ފެންވަރުގެ އުފެއްދުންތަކާއެކު މެޑްޓެކް ހޯމްކެއާއިން ގެނެސްދިނީ ލުއިކަން

ފެންވަރުގެ އުފެއްދުންތަކާއެކު މެޑްޓެކް ހޯމްކެއާއިން ގެނެސްދިނީ ލުއިކަން

ރާއްޖޭއި ވެސް ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާއި ތަފާތު އެކި ސިއްހީ މައްސަލަތަކުގެ ސަބަބުން އެނދުމަތިވެފައިވާ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުން ގިނަ އެވެ. މީގެ ތެރޭގައި ބަރާބަރަށް ލޭގެ ޕްރެޝަރާއި ބްލަޑް ޝުގާ ބަލަން ޖެހޭ މީހުންނާއި މެޑިކަލް ވަސީލަތެއްގެ ބޭނުން އަބަދުކުރަން ޖެހޭ މީހުން ވެސް ހިމެނެ އެވެ.

މިހެން އުނދަގޫ ދިރިއުޅުމެއް އުޅެންޖެހޭ މީހުންގެ ދިރިއުޅުން ފަސޭހަކޮށްދެނީ މެޑިކަލް ޓެކްނޮލޮޖީއަށް އަންނަ ކުރިއެރުމާއި އެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާ ވަސީލަތްތަކެވެ. މި ޓެކްނޮލޮޖީތަކަކީ ބައެއް ގައުމުތަކުގައި ފަސޭހައިން ލިބެން ހުންނަ އެއްޗެއް ނަމަވެސް ރާއްޖެ ފަދަ ގައުމުތަކުގައި ހޯދަން ދައްޗެވެ. ލިބެން ހުއްޓަސް އަތްފޯރާފަށުގައި ލިބެނީ މަދު ފަހަރަކު އެވެ.

މީގެ 12 އަހަރު ކުރިން ވުޖާދަށް ގެނައި މެޑްޓެކް އުފެއްދުމުގެ މައިގަނޑު މަގުސަދަކަށްވީ މެޑިކަލް ވަސީލަތްތައް ރާއްޖެ ގެނެސް މުޅި ސިއްހީ ނިޒާމު ބަދަލުކޮށްލުމެވެ. އެ މަސައްކަތުގެ ތެރެއިން ކުރި ދިގު އުނދަގޫ ދަތުރުގެ ތެރެއިން އެ ކުންފުނިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. މެޑްޓެކުން އެންމެ ފަހުން ހުޅުވި މެޑްޓެކް ހޯމްކެއާ ޝޯރޫމްއަކީ މި ކާމިޔާބީގެ ތެރެއަށް އިތުރުވީ ބޮޅެކެވެ.

މެޑްޓެކްގެ ހޯމްކެއާ ފިހާރަ
މެޑްޓެކްގެ ހޯމްކެއާ ފިހާރަ

މެޑްޓެކްގެ ހޯމްކެއާ ފިހާރަ

ސިއްހީ މައްސަލަތައް ދިމާވެފައިވާ މީހުންނަށް ގޭގައި އަމިއްލައަށް ބޭނުންކުރެވޭނެ ވަސީލަތްތަކަށް ހާއްސަ މި ފިހާރައިން ފަހުގެ ގިނަ މެޑިކަލް އާލާތްތަކާއި ވަސީލަތްތައް ލިބެ އެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ އެމެރިކާ އާއި ޔޫރަޕުގެ ނަން މަޝްހޫރު ބްރޭންޑުތަކުން އެންމެ ފަހުން ބާޒާރަށް ނެރުނު އުފެއްދުންތަކެވެ.

ހިނގާބިނގާވެ ނޫޅެވޭ މީހުންނާއި ހަރަކާތްތެރިވެ އުޅުމަށް ދަތި މީހުންނަށް ދުއްވާ ގޮނޑިއާއި، އެނދުމަތިވެފައިވާ ބަލި މީހުން ބާއްވާ އެނދާއި ބޭނުންވާ މެޝިނުތަކާއި ހަކުރު ބަލީގެ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ދިމާވެފައިވާ މީހުންނަށް ހާއްސަ އާލާތްތައް މި ފިހާރައިގައި ހުރެ އެވެ. އެންމެ ބޮޑު ސަމާލުކަމެއް ދިނީ ވެސް މިހާރު ރާއްޖޭގައި އެންމެ ބޭނުންޖެހިފައިވާ އަމާޒުކޮށްގެން އެ އާލާތްތައް ފަސޭހައިން ލިބޭނެ ގޮތެއް ހެދުމެވެ.

އެގޮތުން ހާއްސަ އެހީއަށް ބޭޏުންވާ މީހުންނަށް ތަންތަނަށް ދިޔުމުގައި ލުއިފަސޭހާ ކޮށްދިނުމުގެ ގޮތުން އުފައްދާފައިވާ އެންމެ ޒަމާނީ މޮޓޮރައިޒްޑް ވީލް ޗެއާ އާއި ސްކޫޓަރު ލިބެން އެބަހުއްޓެވެ. ނޭވާލާ ނިޒާމުގެ ބަލިތަކަށް ފަރުވާ ހޯދާ މީހުންނާ ގޭގައި އޮކްސިޖަން ތެރަޕީ ދޭން ބޭނުންކުރާ އޮކްސިޖަން ކޮންސަންޓްރޭޓާ އާއި ނެބިއުލައިޒާ އާއި ބައިޕެކް ވެސް ލިބެން ހުންނާނެ އެވެ.

އޭގެ އިތުރުން އަވަސް ފަރުވާގައި ބޭނުންކުރާ ފަސްޓް އެއިޑް ކިޓާއި ޑިސްއިންފެކްޓަންޓާއި މާބަނޑު އަންހެނުންނަށް ބޭނުންވާ "މަދާ އެންޑް ބޭބީ ކެއާ"ގެ ކޮލިޓީ ޕްރޮޑަކްޓުތަކުގެ އިތުރުން އެނދުމަތިވެފައިވާ މީހުން ބަލަހައްޓާ ފަރުވާދޭން ބޭނުންވާ ފުލް ރޭންޖު މިތަނުން ލިބެން އެބަހުއްޓެވެ.

މި ހުރިހާ ޕްރޮޑަކްޓެއްގެ މެއިންޓެނަންސާއި ރިޕެއާގެ ހިދުމަތް ވެސް ފޯރުކޮށްދެނީ މެޑްޓެކުންނެވެ. ބައެއް ވަސީލަތްތައް އެންސްޕާ މެދުވެރިކޮށް ގަނެވޭނެ އިންތިޒާމު ވެސް ވަނީ ހަމަޖެހިފަ އެވެ.

titledesc

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox