ރައްޔިތުންގެ ތާއީދު ބޮޑުކަމުން އިޓަލީގެ ބޮޑު ވަޒީރު މާރިއޯ ޑްރާގީގެ އިސްތިއުފާ އަނބުރާ ގެންގޮސް، އެއްބައިވަންތަ ސަރުކާރު ހިންގުމަށް އާ އެއްބަސްވުމަކަށް ގޮވާލައްވައިފި އެވެ.
އިސްތިއުފާގެ ސިޓީ ހުށަހެޅުއްވުމުން މީގެ ހަފްތާާއެއް ކުރިން ރައީސް ވެސް ވިދާޅުވީ އިސްތިއުފާ ބަލައިނުގަނެވޭނެ ކަމަށެވެ. ބުދަ ދުވަހު ޑްރާގީ ވިދާޅުވީ ރަައްޔިތުންގެ އެދުމަށް ބީރު ކަންފަތެއް ނުދެވޭނެ ކަމަށެވެ.
ޕާލިމެންޓުގައި ދެން އޮންނާނީ އުމުރުން 74 އަހަރުގެ ޑްރާގީއަށް އިތުބާރު އޮތްކަން ސާބިތު ނުކުރުމަށް ނަގާ ވޯޓެކެވެ. ސެނެޓުގައި ޑްރާގީ ވިދާޅުވީ ސަރުކާރު ހިންގޭނީ މުޅިން އާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
ޔޫރަޕިއަން ސެންޓްރަލް ބޭންކްގެ ކުރީގެ ވެރިޔާ ޑްރާގީ އިޓަލީގެ އެއްބައިވަންތަކަމުގެ ސަރުކާރުގެ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވީ ފެބްރުއަރީ 2021 ގަ އެވެ.
މިދިޔަަ ބުރާސްފަތި ދުވަހު އެމަަަނިކުފާނު އިސްތިއުފާ ހުށަހެޅުއްވީ އިޓަލީގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ފައިވް ސްޓާ ޕާޓީއިން ތާއީދު އަނބުރާ ގެންދިޔުމުންނެވެ.
އެމަނިކުފާނު އޭރު ނެރުއްވި ބަޔާނެއްގައި ވިދާާޅުވީ އެއްބައިވަންތަކަމުގެ ސަރުކާރު ދެމިއޮތުން ބިނާވި އިތުބާރާއި ގުޅުން މިހާރު ނިމުމަކަށް އަައިސްފައިވާާ ކަމަށެވެ.
އީޔޫގެ ތިން ވަނައަށް އެންމެ ބޮޑު އިގްތިސާދު އޮންނަ އިޓަލީގެ މި ކާރިސާ ފެށުނީ ފައިވް ސްޓާ ޕާޓީގެ ލީޑަރު ގިސެޕޭ ކޮންޓޭ، ސަރުކާރުގެ 23 ބިލިއަން ޔޫރޯގެ އެހީގެ ޕެކޭޖަށް ރުހުން ނުދިނުމުންނެވެ. އެއީ އާއިލާތަކާއި ވިޔަފާާރިތަކަށް ކަނޑައެޅި ޕެކޭޖެކެވެ.
ކޮންޓޭ ވިދާާޅުވީ އާއްމުންގެ ދިރިއުޅުމުގެ ހަރަދުތައް އުފުލޭ މައްސަލަ ހައްލު ކުރަން ބޮޑު ވަޒީރު ޑްރާގީ އެކަށީގެންވާ މަސައްކަތް ނުކުރައްވާ ކަމަށެވެ.
ސަރުކާރުގެ އިތުބާރު އޮތްތޯ ބެލުމަށް މިދިޔަ ބުރާާސްފަތި ދުވަހު ސެނެޓުގައި ނެގި ވޯޓުން، އިތުބާރު އޮތް ކަމަށް ނިންމި ނަމަަވެސް، ޑްރާގީ ތަކުރާރުކޮށް ވިދާޅުވީ ފައިވް ސްޓާ ޕާޓީގެ ތާއީދު ނެތި ކުރިއަށް ނުދެވޭނެ ކަމަށެވެ.










