އިންޖެކްޝަން ޖަހައިގެން ކުޅެން ޖެހޭނަމަ ނަޑާލް ވިމްބަލްޑަންގައި ނުފެނިދާނެ

Jun 6, 2022, 6:40 AM
ފްރެންޗް އޯޕަން ފައިނަލުގެ މެޗުގެ ތެރެއިން ނަޑާލް.-- ފޮޓޯ: އޭއެފްޕީ

ފްރެންޗް އޯޕަން ފައިނަލުގެ މެޗުގެ ތެރެއިން ނަޑާލް.-- ފޮޓޯ: އޭއެފްޕީ

ޕެރިސް (ޖޫން 6) - ފަޔަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރަނގަޅުނުވެ، އިންޖެކްޝަން ޖަހައިގެން ކުޅެން ޖެހޭނަމަ ކުރިއަށް އޮތް ވިމްބަލްޑަން ޓެނިސް މުބާރާތުން ސްޕެއިންގެ މަޝްހޫރު ޓެނިސް ތަރި ރަފައެލް ނަޑާލް ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފި އެވެ.

ނަޑާލް، 36، ވަނީ ރޭ ކެސްޕާ ރޫޑް ބަލިކޮށް 14 ވަނަ ފަަހަރަށް ފްރެންޗް އޯޕަންގެ ތަށި އުފުލާލައިފަ އެވެ. މި ކާމިޔާބީއާ އެކު ނަޑާލްގެ ގްރޭންޑް ސްލޭމް ރެކޯޑް ވަނީ އިތުރަށް ފުރިހަމަވެފަ އެވެ. ނަޑާލް 22 ގްރޭންޑް ސްލޭމް ކާމިޔާބުކޮށް، ރެކޯޑް ހަދާފައިވާއިރު، އޭނާގެ ފަހަތުން ދެން އޮތީ 20 ގްރޭންޑް ސްލޭމް ކާމިޔާބުކުރި ސާބިއާގެ ނޮވަކް ޖޮކޮވިޗާއި ސްވިޒަލެންޑްގެ ރޮޖާ ފެޑެރާ އެވެ.

މި އަހަރުގެ ފުރަތަމަ ދެ ގްރޭންޑް ސްލޭމް، އޮސްޓްރޭލިއަން އޯޕަން އާއި ފްރެންޗް އޯޕަން ކާމިޔާބުކުރީ ނަޑާލް އެވެ. މި މަހު 27 ވަނަ ދުވަހު، އަހަރުގެ ތިން ވަނަ ގްރޭންޑް ސްލޭމް، ވިމްބަލްޑަން ޓެނިސް މުބާރާތް ފަށަން ނިންމާފައިވާއިރު، އެ މުބާރާތުން ނަޑާލް ފެންނާނެތޯ އަންނަނީ ސުވާލު ކުރިމަތިވަމުންނެވެ.

"އަހަރެންގެ ވާތު ފަޔަަށް ލިބިފައިވާ އަނިޔާއިން އެއްކޮށް ރިކަވާ ނުވެހުރެ، މި ދެ ހަފްތާ (ފްރެންޗް އޯޕަން)ގައި މި ކުޅުނީ އިންޖެކްޝަން ޖަހައިގެން، ޔަގީނުން ވެސް މި ގޮތަށް ކުޅެން ޖެހެންޏާ އަހަރެން ވިމްބަލްޑަންގައި ނުފެންނާނެ،" ނަޑާލް ބުންޏެވެ. "އެކަމަކު، އެބައޮތް ރިކަވަރީ އަށް މުއްދަތެއް، ވިމްބަލްޑަން ފެށެން ވާއިރަށް ފިޓްނަސް އަށް ލުޔެއް ލިބިއްޖެނަމަ އަހަރެން ވިމްބަލްޑަންގައި ކުޅޭނަން،"

މިދިޔަ އަހަރު އަނިޔާގެ ސަަބަބުން ނަޑާލް ވިމްބަލްޑަން އާއި ޔޫއެސް އޯޕަންގައި ނުކުޅެ އެވެ. މި އަހަރު އެނބުރި އައިސް ފުރަތަމަ ދެ ގްރޭންޑް ސްލޭމް ކާމިޔާބު ކުރުމާ އެކު ނަޑާލްގެ ސަޕޯޓަރުން އެދެނީ ފަހު ދެ ގްރޭންޑް ސްލޭމްގައި ވެސް ނަޑާލް ފެނުމެވެ. އެކަމަކު، ނަޑާލްގެ ވިސްނުމަކީ އެންމެ ފުރަތަމަ އަމިއްލަ ސިއްހަތަށް އިސްކަން ދިނުމެވެ.

ނަޑާލް އެންމެ ފަހުން، ޓެނިހުގެ އެއް ސީޒަނެއްގައި، ފްރެންޗް އޯޕަން އާއި ވިމްބަލްޑަން އަދި ޔޫއެސް އޯޕަން ކާމިޔާބުކުރީ 2010 ވަނަ އަހަރު އެވެ.

ނަޑާލް އެންމެ ފުރަތަމަ ފަޔަށް ލިބުނު "ކްރޮނިކް" އިންޖަރީ އަކަށް ފަރުވާ ހޯދީ 2005 ވަނަ އަހަރު އެވެ. އެ އަނިޔާއިން އެ ފަހަރު ރިކާވާވިއިރު، ބައެއް ކަންތައްތައް ދިޔައީ އެންމެ ރަނގަޅަށް ކަމަށް ނުވާތީ، ނަޑާލްގެ ކެރިއަރުގެ އެކި ހިސާބުތަކުގައި ވަނީ އެ ފަދަ އަނިޔާތަކާ ތަކުރާރުކޮށް ކުރިމަތިލާން ޖެހިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންޑިއާ އަށް ސާފް ޗެމްޕިއަންޝިޕްގައި ދެރަ ހާލަތެއް

އަނިޔާގެ މައްސަލަތަކާއި، ސީނިއާ ޓީމުގެ މެޗުތަކަށް ކުޅުންތެރިން ދޫކުރުމުގެ އިތުރުން ކްލަބްތަކުން ކުޅުންތެރިން އަނބުރާ ގެންދިއުމުގެ ސަބަބުން، ބަންގްލަދޭޝްގައި މިހާރު ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ އިންޑިއާ ޓީމަށް ބޮޑެތި ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައި

ރާއްޖެ އަކީ މި ވަގުތު ސާފް ޗެމްޕިއަންޝިޕްގެ ފޭވަރިޓެއް ނޫން

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެއަކީ ފޭވަރިޓެއް ނޫން ކަމަށް ގައުމީ ކޯޗު އިސްތަވާން އުރްބާނީ ބުނެފި. އޭނާ މިހެން ބުނީ ރާއްޖޭގެ ޓީމަށް އައިސްފައިވާ ބަދަލުތަކާއި، އާ ކުޅުންތެރިންނާއެކު ޓީމު އޮތް ހާލަތަށް ރިއާޔަތްކޮށްފައި. އުރްބާނީ ވަނީ މިއީ އޭނާގެ ފަހު ސާފް ޗެމްޕިއަންޝިޕަށް ވެދާނެކަމަށް ބުނެފައި.

ޓީޓީ އެސޯސިއޭޝަން ޗެމްޕިއަންޝިޕް ތަށި ޝައްފާނާއި މަލާކަށް

31 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ އެއްވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން މުހައްމަދު ޝައްފާން އިސްމާއީލް ހޯދިއިރު، އަންހެން ސިންގަލްސް ތަށި ކާމިޔާބުކުރީ މަލާކް ބިންތި މުއިއްޒު. ޝައްފާން ތަށި ހޯދީ ފައިނަލުގައި މޫސާ މުންސިފް ބަލިކޮށްގެން ކަމަށްވާއިރު، މަލާކް ޗެމްޕިއަންކަން ހޯދީ އައިޝަތު މަލާކް ތަހުސީންއާ ވާދަކޮށް

ރާއްޖެ އަށް މިހާރު އިންޑިއާގެ ކަންކަން އެނގޭނެ: ނައުޝާދު

ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާ ކުޅުނު ފުރަތަމަ މެޗު ރާއްޖެއިން ބަލާފައިވާތީ، އިންޑިއާގެ ކުޅުން ރާއްޖެއަށް މިހާރު އެނގޭނެ ކަމަށް އެ ގައުމުގެ ކޯޗު ނައުޝާދު މޫސާ ބުނެފި. ނަމަވެސް ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ފުލް ސްކޮޑު ހަމަވެ، ފުރަތަމަ މެޗަށް ވުރެ ވަރުގަދަ ޓީމެއް އޮންނާނެ ކަމަށް އޭނާ ފާހަގަކުރި

ސާފްގެ ފޯރިއާ މެދު ބީއެފްއެފްގެ ރައީސް ދެ ވަނަ ވިސްނުމަކަށް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕް ޕްރޮމޯޓްކުރުމުގައި ސާފް އާއި އިންތިޒާމްކުރާ ފަރާތްތަކުގެ އިހުމާލުން ފޯރި ކުޑަވެފައިވާތީ، އެކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާނެ ކަމަށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް ވިދާޅުވެއްޖެ. އަދި 23 އަހަރަށްފަހު މުބާރާތުގެ ތަށި ހޯދުމަށްޓަކައި، ސަޕޯޓަރުން އިތުރުކުރުމަށް ބީއެފްއެފް އިން އިސްނަގާނެ

ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ޕްލޭނުގައި ހިމެނިފައި އޮއްވައި

ޕޯޗުގަލްގެ ކޯޗު ޖޯޖް ޖީސުސްގެ ޕްލޭނުގައި ހިމެނިފައި ވަނިކޮށް، ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފި. ރޮނާލްޑޯ ރިޓަޔާކުރީ ކޯޗުގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހިގެން ގައުމީ ކޭމްޕް ދޫކޮށްދިއުމުގެ ސަބަބުން ސަސްޕެންޝަނެއްގައި ހުއްޓާ، 23 އަހަރުގެ ދިގު ކެރިއަރަށް ފަހު އާ ޖީލަށް ފުރުސަތު ދިނުމުގެ ގޮތުން

ރާއްޖެ ބަލިކޮށްގެން ނޫނީ ކުރިއަށްނުދެވޭނެ: ޕާކިސްތާން

ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުން އިންޑިއާ އަތުން ބަލިވުމާ ގުޅިގެން، މުބާރާތުގައި ކުރިއަށް ދިއުމަށް ރާއްޖެ ބަލިކުރުން ޕާކިސްތާނަށް މިހާރު ވަނީ މަޖުބޫރުވެފައި. ޕާކިސްތާނުގެ ކޯޗު ބުނިގޮތުގައި އިންޑިއާ މެޗުން ބަލިވީ ކުޅުންތެރިންނަށް އެންމެ ރަނގަޅަށް ސަމާލުކަން ނުދެވުމުން ކަމަށާއި، އެހެންކަމުން ދެން އޮތް ރާއްޖެ މެޗަށް ވަރަށް ބޮޑަށް ތައްޔާރުވާންޖެހޭ

Newsletter

Get the latest news delivered straight to your inbox