އިންޑިއާގައި ހޮނު އަޅައިގެން 20 މީހުން މަރުވެއްޖެ

ހޮނު އެޅުމުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކު މަރުވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

ހޮނު އެޅުމުގެ ސަބަބުން އިންޑިއާގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކު މަރުވޭ. -- ފޮޓޯ: ގެޓީ އިމޭޖާޒް

އިންޑިއާގެ ބިހާރް ސްޓޭޓުގައި ހޮނު އެޅުމުގެ ސަބަބުން 24 ގަޑިއިރު ތެރޭގައި 20 މީހުން މަރުވެއްޖެ އެވެ.

ބުދަ އަދި ބުރާސްފަތި ދުވަހހު ވެސް އިންޑިއާގެ އުތުރުގެ އެކި ހިސާބުތަކަށް ވިދާ ގުގުރާނެ ކަމަށް ލަފާކޮށްފައިވެ އެވެ.

ބިހާރްގެ ޗީފް މިނިސްޓަރު ނިތީޝް ކުމާރް އެދިވަޑައިގެންނެވީ ޑިޒާޒްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އެންގުންތަކާ އެއް ގޮތަށް އެންމެން ވެސް އަމަލު ކުރުމަށެވެ.

އިންޑިއާގެ ޖޫން މަހު ފަށާ ވިއްސާރަ މޫސުމުގައި ހިނގާ ހޮޅު އެޅުމުގެ ހާދިސާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ސަތޭކަ ބަޔަކު މަރުވެ އެވެ.

އެހެން ގައުމުތަކާ އަޅާ ބަލާއިރު އެހާ ގިނަ އަދަދެއްގެ ބަޔަކު އިންޑިއާގައި ހޮނު އަޅައިގެން މަރު ވަނީ ދަނޑުވެރިކަން ފަދަ މަސައްކަތްތަކުގައި ހާމައަށް އޮންނަ ބޮޑެތި ބިމުގެ ސަރަހައްދުތަކުގައި ގިނަ މީހުން މަސައްކަތް ކުރާތީ ކަމަށް ބެލެވެ އެވެ.

އަންގާރަ ދުވަހު ބިހާރް ސްޓޭޓުން ބުނީ ހޮނު އަޅައިގެން މަރުވި 20 މީހުންގެ އާއިލާއަށް ފައިސާގެ ބަދަލުގެ ގޮތުގައި 5،000 ޑޮލަރު ދޭނެ ކަމަށެވެ.

އެ ސްޓޭޓުގެ ހުރިހާ ސަރުކާރު އޮފީހަކާއި ސްކޫލްތަކާއި ހޮސްޕިޓަލްތަކުގަައި ހޮނު އެޅުމުން ރައްކާތެރި ވާނެ ފަދަ "ލައިޓްނިން އެރެސްޓާ" ނިޒާމް ހަރު ކުރަން މިހާރު ވަނީ އަންގާފަ އެވެ.

އިންޑިއަން އިންސްޓިޓިއުޓް އޮފް ޓްރޮޕިކަލް މީޓިއޮރޮލޮޖީއިން އެއްކުރި ސެޓެލައިޓް ޑޭޓާއިން ދައްކާ ގޮތުގައި 1995 އިން 2014 އަށް އިންޑިއާ ސަރަހައްދުގައި ހޮނު އެޅުން ވަރަށް ބޮޑަށް އިތުރުވި އެވެ.

ކްލައިމެޓް ރެޒިލިއެންޓް އޮބްޒާވިން ސިސްޓަމްސް ޕްރޮމޯޝަން ކައުންސިލުން ހެދި ދިރާސާރަކަަށް ފަހު ބުނީ އެޕްރީލް 2020 އިން މާޗް 2021 އަށް އިންޑިއާގައި 18 މިލިއަން ފަހަރު ހޮނު އެޅި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox