އަލްބޭނިއާ އަދި ނޯތު މެސެޑޯނިއާއިން އީޔޫއާ ގުޅެން މަޝްވަރާ ފަށައިފި

އީޔޫގެ ދިދަ: މި ވަގުތު އީޔޫގައި ހިމެނެނީ 27 މެމްބަރު ގައުމު. -- ފޮޓޯ: ޝަޓާސްޓޮކް

އީޔޫގެ ދިދަ: މި ވަގުތު އީޔޫގައި ހިމެނެނީ 27 މެމްބަރު ގައުމު. -- ފޮޓޯ: ޝަޓާސްޓޮކް

ބްރަސެލްސް، ބެލްޖިއަމް (ޖުލައި 19) - އަލްބޭނިއާ އާއި ނޯތު މެސެޑޯނިއާއިން ޔޫރަޕިއަން ޔޫނިއަަން (އީޔޫ) ގެ މެމްބަރުކަން ހޯދުމަށް އަންގާރަ ދުވަހު ރަސްމީކޮށް މަަޝްވަރާ ފަށައިފި އެވެ.

ޔޫރަޕިއަން ކޮމިޝަންގެ ރައީސް އުރްސުލާ ވޮން ޑެ ލެޔެން ވަނީ އަލްބޭނިއާގެ ބޮޑު ވަޒީރު އެޑީ ރާމާ އަދި މެސެޑޯނިއާގެ ބޮޑު ވަޒީރު ޑިމިޓާރް ކޮވަޗެވްސްކީއަށް މަަރުހަބާ ދަންނަވާފަ އެވެ.

މި ވަގުތު އީޔޫގައި 27 މެމްބަރު ގައުމު ހިމެނޭ އިރު، އިތުރު ގައުމަކަށް މެމްބަަރުކަން ދިނުމުގެ އިޖުރާއަތު ދިގުލައިގެން ދިޔުން އެކަަށީގެންވެ އެވެ. ނަމަވެސް, ރަސްމީ މަޝްވަރާ ފެށުމަކީ ކުރިއެރުމެއް ކަމަށް ބެލެވެ އެވެ.

"މިއީ ވަރަށް ބޮޑު ހިތްހަމަަޖެހުމެއް. އީޔޫގެ މެމްބަރުކަން ހޯދަން އެދުނުތާ 17 އަހަރު ފަހުން މަޝްވަރާ ފެށުމަަކީ ހިތްހަމަޖެހުމެއް،" ކޮވަޗެވްސްކީ ވިދާޅުވި އެވެ.

އަަލްބޭނިއާއިން އީޔޫގެ މެމްބަރުކަން ހޯދަން އެދި ހުށަހެޅީ 2009 ވަނަަ އަހަަރު އެވެ. ރާމާ ވިދާޅުވީ އަދިވެސް ގިނަ ދުވަސްތަަކެއް ހޭދަވުން އެކަށީގެންވާ ކަމަށެވެ.

ވޮން ޑެ ލެޔެން ވިދާޅުވީ ޔޫރަޕްގެ އާދަތަކާއި ސްޓޭންޑަޑްތަކަށް ކަންކަން ގެންދިޔުމަށް އަލްބޭނިއާ އާއި ނޯތު މެސެޑޯނިއާއިން މިހާރު ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ކަމަށެވެ.

ޔުގޯސްލޭވިއާގެ ދަށުން މެސެޑޯނިއާ މިނިވަންކަން ހޯދީ 1991 ވަނަ އަހަރު އެވެ. އޭގެ ފަހުން ނޭޓޯގެ މެމްބަރުކަން ހޯދަން ހުށަހެޅުމުން، ގްރީސްގެ ފިއްތުން ކުރިމަތިވެ އެ ގައުމުގެ ނަން ނޯތު މެސެޑޯނިއާާއަށް ބަދަލު ކުރީ 2018 ވަނަ އަހަރު އެވެ.

ނޭޓޯގެ މެމްބަރުކަން ލިބުނު ނަމަވެސް، ހުޅަަނގުގެ ބޮޑެތި ގައުމުތަކުން ނޯތު މެސެޑޯނިއާ އަދި އަލްބޭނިއާއަށް އީޔޫގެ މެމްބަަރުކަން ދިނުމާ ކުރިން ދެކޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox