މަނީ ލޯންޑަރިން މައްސަލައެއްގައި ސޯނިއާ ގާންދީއާ ސުވާލުކޮށްފި

ސޯނިއާ ގާންދީ: އެކަމަނާއަކީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ސޯނިއާ ގާންދީ: އެކަމަނާއަކީ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ނިއު ދިއްލީ، އިންޑިއާ (ޖުލައި 21) - މަނީ ލޯންޑަރިންގެ މައްސަަލައެއްގައި އިންޑިއާގެ އިދިކޮޅު ކޮންގްރެސް ޕާޓީގެ ރައީސް ސޯނިއާ ގާންދީއާ ފުލުހުން ސުވާލުކޮށްފި އެވެ.

ސޯނިއާއަކީ ކުރީގެ ބޮޑު ވަޒީރު ރަޖީވް ގާންދީގެ އަނބިކަނބަލުންނެވެ. ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު ރަޖީވް ގާންދީ އަވަހާރަކޮށްލުމުން، ޕާޓީގައި އެންމެ އިސް ދައުރު އަދާ ކުރައްވަނީ އެކަމަނާ އެވެ.

ސޯނިއާއާ ދެކޮޅަށް ފުލުހުން ތަހުގީގު ކުރަމުން ދަނީ މީގެ އެތައް އަހަރެއް ކުރިން، މިހާރު ވެރިކަމުގައި އޮތް، ބަރަތިޔަ ޖަނަތަ ޕާޓީ (ބީޖޭޕީ) ގެ ޕާލިމެންޓް މެމްބަރަކު ހުށަަހެޅި މައްސަލަ އެކެވެ.

އޭރު ތުހުމަތު ކުރީ ސޯނިއާ ގާންދީގެ އާއިލާއިން ކޮންގްރެސް ޕާޓީގެ ފައިސާާ ނުހައްގުން ބޭނުންކޮށް، ނޫހެއް ގަތް ކަމަށެވެ. ގާންދީ އާއިލާއިން އެ ތުހުމަތު ދޮގުކުރެ އެވެ.

ކޮންގްރެސް ޕާޓީއިން ބުނީ މިއީ ބޮޑު ވަޒީރު ނަރެންދްރަ މޯދީގެ ޕާޓީއަށް ލިބިފައި އޮތް ބާރުގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށެވެ.

އެ މައްސަލައިގަައި ސުވާލު ކުރުމަށް ސޯނިއާ ގާންދީ އެންމެ ފުރަތަމަ ހާޒިރު ކުރީ މިދިޔަ މަހު އެވެ. ނަމަވެސް ކޮވިޑް ޖެހި، އެޑްމިޓް ކުރެއްވުމުން، ސުވާލު ކުރުން ފަސްކުރަން ޖެހުނެވެ.

އެކަމަނާގެ ދަރިކަލުން އަދި ޕާލިމެންޓުގެ ކޮންގްރެސް ޕާޓީގެ ލީޑަރު ރާހުލް ގާންދީއާ ވެސް ޖޫން މަހު ހަމަ އެ މައްސަލަައިގައި ސުވާލުކުރި އެވެ.

ބުރާސްފަތި ދުވަހު މައްސަލަ ތަހުގީގު ކުރާ އެންފޯސްމަންޓް ޑައިރެކްޓަރޭޓް އޮފީހަަށް ސޯނިއާ ވަޑައިގެންނެވީ ރާހުލް އަދި ދަރިކަނބަލުން ޕްރިޔަަންކާއާ އެކު އެވެ.

އެ ތަހުގީގު ކުށްވެރިކޮށް އިދިކޮޅު ޕާޓީތަކުގެ ލީޑަރުން ގުޅިގެން ބުރާާސްފަަތު ދުވަހު ބަޔާނެއް ނެރުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox