ސެމީ ފައިނަލާ ހަމައިން ނަޑާލް ވިމްބަލްޑަން އިން ވަކިވެއްޖެ، ކިރްގިއޯސް ފައިނަލަށް

Jul 7, 2022, 9:00 PM
ވިމްބަލްޑަންގެ މެޗެއްގެ ތެރެއިން ނަޑާލް.--- ފޮޓޯ: އޭއެފްޕީ

ވިމްބަލްޑަންގެ މެޗެއްގެ ތެރެއިން ނަޑާލް.--- ފޮޓޯ: އޭއެފްޕީ

ލަންޑަން (ޖުލައި 7) - ވިމްބަލްޑަން ޓެނިސް މުބާރާތުގެ ސެމީ ފައިނަލުގައި މާދަމާ، އޮސްޓްރޭލިއާގެ ނިކް ކިރްގިއޯސްއާ ދެކޮޅަށް ކުޅެން ޖެހޭ މެޗު ބޯމަތިވެފައި އޮއްވައި، ސްޕެއިނުގެ ރަފައެލް ނަޑާލް، އަނިޔާގެ ސަބަބުން މުބާރާތުން ވަކިވެއްޖެ އެވެ.

މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް (އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން) ކާމިޔާބުކުރި، ނަޑާލް، 36، އަނިޔާއާ ހެދި މުބާރާތުން ވަކިވުމުން ވިމްބަލްޑަންގެ ފައިނަލުގެ ފުރަތަމަ ޖާގަ ފުރަތަމަ ފަހަަރަށް ވަނީ ކިރްގިއޯސް އަށް ލިބިފަ އެވެ. މިއީ ކިރްގިއޯސް އަށް ލިބިގެންދިޔަ ބޮޑު ފުރުސަތެކެވެ.

ބުދަ ދުވަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ކުއާޓާ ފައިނަލުގައި އެމެރިކާގެ ޓޭލާ ފްރިޓްޒާ ދެކޮޅަށް ކުޅުނު މެޗުގައި ނަޑާލަށް ވަނީ އަނިޔާގެ ސަބަބުން ފަރުވާ ދީފަ އެވެ. ކުއާޓާ ފައިނަލް މެޗުގެ ތެރެއިން ދެ ވަނަ ސެޓުގައި، ނަޑާލް ވަނީ މެޑިކަލް ޓައިމްއައުޓެއް ނަގައިފަ އެވެ.

އޭގެ ކުރިން، ވިމްބަލްޑަންގެ ހަތަރު ވަނަ ބުރުގެ މެޗުގައި ވެސް ބަނޑުގެ އަރިމަތީގައި ރިއްސާތީ ޓޭޕްކޮށްގެން ނަޑާލް ކުޅުނުއިރު، ކުއާޓާ ފައިނަލް މެޗުގައި ވެސް ނަޑާލް ފަހު ސެޓުތައް ކުޅުނީ ޓޭޕްކޮށްގެންނެވެ.

ކުއާޓާ ފައިނަލް މެޗަށް ފަހު، ނޫސްވެރިއެއްގެ ސުވާލަށް ޖަވާބު ދެމުން ނަޑާލް ބުނީ އަނިޔާއާ ހެދި މެޗު ދޫކޮށްލަން ވެސް ވިސްނި ކަމަށާއި އެކަމަކު، ހިތްވަރާ އެކު ކުޅުނީ މެޗު ފުރިހަމަކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.

އެކަމަކު، ސެމީ ފައިނަލް މެޗު ފެށެން 24 ގަޑިއިރަށް ވުރެ ވަގުތު ކުޑަތަންވެފައި އޮއްވައި، ނަޑާލް މިހާރު ވަނީ ވިމްބަލްޑަން އިން ވަކިވެފަ އެވެ.

ނަޑާލް ބުނީ އެންމެނަށް ވެސް އޭނާ އަށް ވި އަނިޔާ ފެންނާނެ ކަމަށާއި ހެދި ޓެސްޓްތަކުން އެނގުނީ ބަނޑުގެ މަސްގަނޑުގައި ހަތް މިލިމީޓަރުގެ ޓިއާއެއް (ރެނދެއް) އިން ކަމަށެވެ. އެހެންވެ، ޑޮކްޓަރުގެ ލަފާގެ މަތިން ނިންމީ މުބާރާތުން ވަކިވުމަށް ކަމަށެވެ.

ސްޕެއިންގެ ނޫސްތަކުން ރިޕޯޓްކުރާގޮތުގައި ނަޑާލް ކުއާޓާ ފައިނަލް މެޗު ކުޅުނީ އެ އިންޖަރީގައި ހުރެ ކަމުގައި ވިޔަސް އޭނާގެ އެ އަނިޔާ އިތުރަށް ގޯސްވެފައިނުވާ ކަމަށެވެ. ނަޑާލް ފްރެންޗް އޯޕަންގައި ދާދި ފަހުން ކުޅުނީ އަނިޔާއަކަށް ފަރުވާ ހޯދަމުންނެވެ. އެއީ ފަޔަށް ލިބިފައިވާ އަނިޔާ އަށް ލުޔެއް ހޯދުމަށް ނަޑާލް ފްރެންޗް އޯޕަންގެ ބައެއް މެޗުތަކުގައި ކުޅުނީ އިންޖެކްޝަން ޖަހައިގެންނެވެ.

"އަހަރެން ކެރިއަރުގައި ކުރިއަށްދާން ބޭނުންނަމަ މި ވަގުތަށް އެންމެ ރަނގަޅީ އަރާމްކޮށް ރިކަވާވުން، އެހެންވެ، ސެމީއާ ހަމައިން މުބާރާތުން ވަކިވާން ނިންމީ،" 22 ގްރޭންޑް ސްލޭމް ތަށި ހޯދައި، ރެކޯޑެއް ހަދާފައިވާ ނަޑާލް ބުންޏެވެ.

ކިރްގިއޯސްއާ ދެކޮޅަށް އާދިއްތަ ދުވަހުގެ ފައިނަލުގައި ކުޅޭނީ، ސެމީ ފައިނަލުގައި އިންގްލެންޑްގެ ކެމަރަން ނޯރީ އާއި ދުނިޔޭގެ އެއް ވަނަ ސާބިއާގެ ނޮވަކް ޖޮކޮވިޗް ކުޅެގެން މޮޅުވާ ކުޅުންތެރިއަކާ އެވެ. ނޯރީ އަކީ 2016 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ސެމީގައި ފެންނާނެ ފުރަތަމަ އިނގިރޭސި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox