ލަންކާގައި ސުލްހަވެރި ބަދަލަށް ޖާގަދޭން އެމެރިކާއިން ގޮވާލައިފި

ސްރީލަންކާގެ ވެރިރަަށް ކޮލަމްބޯގައި އާއްމުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. އެގައުމަށް ސުލްހަވެރި  ބަދަލު ގެންނަން އެމެރިކާއިން މިއަދު ގޮވައިލި.

ސްރީލަންކާގެ ވެރިރަަށް ކޮލަމްބޯގައި އާއްމުންގެ ބަޔަކު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަނީ. އެގައުމަށް ސުލްހަވެރި ބަދަލު ގެންނަން އެމެރިކާއިން މިއަދު ގޮވައިލި.

އަވަށްޓެރި ސްރީލަންކާގައި އުފެދިފައިވާ ހަމަނުޖެހުން ނިމުމަކަށް ގެނައުމަށްޓަކައި އެ ގައުމުގެ ވެރިކަން ސުލްހަވެރިކަމާ އެކު ބަދަލުކުރަން ޖާގަދޭން އެމެރިކާއިން ގޮވާލައިފި އެވެ.

ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ އެމެރިކާ އެމްބަސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނީ ޒިންމާ އުފުލުމަށާއި ހާމަކަންބޮޑުކޮށް ކަންތައް ކުރުމަށާއި ރައްޔިތުންނަށް ރަނގަޅު މުސްތަގުބަލެއް ހޯދައިދޭން ގޮވާލައި އެތައް ހާސް ބަޔަކު ކުރަމުންދާ މުޒާހަރާތައް އެމެރިކާއިން ގާތުން ބަލަމުން އަންނަ ކަމަށެވެ. މިއީ ލަންކާގެ ތާރީޚުގައި އައި ވަރަށް ހައްސާސް ހިނދުކޮޅެއް ކަމަށް ވެސް އެ ބަޔާނުގައި ބުންޏެވެ.

"...ސުލްހަވެރިކަމާ އެކު ބާރުތައް ބަދަލުކުރުމަށް ޓަކައި ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދޭން އަހަރެމެން ގޮވައިލަމެވެ. އަދި ދިގުމުއްދަތުގެ ހަމަޖެހުން ގެނެވޭ ފަދަ ހައްލުތައް ތަންފީޒުކުރުމަށާއި ގޯސްވަމުންދާ ކާނާއާއި ކަަރަންޓާއި ތެލުގެ ދަތިކަން ކުރިމަތިވުން ހިމެނޭ ގޮތުން، އިގުތިސާދީ ހާލަތާ މެދު ސްރީލަންކާ ރައްޔިތުން ފާޅުކުރަމުންދާ ނުރުހުމަށް އެޑްރެސް ކުރަން، ދެން އަންނަ، ގާނޫނު އަަސާސީއާ އެއްގޮތަށް އިޚުތިޔާރުކުރާ ކޮންމެ ސަރުކާރަކަށް އަހަރެމެން ގޮވައިލަމެވެ،" އެމެރިކާގެ ބަޔާނުގައި ބުންޏެވެ.

އެމެރިކާގެ ބަޔާނުގައި ބުނި ގޮތުގައި ސްރީލަންކާއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރަން އަޅާ ދެމެހެއްޓެނިވި ކޮންމެ ފިޔަވަޅަކަށް މަދަދުކުރަން ބައިނަލް އަގުވާމީ އެހެން އެތައް ބަޔަކާ އެކު އެމެރިކާ އޮތީ ތައްޔާރަށެވެ.

މުޒަހާރާ ކުރާ މީހުންނާއި ނޫސްވެރިންނާ ދެކޮޅަށް ހިންގާ ހަމަނުޖެހުން އެމެރިކާގެ ބަޔާނުގައި ކުށްވެރިކުރި އެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާ ދިގުދެމި، އެގައުމުގެ ރައްޔިތުން ސަރުކާރާ ދެކޮޅަށް ނުކުމެ ހަމަނުޖެހުންތައް ހިންގާތާ މިހާރު ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. އެގައުމުގެ ވެރިރަށް ކޮލަމްބޯގައި މުޒާހަރާކުރި މީހުން ވަނީ ރިޔާސީ ގަނޑުވަރަށާއި ބޮޑުވަޒީރުގެ ގެކޮޅަށް މިދިޔަ ހޮނިހިރު ދުވަހު ވަދެގަނެފަ އެވެ.

ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސާއާއި ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހަ އަންނަ ބުދަ ދުވަހު މަގާމުން އިސްތިއުފާދެއްވާނެކަން މިހާރު ވަނީ އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox