ކޮވިޑް ބަލިމަޑުކަމަށް ފަހު އެއް މިލިއަން މީހުންނާ އެކު ހައްޖުގެ އަޅުކަން ފޮޓޯތަކުން

ޖުލައި ހަ ވަނަ ދުވަހު ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައި ނަމާދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ޖުލައި ހަ ވަނަ ދުވަހު ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައި ނަމާދު ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮވިޑް ބަލިމަޑުކަން ކުރިމަަތިވި ފަހުން މިހާތަނަށް ބާއްވާ އެންމެ ބޮޑު ހައްޖުގެ އަޅުކަން ބުދަަ ދުވަހު ވަނީ ސައުދީ އަރަބިއްޔާގައި ފަށައިފަ އެވެ. މި އަހަރު އެއް މިލިއަން މީހުން ހައްޖުގެ އަޅުކަމުގައި ބައިވެރިވެ އެވެ.

އިސްލާމް ދީނުގެ ފަސް ރުކުނުގެ ތެރޭގައި ހިމެނޭ ހައްޖުގެ އަޅުކަމަކީ ގާބިލްކަން ހުރި ކޮންމެ މުސްލިމަކު ވެސް ހަޔާތުގައި މަދުވެގެން އެއް ފަހަަރު އަދާ ކުރުން ވާޖިބު އަޅުކަމެކެވެ.

ދުނިޔޭގައި ބާއްވާ އެންމެ ބޮޑު ދީނީ އެއްވުމަކީ ހައްޖެވެ. ކޮވިޑް ބަލިމަޑުކަމުގެ ކުރިން 2019 ވަނަ އަހަރު 2.5 މިލިއަން މީހުން އެ އަޅުކަމަށް ސައުދީ އަރަބިއްޔާއަށް ޖަމާވި އެވެ.

މައްކާގައި ހުންނަ މަސްޖިދުލް ހަރަމްގެ ތެރޭގައި ޖުލައި ހަ ވަނަ ދުވަހު ހައްޖުވެރިން ހަރަކާތްތެރި ވަނީ. -- ފޮޓޯ: އޭއެފްޕީ

ކައުބަތުﷲ ގެފުޅު ވަށައިގެން ތިބި ހައްޖުވެރިން ޖުލައި ހަ ވަނަ ދުވަހު އަޅުކަން ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮވިޑާ ހެދި ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ހުއްދަ ދިނުން ވަރަށް ބޮޑަަށް ކޮންޓްރޯލް ކުރި އެވެ. ނަމަވެސް މި އަހަރު ޖުމްލަ އެއް މިލިއަން މީހުންނަށް އެ ފުރުސަތު ދީފައިވެ އެވެ.

ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައި ތަވާފް ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައި ތަވާފް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ހައްޖުވެރިން ކައުބަތުﷲ ގެފުޅު ވަށައި ތަވާފް ކުރަނީ. -- ފޮޓޯ: އޭއެފްޕީ

މި އަހަަރު ހައްޖުގެ އަޅުކަން އަދާކުރުމުގެ ހުއްދަ ދިނީ ޝަަރުތުތަކަކަށް ބެލުމަށް ފަހު އެވެ. އެގޮތުން އުމުރުން 65 އަހަރު ފުރިފައި ނުވުމާއި، ކޮވިޑާ ދެކޮޅަށް ވެކްސިން ފުރިހަމަކޮށްފައި ވުމާއި، ސައުދީ އަރަބިއްޔާއަށް އެތެރެވުމުގެ 72 ގަޑިއިރު ކުރިން ހެދި ކޮވިޑް ޓެސްޓެއްގެ ނެގެޓިވް ނަތީޖާ ހުށަހަޅަން ޖެހެ އެވެ.

އެތައް މިލިއަން ބަޔަކު ހުއްދައަށް އެދި ހުށަހެޅި އިރު، އެއް މިލިއަން މީހުން ހޮވާފައި ވަނީ އޮންލައިންކޮށް ބޭއްވި ގުރު ނެގުމަކުންނެވެ.

ކައުބަތުﷲ ގެފުޅު ވަށައިގެން ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ކައުބަތުﷲ ގެފުޅު ވަށައިގެން ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކައުބަތުﷲ ގެފުޅު ވަށައިގެން ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގެފުޅު ކައިރީގައި ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ
ގެފުޅު ކައިރީގައި ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ގެފުޅު ކައިރީގައި ތިބި ހައްޖުވެރިން ދުއާ ކުރަނީ. -- ފޮޓޯ: އޭއެފްޕީ

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox