ހައްޖު ހުތުބާގައި ގޮވާލީ ނަފްރަތު އުފެދޭ އެންމެހާ ކަންކަމުން ދުރުހެލިވުމަށް

ހައްޖު ހުތުބާގައި ގޮވާލީ ނަފްރަތު އުފެދޭ އެންމެހާ ކަންކަމުން ދުރުހެލިވުމަށް

ނަފްރަތާއި ރުޅިވެރިކަން އުފެދޭ އެންމެހާ ކަންކަމުން ދުރުހެލިވުމަކީ އިސްލާމީ އަގީދާގެ ތެރޭގައި ހިމެނޭ މުހިންމު ކަމެއް ކަމަށާއި އެފަދަ ކަންކަމުން ދުރުހެލިވުމަށް މި އަހަރުގެ ހައްޖު ހުތުބާގައި މުޅި އިސްލާމީ އުއްމަތަށް ގޮވާލައިފި އެވެ.

މަސްޖިދުއް އަލް ނިމްރާގައި ޝެއިހް މުހައްމަދު ބިން އަބްދުލް ކަރީމް ދެއްވި ހައްޖު ހުތުބާގައި އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ މައްޗަށް އަލިއަޅުވާލައިފަ އެވެ.

މިގޮތުން، އެކަކު އަނެކަކުގެ ނުބައި ވާހަކަ ދެއްކުމާއި ޣީބަ ބުނުންފަދަ ކަންކަމުން މުޖުތަމައު ފަސާދައަށް ހުށަހެޅިގެންދާނެ ކަމަށާއި، އެކަންކަމުން ދުުރުހެލިވުމަށް ހުތުބާގައިވަނީ ނަސޭހަތްތެރިވެފަ އެވެ.

މިގޮތުން، މުސްލިމް އުއްމަތް އެކަތިގަނޑެއްގެ ގޮތުގައި ފެތުރިގެން ދިޔައީީ އިސްލާމް ދީނުގެ ރިވެތި އަހުލާގުގެ ސަބަބުން ކަމަށާއި އެކަން އެގޮތުގައި ބޭއްވުމަށް މުޅި އުއްމަތް މަސައްކަތް ކުރުމަށް ހުތުބާގައި ގޮވާލި އެވެ.

އަދި މުޖުތަމައުގައި ފިތުނަ ފަސާދަ ނުއުފެދޭގޮތަށް، އަހުވަންތަކަން އިސްކުރުމަށް ގޮވާލައިފަ އެވެ.

މިގޮތުން ބޮޑުވަމުން އަންނަ ޖީލަށް، އިސްލާމްދީނުގެ ރިވެތި އަހުލާގު އުނގަންނައިދިނުމާއި، އަދި މައްސަލަތައް ކުރިމަތިވާ ވަގުތު އެކަންކަމަށް ހައްލު ހޯދުމުގައި މަޑުމައިތިރި ކަމާއި ރިވެތި އަހުލާގު އިސްކުރުމަށް ގޮވާލި އެވެ.

އަދި ކޮންމެ ހާލެއްގައި ނަމަވެސް އެއް މުސްލިމަކު އަނެއް މުސްލިމަކަށް އިހުތިރާމު ކުރުމަށް ތަފާތު 14 ބަހަކުން ތަރުޖަމާ ކުރެވިގެން ގެނެވެނު ހުތުބާގައި ގޮވައިލި އެވެ.

ކޮވިޑް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޖަމާވި އެވެ.

ކޮވިޑާ ހެދި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދިނުން ވަރަށް ބޮޑަަށް ކޮންޓްރޯލް ކުރި އެވެ. ނަމަވެސް މި އަހަރު ޖުމްލަ އެއް މިލިއަން މީހުންނަށް އެ ފުރުސަތު ދީފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox