އިންޑިއާގެ އާ ރައީސް މަގާމުގެ ހުވާ ކުރައްވައިފި

އިންޑިއާގެ ރައީސް ދްރޫޕަދީ މުރްމޫ އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ޕީޓީއައި

އިންޑިއާގެ ރައީސް ދްރޫޕަދީ މުރްމޫ އަދި ބޮޑު ވަޒީރު ނަރެންދްރަ މޯދީ. -- ފޮޓޯ: ޕީޓީއައި

ނިއު ދިއްލީ، އިންޑިއާ (ޖުލައި 25) - އިންޑިއާގެ އާ ރަައީސް ދްރޫޕަދީ މުރްމޫ ހޯމަ ދުވަހު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

މިއީ އިންޑިއާގެ ގަބީލާއަކަށް ނިސްބަތްވާ މީހަކު ރައީސް ކަމަށް ވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މުރްމޫއަަކީ ވެރިކަން ކުރާ ބީޖޭޕީގެ މެމްބަރެކެވެ.

އުމުރުން 64 އަހަރުގެ މުރްމޫއަކީ އޮޑިއްސާ ސްޓޭޓުގެ ކުރީގެ މުދައްރިސަކަށް އުޅުއްވައި ސްޓޭޓް ގަވަރުނަރުކަން ވެސް ކުރައްވާފައިވާ ހިންގުންތެރިއެކެވެ.

Advertisement

މުރްމޫއަަކީ މާޔުރްބާންޖް ޑިސްޓްރިކްޓުގެ ބައިދަޕޯސީ އަވަށަށް ނިސްބަތްވާ ބޭކަނބަލެކެވެ. އެކަމަނާ ހިމެނޭ ސަންތަލް ކޮމިއުނިޓީއަކީ އިންޑިއާގެ އެންމެ ބޮޑު އެއް ގަބީލާ އެވެ.

"އަޅުގަނޑު ހަޔާތުގެ ދަަތުރު ފެށީ ގަބީލާއެއްގެ ކުޑަ އަވަށަކުން،" ހޯމަ ދުވަހު ޕާލަމެންޓުގައި މަގާމުގެ ހުވާ ކުރެއްވުމަށް ފަހު ވާހަކަދައްކަވަމުން އެކަމަނާ ވިދާޅުވި އެވެ.

"އަޅުގަނޑު އުފަަންވީ ގަބީލާއަކަށް ކަމަށް ވާތީ، އެންމެ އަސާސީ ތައުލީމު ހޯދުމުގެ ފުރުސަތު ލިބުމުން ހީވީ ހުވަފެނެއް ހަގީގަތަކަށް ވި ހެން. ގިނަ ގޮންޖެހުންތައް ހުރި ނަމަވެސް، އަޒުމާ އެކު މަަސައްކަތްކޮށް އަޅުގަނޑުގެ އަވަށުން ކޮލެޖަށް ދިޔަ ފުރަތަމަ އަންހެން ދަރިއެއްގެ ފަހުރު ހޯދިން،" މުރްމޫ ވިދާޅުވި އެވެ.

އެނެލިސްޓުން ބުނާ ގޮތުގައި ރަައީސް ކަމަށް މުރްމޫ ވަޑައިގެންނެވުމުން، 2024 ވަނަ އަހަރު ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެ މަގާމުގައި ދެމިހުންނެވުމަށް ފަގީރު ގަބީލާތަކަށް ނިސްބަަތްވާ ގިނަ ބަަޔެއްގެ ވޯޓު ކަަށަވަރު ވާނެ އެވެ.

އިންޑިއާގައި ވެރިކަަން ކުރުމުގެ ބާރު އޮންނަނީ ބޮޑު ވަޒީރަށެވެ. ދައުލަތުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނަވާ ރައީސަށް، ޕާލަމެންޓުން ފާސްކުރާ ބައެއް ބިލްތައް އަލުން މުރާޖައާ ކުރުމަށް އަނބުރާ ފޮނުވުމުގެ ބާރު އޮވެ އެވެ.

މުރްމޫއަަކީ އިންޑިއާގެ ރައީސް ކަމަށް ވަޑަައިގެންނެވި ދެ ވަނަ އަންހެން ލީޑަރެވެ. މީގެ ކުރިން ޕްރަބީތާ ޕަޓޭލް ވެސް ވަނީ އިންޑިއާގެ ރަައީސްކަން ކުރައްވާފ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox