ޕަންޖާބް ބައި އިލެކްޝަނުން ކުރި ލިބުނީ އިމްރާން ހާންގެ ޕާޓީއަށް

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން: އެމަނިކުފާނު މަގާމުން ދުރު ކުރީ މިދިޔަ އެޕްރީލް މަހު. -- ފޮޓޯ: އީޕީއޭ

ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު އިމްރާން ހާން: އެމަނިކުފާނު މަގާމުން ދުރު ކުރީ މިދިޔަ އެޕްރީލް މަހު. -- ފޮޓޯ: އީޕީއޭ

ޕާކިސްތާނުގެ ޕަންޖާބް ޕްރޮވިންސްގެ ބައި އިލެކްޝަނުން ކުރީގެ ބޮޑު ވަޒީރު އިމްރާން ހާންގެ ޕާޓީއިން ކުރި ހޯދައި، އާއްމު އިންތިހާބު އަވަސް ކުރުމަށް ގޮވާލައިފި އެވެ.

އިމްރާންގެ ޕީޓީއައި ޕާޓީއިން ވަނީ ޕަންޖާބްގެ ގާނޫނު ހަދާ މަޖިލީހުން ވޯޓަށް ހުޅުވާލި 20 ގޮނޑީގެ ތެރެއިން 15 ގޮނޑި ކާމިޔާބުކޮށް، އެ މަޖިލީހުގެ މެޖޯރިޓީ ހޯދާފަ އެވެ.

ޕާކިސްތާނުގެ އާއްމު އިންތިހާބު ތާވަަލުކޮށްފައި ވަނީ އޮކްޓޯބަރު 2023 އަށެވެ. އެނެލިސްޓުން ބުނާާ ގޮތުގައި ޕަންޖާބް ބައި އިލެކްޝަންގެ ނަތީޖާއަކީ އާއްމު އިންތިހާބުގެ ނަތީޖާ އަންނާނެ ގޮތުގެ ރަމްޒެކެވެ.

Advertisement

އިމްރާން ހާން ބޮޑު ވަޒީރު ކަމުން ދުރު ކުރީ މިދިޔަަ އެޕްރީލް މަހު ނެގި އިތުބާރު ނެތް ކަމުގެ ވޯޓަކުންނެވެ. ޕންޖާބްގެ ނަތީޖާ އަައި ގޮތުން އާ ބޮޑު ވަޒީރު ޝެހްބާޒް ޝަަރީފްގެ ކޯލިޝަން ސަރުކާރަށް އިތުރު ގޮންޖެހުންތަކާ ވަނީ ދިމާވެފަ އެވެ.

އެގޮތުން އިންފްލޭޝަން މަތިވެ، ހަކަތައިގެ ދަތިކަަން ކުރިމަތިވަމުން ދަނިކޮށް، ސިޔާސީ ހަމަޖެހުން ގެއްލި، ކޯލިޝަން ރޫޅުލުމުގެ ފުރުސަތު ބޮޑެވެ.

ޕަންޖާބަކީ ޒަމާނުއްސުރެ ވެސް ޝެހްބާޒް ޝަަރީފްގެ ޕީއެމްއެލް-އެން ޕާޓީގެ ޕްރޮވިންސެކެވެ. އެކަމަކު އާދީއްތަ ދުވަހުގެ ބައި އިލެކްޝަނުން އެ ޕާޓީއަށް ލިބުނީ އެންމެ ހަތަރު ގޮނޑި އެވެ. ފަސް ވަނަަ ގޮނޑި ލިބުނީ މިނިވަން ކެނޑިޑޭޓަކަަށެވެ.

ޕަންޖާބްގެ ނަތީޖާއިން ދޭހަވަނީ އިގްތިސާދީ ގޮންޖެހުންތަކާ ހެދި ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަކުލީފްތަކާ ގުޅިގެން ސަަރުކާާރާ މެދު ހިތްހަމަނުޖެހިފައި ތިބި ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox