖުމާނާ އާއި ޒަޔާން ދިދަ އުފުލާއިރު، ރާއްޖޭގެ ކޮންޓިންޖެންޓް ފަހަތުން ހިނގާފައި އަންނަނީ.-- ފޮޓޯ: އޭއެފްޕީ/ގެޓީއިމޭޖަސް

އިނގިރޭސިވިލާތުގެ ބާމިންހަމްގައި ރޭ ބޭއްވި މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލަން ލިބިގެންދިއުމަކީ ހާއްސަ ޝަރަފެއް ކަމަށް ރާއްޖޭގެ ގައުމީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާތިމަތު ޖުމާނާ ނިމާލް އާއި ގައުމީ ބެޑްމިންޓަން ކުޅުންތެރިޔާ ޒަޔާން ޒަކީ ބުނެފި އެވެ.

މިއީ ޖުމާނާ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ހަތަރު ވަނަ ފަހަރެވެ. އަދި ޒަޔާން ކޮމަންވެލްތު ގޭމްސްގައި ވާދަކުރުމުގެ ފުރުސަތު ހޯދި ތިން ވަނަ ފަހަރެވެ.

Advertisement

ރާއްޖޭން ބްރޭކަކަށް ފަހު ކޮމަންވެލްތު ގޭމްސްގައި ވާދަކުރާއިރު، މިއީ މި ދެ ތަރިން، މި ގޭމްސްގައި ރާއްޖެ ތަމްސީލްކުރި އަހަރުތަކަށް ބަލާއިރު، މި ދެ އެތުލީޓުންނަށް ވެސް ހާއްސަ ޝަރަފަކަށްވާނެ ކަމެކެވެ.

"މި ގޭމްސްގެ އޯޕަނިން ސެރެމަނީގައި ރާއްޖޭގެ ދިދަ އުފުލާލުމުގެ ފުރުސަތު ލިބުނީމަ އެއީ ކެރިއަރުގައި ލިބުނު އެންމެ ބޮޑު ފަހުރޭ ވެސް ބުނެވިދާނެ. މާތް ﷲ އިރާދަފުޅުން، މި ގޭމްސްގައި ކުރީ ގޭމްސްގެ އެކްސްޕީރިއަންސް ބޭނުންކޮށްގެން، ކުރިއަށް ވުރެ ރަނގަޅު ނަތީޖާތަކެއް ގައުމަށް ހޯދައިދޭން މަސައްކަތް ކުރާނީ،" ސްކޮޓްލެންޑްގެ ގްލާސްގޯގައި 2014 ވަނަ އަހަރު ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ޓީމުގައި ހިމެނުނު ޖުމާނާ ބުންޏެވެ.

ކޮމަންވެލްތު ގޭމްސް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން.--- ފޮޓޯ: އޭއެފްޕީ/ގެޓީއިމޭޖަސް

ރާއްޖޭގެ އެތުލީޓުންގެ ތެރެއިން ހަތަރު ކޮމަންވެލްތު ގޭމްސްއެއްގައި ވާދަކޮށް، ގައުމު ތަމްސީލް ކުރުމުގެ ފުރުސަތު ލިބިފައިވަނީ މަދު އެތުލީޓަކަށެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ، ތަޖުރިބާކާރު ޓީޓީ ތަރި ޖުމާނާ އެވެ.

ޖުމާނާ ބުނީ ހަތަރު ވަނަ ކޮމަންވެލްތު ގޭމްސްގައި ވާދަކުރާއިރު، މި ފަހަރު ގައުމުގެ ދިދަ އުފުލާލުމުގެ ފުރުސަތު ލިބިގެންދިއުމަކީ "ފަހުރެއް" ކަމަށެވެ.

"ދެން، އުންމީދަކީ މި މުބާރާތުގައި ހަމަ ރަނގަޅު ޕާފޯމަންސެއް ދެއްކުން. އަދި ކުރިއަށް ވުރެ ރަނގަޅު ނަތީޖާއެއް މުޅި ރާއްޖެ ޓީމަށް ޓީޓީ ޓީމުން ވެސް ދައްކައިދިނުން،" އެންމެ ފުރަތަމަ 2006 ވަނަ އަހަރު އޮސްޓްރޭލިއާގެ މެލްބަންގައި ބޭއްވި ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ޖުމާނާ ބުންޏެވެ.

ތިރީހަކަށް ހާސް މީހުންގެ ކުރިމަތީގައި ބާމިންހަމްގެ އަލެކްސަންޑަ ސްޓޭޑިއަމްގައި ރޭ ބޭއްވި މި ފަހަރުގެ ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ރާއްޖޭގެ 46 އެތުލީޓުންނާއި އޮފިޝަލުން ބައިވެރިވި އެވެ.

ކޮމަންވެލްތު ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން ގައުމީ ޓީޓީ ޓީމުގެ ކުޅުންތެރިން.--- ފޮޓޯ: އޭއެފްޕީ/ގެޓީއިމޭޖަސް

ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި މި ބައިވެރިވަނީ މެދުކެނޑުމަކަށް ފަހު އެވެ. އެންމެ ފަހުން ރާއްޖޭގެ ކުޅުންތެރިން ކޮމަންވެލްތު ގޭމްސްގައި ވާދަކުރީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި ކޮމަންވެލްތު ގޭމްސްގަ އެވެ. ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން 1986 ވަނަ އަހަރުން ފެށިގެން ބައިވެރިވަމުން އައި ނަމަވެސް ކުރީގެ ސަރުކާރުން ކޮމަންވެލްތުން ވަކިވާން ނިންމުމާ އެކު، އެ ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ގެއްލުނެވެ.

އެހެންވެ، އެންމެ ފަހުން 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓްގައި ބޭއްވި ކޮމަންވެލްތު ގޭމްސްގެ ފުރުސަތު ރާއްޖެ އަށް ބައިވެރިނުވެވުނެވެ. އެހެންކަމުން މިއީ، ފާއިތުވި އަަށް އަހަރު ތެރޭގައި ރާއްޖޭން ކޮމަންވެލްތު ގޭމްސްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ކޮމަންވެލްތާ އަލުން ގުޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ އެއް ވައުދެވެ. އެ މަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮމަންވެލްތާ ގުޅެން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެކަން ފާސްކުރި އެވެ. ރާއްޖެ އަށް ކޮމަންވެލްތު ގޭމްސް އިން އަލުން ފުރުސަތު ލިބުނުކަން އިއުލާނުކުރީ 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގަ އެވެ.

ކޮމަންވެލްތު ގޭމްސްގެ އިވެންޓްތައް މިއަދު ފަށާއިރު، އިނގިރޭސިވިލާތު ގަނޑިން ހެނދުނު 9:30 ގައި ރާއްޖޭގެ އަންހެން ޓީޓީ ޓީމު މޮރިޝަސްއާ ވާދަކުރާނެ އެވެ. އަދި މިއަދު ހަވީރު، މެލޭޝިއާއާ ވާދަކުރާ މެޗު ވެސް އޮންނާނެ އެވެ. މިއަދު ރާއްޖޭގެ ގައުމީ ފެތުންތެރިންގެ އިވެންޓްތަކާއި ގައުމީ ބެޑްމިންޓަން ޓީމުގެ މެޗެއް ވެސް އޮންނާނެ އެވެ. ބެޑްމިންޓަން ޓީމު ބައްދަލުކުރާނީ ސްކޮޓްލެންޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox