ލިވަޕޫލުން ދޫކޮށްލި އޮރީގީ އިޓަލީގެ ޗެމްޕިއަން މިލާނާ ގުޅިގެއްޖެ

Jul 6, 2022, 8:31 AM
ލިވަޕޫލުން ދޫކޮށްލި އޮރީގީ އިޓަލީގެ ޗެމްޕިއަން މިލާނާ ގުޅިގެއްޖެ

މިލާން (ޖުލައި 6) - މިިދިޔަ ސީޒަނަށް ފަހު ލިވަޕޫލުން ދޫކޮށްލި ބެލްޖިއަމްގެ ފޯވަޑް ޑިވޮކް އޮރީގީ އިޓާލިއަން ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނާ ގުޅިއްޖެ އެވެ.

ލިވަޕޫލުން އޮރީގީ ދޫކޮށްލީ ކޮންޓްރެކްޓް ހަަމަވުމުންނެވެ. މިދިޔަ ޖެނުއަރީ މަހު އޮރީގީ ގަންނަން ވުލްވްސް އިން 15 މިލިއަން ޑޮލަރު ހުށަހެޅި އެވެ. އެކަމަކު، އެ ވަގުތު ލިވަޕޫލްގެ ދެ ފޯވާޑުން ކަމަށްވާ މުހައްމަދު ސަލާހާއި ސަޑިއޯ މާނޭ ހުރީ އެފްރިކަން ކަޕް އޮފް ނޭޝަންސް ކުޅެން ގައުމީ ޓީމާ އެކު ކަމަށްވާތީ ލިވަޕޫލުން އޮރީގީ މަޑުކުރުވީ އެވެ. މިދިޔަ މަހުގެ ނިޔަލަށް ލިވަޕޫލާއި އޮރީގީގެ ކޮންޓްރެކްޓް ހަމަވެ، ހިލޭ ޓްރާންސްފާއެއްގައި އޭނާ އަށް ކްލަބް ބަދަލުކުރަން ފުރުސަތު ފަހިވީ އެވެ.

މިލާނުން ނެރުނު ބަޔާނެއްގައި ބުނީ އޮރީގީ ،27، އެ ކްލަބާއެކު 2026 ގެ ޖޫން މަހުގެ ނިޔަލަށް ކޮންޓުރެކްޓެއް ހަދާފައިވާ ކަމަށެވެ. މީޑިއާ ރިޕޯޓްތަކުން ބުނާގޮތުގައި އޮރީގީ އަށް މިލާނުން ސީޒަނަށް 4.23 މިލިއަން ޑޮލަރުގެ މުސާރައެއް ދޭނެ އެވެ.

ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިލާން ދަނޑުގައި އެ ޓީމު އަތުން މޮޅުވި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޮރީގީ އެވެ.

ލިވަޕޫލްގައި އޮރީގީ ހޭދަކުރި އަށް އަހަރުގެ ތެރޭގައި އޭނާ ބޮޑަށް ބޭނުންކޮށްފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. އެކަމަކު، ލިބުނު ފުރުސަތުގައި، އޭނާ ވަނީ މުހިންމު ގޯލްތަކެއް ލިވަޕޫލަށް ކާމިޔާބުކޮށްދީފަ އެވެ. އެގޮތުން 2019 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ބާސެލޯނާ ކޮޅަށް ޖެހި ދެ ލަނޑާއި، އެ މުބާރާތުގެ ފައިނަލްގައި ޓޮޓެންހަމް ކޮޅަށް ޖެހި ލަނޑު ފާހަގަކޮށްލެވެ އެވެ.

ލިވަޕޫލްގެ ސަޕޯޓަރުންގެ މަގްބޫލު ކުޅުންތެރިއެއް ކަމަށްވާ އޮރީގީ ވަނީ 2014 ވަނަ އަހަރުން ފެށިގެން ލިވަޕޫލަށް 176 މެޗު ކުޅެ، 41 ލަނޑު ޖަހައިފަ އެވެ. އޮރީގީ ލިވަޕޫލަށް ސޮއިކުރީ ލިވަޕޫލްގެ ކޯޗަކަށް ބްރެންޑަން ރޮޖާސް ހުރިއިރު އެވެ.

މިލާނުން އޮރީގީ ގެނައީ އެ ޓީމުގެ ފޯވަޑްލައިން ވަރުގަދަ ކުުރުމަށެވެ. މިދިޔަ ސީޒަންގައި އިޓާލިއަން ލީގު ޗެމްޕިއަންކަން ހޯދި ނަމަވެސް، އެ ޓީމުގެ ގޯލު ޖެހުމުގެ ރެކޯޑް ރަނގަޅެއް ނޫނެވެ. ތަޖުރިބާކާރު ދެ ފޯވަޑުން ކަމަށްވާ ޒްލަޓާން އިބްރަހިމޮވިޗާއި އޮލިވިއޭ ޖިރޫގެ ފަރާތުން މިދިޔަ ސީޒަންގައި ފެނުނީ 19 ގޯލެވެ.

ކަކުލުގެ އަނިޔާއަކަށް ފަރުވާ ހޯދަމުން އަންނަ އުމުރުން 40 އަހަރުގެ އިބްރަހިމޮވިޗް ވަނީ މިލާނާ އެކު ހަދާފައިވާ ކޮންޓްރެކްޓް އިތުރު އަހަރަކަށް އާ ކޮށްފަ އެވެ. އެކަމަކު، މި ކޮންޓްރެކްޓްގެ މުއްދަތުގައި އޭނާ އަށް ކުޅެވޭނީ ގިނަ ވެގެން ދެ ބައިކުޅަ އެއްބައި ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox