މެޖިސްޓްރޭޓް ސިޔާމާއަށް ޖޭއެސްސީން އެޅި ފިޔަވަޅު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ބާތިލްކޮށްފި

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ޖޭއެސްސީން މެޖިސްޓްރޭޓް ސިޔާމާއަށް އެޅި ފިޔަވަޅު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ބާތިލްކޮށްފި

ޖޭއެސްސީގެ ރައީސް ހިސާން ހުސައިން: ޖޭއެސްސީން މެޖިސްޓްރޭޓް ސިޔާމާއަށް އެޅި ފިޔަވަޅު ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ބާތިލްކޮށްފި

ހުޅުމާލޭ ކޯޓުގެ އިސް މެޖިސްޓްރޭޓް ސިޔާމާ މުހައްމަދުގެ މައްޗަށް ސުލޫކީ މައްސަލައެއް އޮތް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމާފައިވަނީ ގޯސްކޮށް ކަމަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން އިއްޔެ ނިންމައިފި އެވެ.

ޖޭއެސްސީގެ ނިންމުމެއް ފުރަތަމަ ފަހަރަށް ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ބާތިލްކުރިއިރު، އެ މަޖިލީހަކީ ފަނޑިޔާރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވަން ނިންމާ ނިންމުން ފިޔަވައި ޖޭއެސްސީގެ އެހެން ނިންމުންތައް ފަނޑިޔާރުންގެ ފަރާތުން އިސްތިއުނާފް ކުރެވޭ ގޮތަށް އޮންނަ މަޖިލީހެކެވެ.

މަޖިލީހުގައި ތިއްބެވި ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު މުހުތާޒް ފަހުމީ އާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިއްތިފާގުން ނިންމެވީ މެޖިސްޓްރޭޓް ސިޔާމާގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައަކީ ފަނޑިޔާރުންގެ ސުލޫކާ ހިލާފުވާ އަމަލެއް ނޫން ކަމަށެވެ.

މެޖިސްޓްރޭޓް ސިޔާމާގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުންނެވެ. އެއީ ކުށެއްގެ ތުހުމަތެއްގައި ހައްޔަރު ކުރި މީހަކު ދޫކޮށްލީ މެޖިސްޓްރޭޓް ހަގީގަތާ ހިލާފު ވާހަކައެއް ކޯޓު އަމުރުގައި ބަޔާން ކުރުމަށް ފަހު ކަމަށް ބުނެ އެވެ.

އެ މީހަކު ދޫކޮށްލަން މެޖިސްޓްރޭޓް ސިޔާމާ ނެރުނު ކޯޓު އަމުރުގައި ދޫކޮށްލި ސަބަބެއްގެ ގޮތުގައި ވަނީ ކުށުގެ ރެކޯޑު ފިޔަވައި އިތުރު ހެއްކެއް ފުުލުހުން ހުށަހަޅާފައި ނެތުމުންނާއި ތަހުގީގު ނިމިފައިވާ ކަމަށް ފުލުހުންގެ ފަރާތުން ކޯޓަށް ހާޒިރުވި އޮފިސަރު ބުނެފައިވާތީ ކަމަށެވެ.

އޭގައި ސުލޫކީ މައްސަލައެއް އޮތް ކަމަށް ސާބިތުވާ ކަމަށް ކަނޑައެޅުމަށް ފަހު، ޖޭއެސްސީން އަޅާފައިވާ ފިޔަވަޅަކީ އެ ކޮމިޝަނުން ކަނޑައަޅާ ތަމްރީނު ޕްރޮގްރާމެއް މެޖިސްޓްރޭޓް ސިޔާމާ ފުރިހަމަ ކުރަން ޖެހޭ ގޮތަށެވެ.

ފަނޑިޔާރުންގެ އިސްތިއުނާފް މަޖިލީހުން ނިންމާފައިވަނީ ސިޔާމާގެ މައްޗަށް ތުހުމަތު ކުރެވޭ ކަންކަމުގައި ހިމެނެނީ އިޖުރާއީ މައްސަލަތަކެއް ކަމާއި އެފަދަ މައްސަލަތައް މަތީ މަރުހަލާއެއްގެ ކޯޓުގައި އިސްތިއުނާފް ކުރެވޭނެ ކަމުގަ އެވެ. އެކަމަކު އެ މައްސަލަ އިސްތިއުނާފް ކޮށްފައި ނެތްއިރު، އޭގައި ބޭރު ފުށުން ފެންނަ އެއްވެސް ސުލޫކާ ހިލާފު ކަމެއް ފެންނަން ނެތް ކަމަށެވެ.

ޖޭއެސްސީން އެ މައްސަލަ ބެލުމުގައި އަމަލުކުރި އިޖުރައާތުގައި ފާޅުކަން ބޮޑު ބޭ އިންސާފެއް ފެންނަން ނެތް ކަމަށް ވެސް ފަނޑިޔާރު ސުއޫދާއި ފަނޑިޔާރު މުހުތާޒްގެ އަޣުލަބިއްޔަތުން ނިންމެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox