ގޯއްޗާއި ފްލެޓަށް ފޯމުލާން އެހީވާން އެމްޑީޕީގެ ހަރަކާތެއް!

Jul 25, 2022, 2:33 PM
މާލޭ މީހުންނަށް ބައެއް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގުޅިފަޅު. މާލޭ މީހުން ގޯއްޗާއި ފްލެޓަށް އެދެން އެހީވާން އެމްޑީޕީން މިރޭ ހަރަކާތެއް ފަށާނެ.

މާލޭ މީހުންނަށް ބައެއް ގޯތި ދޫކުރަން ހަމަޖެހިފައިވާ ގުޅިފަޅު. މާލޭ މީހުން ގޯއްޗާއި ފްލެޓަށް އެދެން އެހީވާން އެމްޑީޕީން މިރޭ ހަރަކާތެއް ފަށާނެ.

މާލެ ސަރަހައްދުން ދޫކުރަން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ފޯމްލާން މީހުންނަށް އެހީތެރިވާ ހަރަކާތެއް އެމްޑީޕީން ފަށައިފި އެެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައި ޕާޓީ، އެމްޑީޕީން މިއަދު ކުރި އިއުލާނެއްގައި ބުނީ ގޯއްޗާއި ފްލެޓަށް އެދި ފޯމުލާން އެހީތެރިވާށާއި އެކަމާ ބެހޭ މައުލޫމާތު ދޭން އެޕާޓީން ސެޝަން ތަކެއް ކުރިއަށް ގެންދަނީ، ގެދޮރުވެރިކުރުމުގެ ސިޔާސަތަކީ އެޕާޓީގެ އެންމެ އިސް އެއް ސިޔާސަތުކަމަށް ވާތީ ކަަމަށެވެ.

"...އެމްޑީޕީގެ އަމާޒަކީ މަލޭ ރަށްވެހިންގެ ތެރެއިން ވީހާވެސް ގިނަބަޔަކަށް ބޯހިޔާވަހި ކަމުގެ މިޕްރޮގްރާމްގެ ނަފާ ލިބި މާލޭ ސަރަހައްދުން އަމިއްލަ ގޯއްޗާއި ފްލެޓް ލިބިގެން ދިއުމެވެ." އެމްޑީޕީގެ އިއުލާނުގައި ބުންޏެވެ.

Advertisement

އެ ޕާޓީން އިތުރަށް ބުނީ، ފޯމުލާން އެހީތެރިވާށާއި މައުލޫމާތުދޭން މިރޭން ފެށިގެން ކޮންމެ ރެއަކު 8:30 އިން 10:30 އަށް ކުރިއަށް ގެންދާނެ ކަމަށެވެ. ސެޝަންތައް ބާއްވަން ހަމަޖެހިފައިވަނީ ޗާންދަނީ މަގުގައި ހުންނަ އެޕާޓީގެ "ދަނޑިކޮށި ޖަހަ" ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox