މާލެ އަތޮޅު ކުޑަގިރި ހިއްކައިގެން ތަރައްގީކުރި ޕިކްނިކް އައިލެންޑަށް ކަރަންޓްދޭން ފެނަކަ ކޯޕަރޭޝަނުން އެޅި އިންޖީނުގެ މިއަދު ހުޅުވައިފި އެވެ.
ފެނަނަ ކޯޕަރޭޝަނުން ބުނީ ކުޑަގިރީގައި މިއަދު ހުޅުވި އިންޖީނުގެއިން 350 ކިލޯވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށާއި ޒަމާނީ ވަސީލަތްތަކާ އެކު ގާއިމްކުރި އެ އިންޖީނުގެއަށް ބޭނުންވާ ތެޔޮ ރައްކާކުރަން 50،000 ލީޓަރުގެ ތެޔޮ ރައްކާކުރެވޭ ވަރުގެ ވަަސީލަތްތަައް ވެސް ގާއިމްކޮށްފައިވާ ކަމަށެވެ.
ފެނަކައިން ބުނި ގޮތުގައި ކުޑަގިރިއަށް ބޭނުންވާ ކަރަންޓުގެ 70 ޕަސެންޓް، އަވިން އުފެއްދުމަށް ޓަކައި ކުރަން ޖެހޭ މަސައްކަތް އެކޯޕަރޭޝަނުން ވަނީ ފަށައިފަ އެވެ. އެގޮތުން މިދިޔަ މަހުގެ ތެރޭގައި ރަށުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފައިވެ އެވެ. އަދި ރަށުގައި މީހުންނަށް ތިބެވޭ ގޮތަށް ތަންތަން ހެދުމާއި އެކި ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތްތަކެއް ވެސް ކުރި އެވެ.
ކުޑަގިރީގެ އިންޖީނުގެ ރަސްމީކޮށް ހުޅުއްވައި ދެއްވީ މިއަދު އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމެވެ.












