ރާއްޖެއިން އަދި މަންކީޕޮކްސްގެ ކޭސްއެއް ނުފެނޭ: އެޗްޕީއޭ

ރާއްޖެއިން އަދި މަންކީޕޮކްސްގެ ކޭސްއެއް ނުފެނޭ: އެޗްޕީއޭ

ރާއްޖެއިން އަދި މިހާތަނަށް މަންކީޕޮކްސްގެ ކޭސްއެއް ދެނެގަނެވިފައި ނުވާ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.

ދުނިޔޭގެ އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ މަންކީޕޮކްސްއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ ހާލަތު ސާފުކުރުމަށް "އަދަދު" އިން ގުޅުމުން އެޗްޕީއޭއިން ބުނީ، މަންކީޕޮކްސްގެ ކޭސްއެއް ރާއްޖެއިން އަދި ދެނެގަނެވިފައި ނުވާ ކަމަށާއި، ފެނިއްޖެނަމަ އެ އެޖެންސީން އެކަން އަންގާނެ ކަމަށެވެ.

މަންކީޕޮކްސްއަކީ އާންމު ސިއްހަތަށް ހުރި ނުރައްކަލެއްގެ ގޮތުގައި ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ވާއިރު، ދުނިޔޭގެ 75 ގައުމަކުން މިހާތަނަށް މަންކީޕޮކްސްގެ 16،000 އަށްވުރެ ގިނަ ކޭސް ވަނީ ރިޕޯޓުކޮށްފަ އެވެ. އަދި، މި ބަލީގައި މިހާތަނަށް ފަސް މީހަކު ވަނީ މަރުވެފަ އެވެ.

މަންކީޕޮކްސްގެ އެންމެ ފަހުގެ ހަބަރުތަކަށް ބަލާލާއިރު، އެމެރިކާގެ ދެ ކުޑަކުއްޖަކަށް ވެސް އެ ބަލި ޖެހިފައިވާ ކަމަށް އެ ގައުމުގެ އޮފިޝަލުން ބުނެ އެވެ. ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (ސީޑީސީ) އިން މައުލޫމާތުދޭ ގޮތުގައި އެއް ކުއްޖަކީ ކެލިފޯނިއާއަށް ނިސްބަތްވާ ދެ އަހަރު ނުފުރޭ ކުއްޖެކެވެ. އަނެއް ކުއްޖާއަކީ އެމެރިކާ ރައްޔިތެއް ނޫން ނަމަވެސް، އެ ކުއްޖާ ވޮޝިންޓަންގައި ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވްވެފައި ވެއެވެ.

ދެ ކުދިންގެ ހާލު ވެސް ރަނގަަޅު ކަމަށާއި ފަރުވާދެމުންދާ ކަމަށް އޮފިޝަލުން ބުނެ އެވެ. އަދި އެ ކުދިންނަށް ބަލި ޖެހުނު ގޮތް ތަހުގީގު ކުރަމުންދާ އިރު، ބޮޑަށް ބެލެވެނީ އާއިލާގެ އެހެން މީހެއްގެ ފަރާތުން ޖެހުނު ކަމަށެވެ.

މަންކީޕޮކްސްއާ ބެހޭގޮތުން މިހާތަނަށް ދެނެގަނެވިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ކޮންމެ މީހަކު ވެސް "ކްލޯޒް ކޮންޓެކްޓް" ވެއްޖެ ނަމަ ބަލި ޖެހިދާނެ އެވެ. މި ބައްޔަކީ ޖިންސީ ގުޅުން ހިންގުމުގެ ސަބަބުން ގައިންގަޔަށް އަރާ ބައްޔެއްތޯ އަދި ކަށަވަރު ކުރެވިފައެއް ނުވެ އެވެ.

ނަމަވެސް، މަންކީޕޮކްސްގެ ގިނަ ކޭސްތައް ފެނިފައި ވަނީ އެއްޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުން ކަމަށް ބައެއް ރިޕޯޓުތަކުން ބުނެ އެވެ. އެގޮތުން، މަންކީޕޮކްސްގެ ކޭސްތަކުގެ 96 ޕަސެންޓަކީ އެއް ޖިންސުން ގުޅުން ހިންގާ ފިރިހެނުންގެ ފަރާތުން ފެނިފައިވާ ކޭސްތަކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox