ބޮޑުކުރި އަގާ ދޭތެރޭ ވެސް ޓެކްސީ ޑްރައިވަރުން ހިތްހަމައެއް ނުޖެހޭ

ޓެކްސީއަކު ބަޔަކު ހިދުމަތް ހޯދަނީ: އާ އަގާމެދު ވެސް ޑްރައިވަރުން ހިތްހަމައެއް ނުޖެހޭ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ޓެކްސީއަކު ބަޔަކު ހިދުމަތް ހޯދަނީ: އާ އަގާމެދު ވެސް ޑްރައިވަރުން ހިތްހަމައެއް ނުޖެހޭ - ފޮޓޯ: އަބްދުالله އިޔާން / އަދަދު

ތެލުގެ އަގަށް އައި ބަދަލާއެކު ސަރުކާރުން ބޮޑުކުރި ޓެކްސީ އަގުތަކާ ދޭތެރޭ ހިތްހަމަ ނުޖެހޭ ކަމަށް ދިވެހި ޑްރައިވާސް އެސޯސިއޭޝަނުން ބުނެފި އެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް ބޮޑުވުމާ ގުޅިގެން، އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް ވިއްކާ އަގު ބޮޑުކުރި އެވެ. އެއާއެކު ތެލުގެ އަގު ބޮޑުވެފައިވާ ކަމަށް ބުނެ އަމިއްލަ އަގުތަކެއް ޓެކްސީ ޑްރައިވަރުން ނަގަން ފެށި އެވެ.

އެކަމާ ގުޅިގެން މާލެ ސަރަހައްދުގައި ކުރާ ޓެކްސީ ދަތުރުފަތުރުގެ އަގު ޓްރާންސްޕޯޓް މިނިސްޓްރީން ބޮޑުކޮށްދިނެވެ. ނަމަވެސް އެ އަގު ވެސް ޑްރައިވަރުންނަށް ކަމަކު ނުދެ އެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އިބްރާހިމް "އަދަދު" އަށް ވިދާޅުވި ގޮތުގައި މިހާރު ސަރުކާރުން ކަނޑައަޅާފައިވާ އަގާ ދޭތެރޭ ޑްރައިވަރުން ހިތްހަމަ ނުޖެހެ އެވެ.

"ހިތްހަމަ ނުޖެހެނީ އަދިވެސް އަގު ތަންކޮޅެއް ކުޑަވީމަ. ކޮންމެ އެއްޗަކުން އެންމެ 10ރ. މި ބޮޑުކުރީ. ޑްރައިވަރުން ބޭނުންވަނީ މީޓަރު ބަހައްޓަން. ސަރުކާރުން އެގޮތެއް ބޭނުމެއް ނުވޭ. އެއީ ޕަބްލިކް ޓްރާސްޕޯޓު ހުއްޓޭނެ އޭރުން އެހެންވެ،" އަބްދުﷲ ވިދާޅުވި އެވެ.

ޑްރައިވާސް އެސޯސިއޭޝަންގެ ރައީސް އިތުރަށް ވިދާޅުވި ގޮތުގައި ޓެކްސީ ދަތުރުތަކުގެ އަގު ހެޔޮކުރާނީ އެހެން ތަކެތީގެ އަގު ވެސް ހެޔޮވުމުންނެވެ.

"ތެޔޮ އެކަނި އަގުހެޔޮވެގެން ނުވާނެ. ހުރިހާއެއްޗެއްވެސް އަގުހެޔޮ ވެގެން ވާނީ. އޭރުން ޓެކްސީ ދަތުރުތައްވެސް އަގުހެޔޮ ކުރާނަން."

އޭނާ ވިދާޅުވީ ޓެކްސީ އަގު ބޮޑުކުރުމުން ވެސް ކުރާ ދަތުރުތަކަށް ބަދަލެއް ނާންނަ ކަމަށެވެ.

ތެލުގެ އަގު ބޮޑުވުމާ އެކު، މާލެ ސަރަހައްދުގައި ޓެކްސީގެ ދަތުރުތަކުގެ އަގު ބޮޑުކުރަން ސެންޓަރުތަކުންނާއި ޑްރައިވަރުން މިދިޔަ މާޗު މަހު ވެސް ސަރުކާރުގައި އެދުނެވެ.

ޓެކްސީ އަގުތަކަށް ގެންނަން ޑްރައިވަރުން ބޭނުންވާ ބަދަލު

  • މާލެ އާއި ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް 40ރ.
  • ހުޅުމާލެ ފޭސް 1 އިން 2 އަށް 40ރ.
  • މާލެއިން ހުޅުމާލެ އަށް 85ރ.
  • މާލެ އިން ހުޅުމާލެ ފޭސް 2 އަށް 95ރ.
  • މާލެއިން ހުޅުލެ އަށް 85ރ.
  • ހުޅުމާލެ އިން ހުޅުލެ އަށް 85ރ.

އެ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާ ދެމެދު ބަހުގެ ހަމަލާތައް ރައްދުކޮށް، މުޒާހަރާ ވެސް ކުރި އެވެ. އަދި މިނިސްޓްރީއާ އެކު ބައްދަލުވުންތަކެއްވެސް ބޭއްވި އެވެ. އޭރު ނަގަމުންދިޔަ ބޮޑު އަގުތަކާއެކު އަޅާނެ ފިޔަވަޅުތައްވެސް މިނިސްޓްރީން އިއުލާންކުރި ނަމަވެސް އެކަމަކަށް ހައްލެއް ނުލިބުނެވެ.

ދަތުރުތަކުގެ އަގުތަކަށް މިނިސްޓްރީން މިހާރު ގެނެސްފައިވާ ބަދަލު

  • މާލެ، ހުޅުމާލެ ފޭސް 1، ހުޅުމާލެ ފޭސް 2 އެތެރޭގެ ދަތުރުތައް: 30 ރުފިޔާ
  • މާލެއާއި ހުޅުމާލެ ފޭސް 1 އާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ
  • މާލެއާއި ހުޅުމާލެ ފޭސް 2 އާ ދެމެދު ކުރާ ދަތުރުތައް: 100 ރުފިޔާ
  • ހުޅުމާލެ ފޭސް 1 އާއި ހުޅުމާލެ ފޭސް 2 އާ ދެމެދު: 40 ރުފިޔާ
  • މާލެއާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 70 ރުފިޔާ
  • ހުޅުމާލެ ފޭސް 1 އާއި އެއާޕޯޓްއާ ދެެމެދު ކުރާ ދަތުރުތައް: 80 ރުފިޔާ
  • ހުޅުމާލެ ފޭސް 2 އާއި އެއާޕޯޓްއާ ދެމެދު ކުރާ ދަތުރުތައް: 85 ރުފިޔާ

އަގުބޮޑުކޮށް ކުރާނަމަ ޖޫރިމަނާ؛ ފިޔަވަޅެއް ނާޅާ!

ޓެކްސީ ޑްރައިވަރުންނާއި ސެންޓަރުތަކުން އަމަލުކުރަން ޖެހެނީ ޑިސެމްބަރު 15، 2013 ގައި އެކުލަވާލާފައިވާ ޓެކްސީ ގަވާއިދަށެވެ.

އެ ގަވާއިދުގެ ދަށުން ކަނޑައަޅާފައި އަގަށްވުރެ އިތުރަށް ނަގާ ނަމަ ފުރަތަމަ ފަހަރު ޓެކްސީ ސެންޓަރާއި ޑްރައިވަރު ވެސް 500ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި، ދެވަނަ ފަހަރު ނަމަ 1000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. އޭގެ އިތުރުން، ކުށް ތަކުރާރުކުރާނަމަ ޓެކްސީ ކުރުމުގެ ލައިސަންސް ބާތިލް ކުރުމުގެ އިހުތިޔާރު ޓްރާންސްޕޯޓް މިނިސްޓްރީއަށް އޮވެ އެވެ.

ޓެކްސީ ދަތުރުތަކުގެ އަގުތަކަށް ސަރުކާރުން އެންމެފަހުން ބަދަލު ގެނައީ ފެބްރުއަރީ 10، 2021 ގަ އެވެ. އެފަހަރު މާލެ، ހުޅުމާލެ ފޭސް 1 އަދި ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް ކަނޑައެޅީ 25ރ. އެވެ. އޭގެ އިތުރުން މާލެ އިން ހުޅުލެ އަށް 60ރ. އަދި މާލެ އިން ހުޅުމާލެ ފޭސް 1 އަށް ކަނޑައެޅީ 75ރ. އެވެ. އަދި މާލެ އިން ފޭސް 2 އަށް ކަނޑައަޅާފައި އޮތީ 90ރ. އެވެ.

އެ އަގުގެ އިތުރަށް ޓެކްސީގެ ޑިކީއަށް ނުވަތަ ޓެކްސީ ތެރެއަށް އަރުވާ ދާގީނާ އަކަށް އިތުރު އަގެއް ނެގުމަކީ ވެސް ގަވާއިދުގެ ދަށުން މަނާކަމެކެވެ. ގަވައިދެއް އެކުލަވާލި ނަމަވެސް އޭގެ ފަހުން ބައެއް ޑްރައިވަރުން ދަނީ އެ މީހުން ބޭނުން އަގެއްގައި ދަތުރުތައް ނަގަމުންނެވެ. ނަމަވެސް، އެކަމާމެދު މިނިސްޓްރީން އެއްވެސް ފިޔަވަޅެއް އެޅިކަމެއް ނޭނގެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox