އިންޑިއާގެ ހޯމް މިނިސްޓަރުގެ ފޮޓޯއެއް ޓްވީޓް ކުރި މީހަކު ހައްޔަރުކޮށްފި

ފިލްމު އުފެއްދުންތެރިޔާ އަވިނާޝް ދާސް: އޭނާއަކީ އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންދާ މީހެއް. -- ފޮޓޯ: އަވިނާޝް ދާސް/ ފޭސްބުކް

ފިލްމު އުފެއްދުންތެރިޔާ އަވިނާޝް ދާސް: އޭނާއަކީ އިންޑިއާ ސަރުކާރަށް ފާޑުކިޔަމުންދާ މީހެއް. -- ފޮޓޯ: އަވިނާޝް ދާސް/ ފޭސްބުކް

އިންޑިއާގެ ހޯމް މިނިސްޓަރު އަމިތު ޝާހް އާއި ކޮރަޕްޝަނަށް ތުހުމަތު ކުރެވޭ އޮފިޝަލަކު އެކުގައި ނަގާފައިވާ ފޮޓޯއެއް ޓްވީޓް ކުރުމުން، ފިލްމު އުފައްދާ މީހަކު ހައްޔަރުކޮށްފި އެވެ.

އަވިނާޝް ދާސް ޓްވީޓް ކުރި ފޮޓޯގައި އަމިތު ޝާހް ހުންނަވަނީ ޕޫޖާ ސިންގަލްއާ އެކު އެވެ. ކޮރަޕްޝަންގެ ތުހުމަތުގައި ޕޫޖާ ސިންގަލް ވަނީ މިދިޔަ މޭ މަހު ހައްޔަރުކޮށްފަ އެވެ.

މަނީ ލޯންޑަރިންގެ ތުހުމަތު ކުރާ އިރު، އެއީ ދޮގު ތުހުމަތެއް ކަމަށް ޕޫޖާާ ސިންގަލް ބުނެ އެވެ.

Advertisement

ސޯޝަަލް މީޑިއާގައި ކުރާ ޕޯސްޓުތަކާ ގުޅިގެން އިންޑިއާގެ ނަން މަޝްހޫރު މީހުން ހައްޔަރު ކުރުން ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

މިދިޔަ މަަހު ފުލުހުން ވަނީ ނޫސްވެރިޔާ މުހަައްމަދު ޒުބައިރް ވެސް ހައްޔަަރުކޮށްފަ އެވެ. އޭނާ ހައްޔަރު ކުރީ 2018 ވަނަަ އަހަރު ކުރި ޓްވީޓަކާ ގުޅިގެންނެވެ.

ފިލްމު އުފައްދާާ އަވިނާޝް ދާސް ހައްޔަރު ކުރުމުގެ ކުރިން ހުޅަނގު ގުޖަރާތު ސްޓޭޓުގެ ފުލުހުން ޖޫން މަހު އޭނާގެ މައްސަލައެއް ބަލަމުންދާ ކަމަށް ބުންޏެވެ.

އަވިނާޝް ދާސް ޓްވީޓް ކުރި ފޮޓޯގެ މަގްސަދަކީ އާއްމުންނަށް ހަގީގަތް އޮޅުވާލައި، އަމިތު ޝާހްގެ ނަން ހުތުރު ކުރުން ކަމަށް ވެސް ފުލުހުން ތުހުމަތު ކުރި އެވެ.

އޭގެ އިތުރުން އިންޑިއާގެ ގައުމީ ދިދަ ހެދުމެއް ގޮތަށް ލައިގެން ހުރި އަންހެނެއްގެ ފޮޓޯ ފޭސްބުކް އާއި އިންސްޓަގްރާމްގައި ޕޯސްޓް ކުރި މައްސަލައެއް ވެސް އޭނާއާ ދެކޮޅަށް އެބަ އޮތެވެ.

އިންޑިއާގައި ގައުމީ ދިދަ ހެދުމެއްގެ ގޮތުގައި ބޭނުން ކުރުމަކީ މަނާ ކަަމެކެވެ. އަަވިނާޝް ދާސް ހައްޔަރު ކުރީ ހޯމަ ދުވަހު މުމްބާއީންނެވެ.

އަަވިނާާޝް ދާާސް އެންމެ ބޮޑަށް މަގްބޫލުވީ 2012 ވަނަ އަހަަރު "އަނާރްކަލީ އޮފް އާރަހް" ފިލްމު އުފެއްދުމުންނެވެ. އޭގެ ފަހުން މި އަހަރު ނެރުނު ނެޓްފްލިކްސް ސީރީޒް "ޝީ" ވެސް އުފެއްދީ އޭނާާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox