އުރީދޫ މޯލްޑިވްސް އިން އަލްހާ އީދު ބަންދަށް ހާއްސަކޮށް 100 ރުފިޔާ އަށް 100 ޖީބީގެ ޑޭޓާ ލިބޭ ޕެކެއް ތައާރަފްކޮށްފި އެވެ.
"ބޮޑު ޗުއްޓީ ޕެކް"ގެ ނަމުގައި ތައާރަފުކުރި މި ޕެކް ބޭނުން ކުރެވޭނީ ތިން ދުވަހުގެ މުއްދަތަށެވެ.
އުރީދޫ އިން ބުނީ މި އޮފާ ފެށީ އީދު ބަންދާ ދިމާކޮށް ގިނަ ބަޔަކު ދަތުރު ކުރަމުން ދާތީ، އާއިލާ އާއި އެކުވެރިންނާ އޮންނަ ގުޅުން ދެމެހެއްޓުމަށް ފަސޭހަ ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.
މި ހާއްސަ އޮފާގެ ދަށުން މިހާރު ކަސްޓަމަރުންނަށް އެންމެ 100 ރުފިޔާ އަށް ބޮޑު ޗުއްޓީ ޕެކް އެކްޓިވޭޓް ކޮށް، 100 ޖީބީ ޑޭޓާ ތިން ދުވަސް ވަންދެން ބޭނުންކުރެވޭނެ އެވެ.
އުރީދޫގެ އެ އޮފާ އުރީދޫގެ މޮބައިލް އެޕާއި *929*1# އަށް ގުޅައިގެން އެކްޓިވޭޓް ކުރެވޭނެ އެވެ. ނުވަތަ 100GB ޖެހުމަށް ފަހު 5555 އަށް އެސްއެމްއެސް ކޮށްގެން ވެސް އެ ޕެކް އެކްޓިވޭޓު ކުރެވޭނެ އެވެ. އުރީދޫގެ އެ އޮފާ ލިބޭނީ މި މަހުގެ 31 އާ ހަމައަށެވެ.
އުރީދޫގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ވެސް ހުޅުވާލެވިފައިވާ މި އޮފާ ފަށާފައި ވަނީ އިއްޔެ އެވެ. އުރީދޫ މޯލްޑިވްސް އަކީ އެކި މުނާސަަބަތުތަކާ ގުޅުވައިގެން އެކި އޮފާތައް ކަސްޓަމަރުންނަށް ހުޅުވާލާ ކުންފުންޏެކެވެ. މި ފަހަރުގެ އަލްހާ އީދާ ދިމާކޮށް، އުރީދޫ މޯލްޑިވްސް އިން މި ތައާރަފްކުރި ޕެކަކީ މި ވަގުތަށް ބަލާއިރު، ކުރު މުއްދަތެއްގެ ތެރޭގައި ބޭނުންކުރަން އެންމެ އަގުހެޔޮކޮށް ލިބޭ އެންމެ ބޮޑު ޑާޓާ ޕެކެވެ.











