އިޓަލީގެ ބޮޑު ވަޒީރު އަނެއްކާވެސް އިސްތިއުފާ ދެއްވައިފި

މާރިއޯ ޑްރާގީ: ދެ ވަނަ ފަހަރަށް އިސްތިއުފާ ދެއްވީ ޕާލިމެންޓުގެ އިތުބާރު ނުލިބުމުން. -- ފޮޓޯ: ރޮއިޓާޒް

މާރިއޯ ޑްރާގީ: ދެ ވަނަ ފަހަރަށް އިސްތިއުފާ ދެއްވީ ޕާލިމެންޓުގެ އިތުބާރު ނުލިބުމުން. -- ފޮޓޯ: ރޮއިޓާޒް

ވެރިކަމަށް ވަޑައިގެންނެވިތާ ދޮޅު އަހަރު ފަަހުން، އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީ ދެ ވަނަ ފަހަރަށް އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް ސާޖިއޯ މައްޓަރެއްލާއަށް އިސްތިއުފާ ހުށަހަޅުއްވަމުން ޑްރާގީ ވިދާޅުވީ އެ ނިންމުމާ ހަމައަށް ވަޑައިގެންނެވީ ޕާލިމެންޓުގެ އިތުބާރު ނުލިބުމުން ކަމަށެވެ.

ރައީސް އެދިވަަޑައިގެންނެވީ މި އަހަރުގެ އޮކްޓޯބަރު މަަހު އަވަސް އިންތިހާބެއް ބޭއްވުމާ ހަމައަށް ވަގުތީ ބޮޑު ވަޒީރުގެ ގޮތުގައި ދެމިހުންނެވުމަށެވެ.

އުމުރުން 74 އަހަރުގެ ޑްރާގީއަކީ އިޓަަލީގަައި މަގްބޫލް ބޭފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ އިސްތިއުފާާ ދެއްވީ ހަފްތާއެއް ކުރިންނެވެ.

މިދިޔަަ ބުރާސްފަތި ދުވަހު އެމަަަނިކުފާނު އިސްތިއުފާ ހުށަހެޅުއްވީ އިޓަލީގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ފައިވް ސްޓާ ޕާޓީއިން ތާއީދު އަނބުރާ ގެންދިޔުމުންނެވެ.

އެމަނިކުފާނު އޭރު ނެރުއްވި ބަޔާނެއްގައި ވިދާާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރު ދެމިއޮތުން ބިނާވި އިތުބާރާއި ގުޅުން މިހާރު ނިމުމަކަށް އަައިސްފައިވާާ ކަމަށެވެ.

އީޔޫގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އިޓަލީގެ މި ކާރިސާ ފެށުނީ ފައިވް ސްޓާ ޕާޓީގެ ލީޑަރު ގިސެޕޭ ކޮންޓޭ، ސަރުކާރުގެ 23 ބިލިއަން ޔޫރޯގެ އެހީގެ ޕެކޭޖަށް ރުހުން ނުދިނުމުންނެވެ. އެއީ އާއިލާތަކާއި ވިޔަފާާރިތަކަށް ކަނޑައެޅި ޕެކޭޖެކެވެ.

ކޮންޓޭ ވިދާާޅުވީ އާއްމުންގެ ދިރިއުޅުމުގެ ހަރަދުތައް އުފުލޭ މައްސަލަ ހައްލު ކުރަން ބޮޑު ވަޒީރު ޑްރާގީ އެކަށީގެންވާ މަސައްކަތް ނުކުރައްވާ ކަމަށެވެ.

ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމަށް މިދިޔަ ބުރާާސްފަތި ދުވަހު ސެނެޓުގައި ނެގި ވޯޓުން، އިތުބާރު އޮތް ކަމަށް ނިންމި ނަމަަވެސް، ޑްރާގީ ތަކުރާރުކޮށް ވިދާޅުވީ ފައިވް ސްޓާ ޕާޓީގެ ތާއީދު ނެތި ކުރިއަށް ނުދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް، އޭރު އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުން ރައީސް ވިދާޅުވީ އިސްތިއުފާ ބަލައިނުގަނެވޭނެ ކަމަށެވެ. އެކަމާ ގުޅިގެން ޑްރާގީ ވިދާޅުވީ ރަައްޔިތުންގެ އެދުމަށް ބީރު ކަންފަތެއް ނުދެވޭނެ ކަމަށެވެ.

ޑްރާގީ ވިދާާޅުވީ ޕާލިމެންޓުގެ އެއްބާރުލުން ލިބޭ ނަމަ، އާ އެއްބަސްވުމެއްގެ ދަށުން ކޯލިޝަން ސަރުކާާރު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

އެކަމަަކު ޕާލިމެންޓުގައި އިތުބާރު އޮތްތޯ ބަލަން ވޯޓު ނަގަން ތަައްޔާރުވަމުން ދިޔަ އިރު، ތިން ޕާޓީއަަކުން ނިންމީ އެމަނިކުފާނަށް ތާއީދު ނުކުރުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox