ކްލޮޕް ދެކޭގޮތުގައި މި ފަހަރު ވެސް ލީގު ފޭވަރިޓަކީ ސިޓީ

Jul 26, 2022, 1:38 AM
ކްލޮޕް ދެކޭގޮތުގައި މި ފަހަރު ވެސް ލީގު ފޭވަރިޓަކީ ސިޓީ

ލިވަޕޫލް (ޖުލައި 26) - ކުރިއަށް އޮތް އިނގިރޭސި ޕްރިމިއާ ލީގުގެ ސީޒަނުގައި ވެސް ޗެމްޕިއަންކަން ހޯދާނެ ކަމަށް އެންމެ ބޮޑަށް ބެލެވޭ ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް އެ ޓީމާ މިދިޔަ ސީޒަނުގެ ލީގަށް ވާދަކުރި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ސިޓީން މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ސީޒަނުގެ އެންމެ ފަހު ދުވަހު ކަށަވަރުކުރީ ލިވަޕޫލް ފަހަތަށް ޖައްސާލުމަށް ފަހު އެވެ.

ސިޓީން ކުރިއަށް އޮތް އަހަރު އެ ކްލަބްގެ ތާރީހުގައި ފުރަތަމަ ފަހަރަށް އިނގިރޭސި ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރަށް ހޯދަން އެ ޓީމުން އަމާޒު ހިފާފައިވާއިރު، ސިޓީގެ އެންމެ ބޮޑު ވާދަވެރިޔާ، ލިވަޕޫލްގެ ކޯޗު ކްލޮޕްގެ ނަޒަރުގައި ވެސް ފޭވަރިޓަކީ ސިޓީ އެވެ.

"ކުރިއަށް އޮތް ސީޒަނުގައި ޕްރިމިއާ ލީގަށް ވަރުގަދަ ފައިޓެއް ފެންނާނެ. އަހަންނަކަށް ނޭނގެ ރޭހުގައި އޮންނާނެ ޓީމެއް ސީދާ ބުނާކަށް، އެކަމަކު، އަހަރެންގެ ނަޒަރުގައި ޗެމްޕިއަންކަން ހޯދާނެ ކަމަށް ބެލެވެނީ ސިޓީ،" ކުރިއަށް އޮތް ސީޒަންގެ ތައްޔާރީތަކާ ގުޅޭގޮތުން ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ.

"އަހަރެމެން (ލިވަޕޫލް) މީގެ ދެ އަހަރު ކުރިން ލީގު ތަށި ނުހޯދިނަމަ ފަހެއް ނޫނީ ހަ ފަހަރު އޮންނާނީ ސިޓީ އަތުގައި ލީގު، އަހަރެމެންނަށް ރަނގަޅު ސީޒަނެއް ނިންމާލެވިދާނެ ކަމަށް ބަލައި، ހޯދޭނެ އެއްޗެއް ހޯދަން އަމާޒަކީ،"

އިނގިރޭސި ޕްރިމިއާ ލީގު އެންމެ ފަހުން ބޭއްވި ފަސް ފަހަރުގެ ތެރެއިން ހަތަރު ފަހަރު ސިޓީ ހޯދިއިއިރު އަނެއް ފަހަރު ތަށި ހޯދީ ލިވަޕޫލުންނެވެ.

ކްލޮޕް ބުނީ ހަގީގަތުގައި ޕްރިމިއާ ލީގުގެ ފޯރި މިހާރު އޮތްގޮތުން ކޮންމެ ޓީމެއް ވެސް ލީގު ފަށާއިރު ބޭނުންވަނީ ގަދަ ހަތަރެއްގެ ޓާގެޓާ އެކު ކުރިއަށްދާން ކަމަށެވެ. އަދި މެޗުތައް ދާ ގޮތާއި ލީގު ތާވަލްގައި އޮންނަ މަގާމެއް ބަލައި ވަކި ހިސާބަކުން ތައްޓަށް ވާދަކުރެވެން އޮތިއްޔާ އެ ވިސްނުމުގައި ކުރިއަށްދަނީ ކަމަށް ކްލޮޕް ބުންޏެވެ.

ލިވަޕޫލާއި ސިޓީން ވެސް ވަނީ އާ ސީޒަނަށް ކުޅުންތެރިން ސޮއިކުރުވައިފަ އެވެ. ދެ ޓީމުން މައިގަނޑުކޮށް ގަތް ކުޅުންތެރިންނަށް ބަލާއިރު ލިވަޕޫލުން ވަނީ ބެންފީކާގެ ޑާވިން ނޫނޭޒް އާއި ފުލަމްގެ ފަބިއޯ ކަވާލިއޯ ގަނެފަ އެވެ. ސިޓީން ވަނީ ޑޯޓްމަންޑްގެ އާލީ ބްރައުޓް ހާލަންޑް އާއި ލީޑްސް ޔުނައިޓެޑްގެ ކަލްވިން ފިލިޕްސް އަދި އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒްގެ ޑީލް ނިންމައިފަ އެވެ.

"ސިޓީ ހަަމައެކަނި ގަތީއެއް ނޫން، ދެން ކުޅުންތެރިން (ގަބްރިއެލް ޖީސޫސް އާއި އޮލެކްސަންޑަ ޒިންޗެންކޯ) އާސެނަލަށް ދީފި، އެއް ކުޅުންތެރިއަކު (ރަހީމް ސްޓާލިން) ޗެލްސީ އަށް ވިއްކައިފި، ޔަގީނުން ވެސް އެއް ޓީމެއް ގޮވައިގެން އެއްގޮތަކަށް ކުރިއަށް ނުދެވޭނެ. އާ ސްޓައިލުގެ އާ ކުުޅުންތެރިން ބޭނުންވާނެ، އެކަން ކޮންމެެ ޓީމަކުން ވެސް ކުރާނެ، ކުރަން ވެސް ޖެހޭނެ،" ކްލޮޕް ބުންޏެވެ.

ކްލޮޕް ބުނީ މީގެ ކުރިން ސީޒަންތަކުގައި ޕްރިމިއާ ލީގުގައި ކިޔުނު ގަދަ ހަ ޓީމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރާ ކްލަބްތައް މި ފަހަރު ކުރިން އަހަރަށް ވުރެން އިތުރުވާނެ ކަމަށެވެ.

ލިވަޕޫލުން އާ ސީޒަން ފަށާ މެޗުގައި މި މަހު 30 ވަނަ ދުވަހު ނުކުންނާނީ އިނގިރޭސި ކޮމިއުނިޓީ ޝީލްޑް މެޗުގައި ސިޓީއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox