މާޗް މަހުން ފެށިގެން 71 މިލިއަން މީހުން ފަގީރުކަމަށް ވެއްޓިއްޖެ

އިންޑިއާގައި ކާބޯތަކެތި ހޯދަން މީހުން ކިޔު ހަދައިގެން. -- ފޮޓޯ: މޭޝެބަލް އެސްއީ އޭޝިއާ

އިންޑިއާގައި ކާބޯތަކެތި ހޯދަން މީހުން ކިޔު ހަދައިގެން. -- ފޮޓޯ: މޭޝެބަލް އެސްއީ އޭޝިއާ

މިދިޔަ މާޗް މަހުން ފެށިގެން ކާބޯތަކެއްޗާއި ތެލުގެ އަގު އުފުލެމުން ދާތީ ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުން 71 މިލިއަން މީހުން ފަގީރުކަމަށް ވެއްޓިފައިވާ ކަމަށް ޔޫއެންޑީޕީން ބުރާސްފަތި ދުވަހު ޝާއިއު ކުރި ރިޕޯޓެއްގައި ބުނެފި އެވެ.

ޔޫއެންޑީޕީން ނެރުނު ޕްރެސް ރިލީޒެއްގައި ބުނީ ފާއިތުވި ތިން މަހުގެ ތެރޭގައި ތަރައްގީވަމުންދާ ގައުމުތަކުގެ ފަގީރުންގެ ނިސްބަތް އުފުލިފައި ވަނީ "ކޮވިޑް-19 ގެ ޝޮކަށް ވުރެ އެތައް ގުނައެއް އަވަހަށް" ކަމަށާއި އޭގެ ސަބަބުން ޔޫކްރެއިންގައި ކުރާ ހަނގުރާމަ ކަމަށެވެ.

ޔޫއެންޑީޕީން ބުނީ މި ހާލަތާ ގުޅިގެން ހަކަތައިގެ ސަބްސިޑީ ހުރިހާ އެންމެންނަށް ހުޅުވާލައިގެން ދިނުމަށް ވުރެ، ވަކިވަކި ގޭބިސީތަކަށް ޓާގެޓުކޮށްގެން ނަގުދު ފައިސާގެ އެހީ ފޯރުކޮށްދިނުން މާ ރަނގަޅު ވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުތަކުގެ ހަރަދު ދެކޮޅު ޖެއްސުމަަށް ބައިނަލްއަގްވާމީ ނިޒާމުގެ ތެރެއިން އެހީ ބޭނުން ވާނެ ކަމަށް ބުންޏެވެ.

Advertisement

ޔޫއެންޑީޕީން އިތުރަށް ބުނީ އިންފްލޭޝަން މަތިވާ މައްސަލަ ހައްލު ކުރުމުގެ ގޮތުން މަރުކަޒީ ބޭންކުތަކުން އިންޓްރެސްޓް ރޭޓް މަތި ކުރަމުން ދިޔުމުގެ ސަބަބުން "އިތުރު ފަގީރުކަމުގެ ތެރެއަށް ވެއްޓުނު ނުރައްކާ ބޮޑު" ކަމަށެވެ. އެހެން ވެއްޖެ ނަމަ "މި ކާރިސާ އިތުރަށް ގޯސް ވާނެ" ކަމުގެ އިންޒާރު ދިނެވެ. ޔޫއެންޑީޕީގެ ރިޕޯޓުގައި ބެލީ 159 ގައުމެއްގެ ހާލަތަށެވެ.

"ކުއްލިއަކަށް ތަކެތީގެ އަގު އުފުލުމުގެ މާނައަކީ އިއްޔެ ފަސޭހައިން ގަަނެވުނު ކާބޯތަކެތި، މިއަދު ގޮސް ގަތުމުގެ މާލީ ގާބިލްކަން ނެތުން،" ޔޫއެންޑީޕީގެ ވެރިޔާ އާޗިމް ސްޓެއިނާ ވިދާޅުވި އެވެ.

"ދިރިއުޅުމުގެ ހަރަދު މި ގޮތަށް ބޮޑުވަމުން ދާތީ، އެތައް މިލިއަން ބަޔަކު ފަގީރުކަމާއި ބަނޑުހައި ހޫނުކަމުގެ ތެރެއަށް ވެއްޓުމުން ދަނީ އަންދާޒާ ވެސް ނުކުރެވޭހާ އަވަސް ސްޕީޑެއްގައި. އެއާ އެކު އިޖުތިމާއީ ހަމަޖެހުން ގެއްލިގެން ދިޔުމުގެ ބިރު ދުވަހަކށް ވުރެ ދުވަހެއް ދަނީ ބޮޑުވަމުން."

ރިޕޯޓުގައިވާ ގޮތުން ތަކެތީގެ އަަގު އުފުލުމުގެ އަަސަރު އެންމެ ބޮޑަށް ކުރަމުންދާ ގައުމުތަކުގެ ތެރޭގައި ގާނާ، ކެންޔާ، ރްވާންޑާ، ސޫދާން، ހައިޓީ، ޕާކިސްތާން، ސްރީލަންކާ، އިތިއޮޕިއާ، ނައިޖީރިއާ އަދި ޔަމަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox