ފިލިޕީންސްގައި ކުރީގެ މޭޔަރެއްގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

ރޯޒް ފުރިގޭ: އޭނާއަކީ ލަމިޓަން ސިޓީގެ ކުރީގެ މޭޔަރު.

ރޯޒް ފުރިގޭ: އޭނާއަކީ ލަމިޓަން ސިޓީގެ ކުރީގެ މޭޔަރު.

ފިލިޕީންސްގައި އޮތް ގްރެޖުއޭޝަން ހަފްލާއެއްގައި ބަޑި ޖަހައި ކުރީގެ މޭޔަރަކާ އެކު ތިން މީހުން މަރާލަައިފި އެވެ.

މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ލަމިޓަން ސިޓީގެ ކުރީގެ މޭޔަރު ރޯޒް ފުރިގޭ އެވެ. ކުއޭޒޮން ސިޓީގައި އޮތް ގްރެޖުއޭޝަން ހަފްލާގައި ބަޑި ޖެހުމުން ފުރިގޭގެ އަންހެން ދަރިފުޅަށް އަަނިޔާވި އެވެ.

ތުހުމަތު ކުރެވޭ މީހާ ހައްޔަަރުކޮށްފައިވާ އިރު، އޭނާ އާއި ފުރިގޭއާ ދެމެދު ކޯޓުގައި މައްސަލައެއް އެބަ އޮތެވެ.

Advertisement

ފިލިޕީންސްގެ ސްކޫލްތަކާއި ޔުނިވާސިޓީތަކުގައި ބަޑި ޖެހުމަކީ ވަރަށް ނުފެންނަ މަންޒަރެކެވެ. ނަމަވެސް އެ ގައުމުގެ ސިޔާސީ މީހުންގެ ގަޔަށް ބަޑި ޖަހައި މެރުން ވަރަށް އާއްމެވެ.

އާދީއްތަ ދުވަހު ބަޑި ޖެހީ އެޓީނިއޯ ޑެ މެނީލާ ޔުނިވާސިޓީގެ ގާނޫނު ކިޔަވާ ދަރިވަރުންގެ ގްރެޖުއޭޝަން ހަފްލާއަށް، ދަރިވަރުންގެ އާއިލާތައް ޖަމާވެފައި އޮތް ވަގުތެއްގަ އެވެ.

ބަޑި ޖެހުމުން މަރުވީ ފުރިގޭ އާއި އޭނާގެ އެސިސްޓަންޓް އަދި ޔުނިވާސިޓީގެ ސެކިއުރިޓީ ގާޑެކެވެ. ހާދިސާ ހިނގި އިރު، ފިލިޕީންސްގެ އުއްތަމަ ފަނޑިޔާރު އެލެގްޒެންޑާ ގެސްމުންޑޯ ހަފްލާގައި ވާހަކަ ދެއްކެވުމަށް ވެސް ހަމަޖެހިފައި އޮތެވެ. އެކަމަކު ބަޑި ޖެހީ، އެމަނިކުފާނު އެ ތަނަށް ވަޑައިގެންނެވުމުގެ ކުރިންނެވެ.

ރައީސް ފާޑިނަންޑް މާކޯސް ޖޫނިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ފުލުހުން އެ މައްސަލަ އަވަހަށް ތަަހުގީގުކޮށް، އިންސާފުގެ ކުރިމައްޗަށް ގެންދަން ޖެހޭ މީހުން ގެންދާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox