ނޫސްވެރިން ބޭނުންވާ އިސްލާހުތައް ނުގެނެސް މަސްދަރު ބިލު ތަސްދީގު ނުކުރަން ގޮވާލައިފި

މަސްދަރު ބިލް ތަސްދީގު ކުރުން ހުއްޓުވާ ބެހޭގޮތުން އެމްޖޭއޭގެ މެންބަރުން ބޭއްވި މަޝްވަރާ ބައްދަލުވުން

މަސްދަރު ބިލް ތަސްދީގު ކުރުން ހުއްޓުވާ ބެހޭގޮތުން އެމްޖޭއޭގެ މެންބަރުން ބޭއްވި މަޝްވަރާ ބައްދަލުވުން

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު, ޝަރީއަތް މެދުވެރިކޮށް ހާމަކުރުވޭ ގޮތަށް އޮތް ހެއްކާ ބެހޭ ބިލުގެ މާއްދާ އިސްލާހުނުކޮށް، އެ ބިލު ތަސްދީގު ނުކުރުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި އެޑިޓާސް ގިލްޑުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު ގޮވާލައްވައިފި އެވެ.

އެމްޖޭއޭއާއި އެޑިޓާސް ގިލްޑް ގުޅިގެން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ޖަމްއިއްޔާތަކުން ގަބޫލުކުރާ ގޮތުގައި ހެއްކާބެހޭ ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތީ ފުޅާކޮށް މާނަކޮށް، އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އެފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން އެނގިގެން ގޮސްފައިވާ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.

އެއީ ނޫސްވެރިޔާއާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެއް، މިކަމުގެ ސަބަބުން ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަ ކުރަމެވެ.

މިއީ ނޫސްވެރިކަމުގައި ފަހަތަށް އެޅޭ ފިޔަވަޅަކަށް ވެގެންދާނެކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ، އެ ބިލު ގާނޫނަކަށް ވެއްޖެ ނަމަ، ފޮރުވިގެން ތިބެ ނޫސްވެރިނަށް މައުލޫމާތު ދޭ ވިސްލް ބްލޯވަރުން ވެސް މައުލޫމާތުދޭން ފަސް ޖެހޭނެ ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ނޫސްވެރިންގެ މަސައްކަތަށް ހުރަސްއެޅި، ގައުމުގެ މަސްލަހަތާ ގުޅުންހުރި މައްސަލަތަކާއި ކޮރަޕްޝަންގެ އަމަލުތަކާއި އެހެނިހެން ނޭއްގާނީ ކަންކަން ރައްޔިތުންނަށް ތިލަކުރުމަށް ހުރަސްއެޅިގެން ދާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެ އެވެ.

ބިލަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތައް:

ބިލަށް ގެނައުމަށް ފެންނަ އިސްލާހުތައް ބަޔާންކޮށް އެމްޖޭއޭއިން ހުށަހަޅާފައިވާ ކަރުދާހުގައިވާ ގޮތުން ބިލުގައި މަސްދަރު ހާމަ ކުރަން ކޯޓު އަމުރެއްގެ ދަށުން މަޖުބޫރު ކުރެވޭނެ އެއް ހާލަތް ކަމަށްވާ "ގައުމީ ސަލާމަތް" ބިލުން އުނިކުރުން ހިމެނެ އެވެ. މަސްދަރު ހާމަކުރަން މަޖުބޫރުވާ ޓެރަރިޒަމްގެ ކުށްތަކަކީ ކޮބައިކަން ތަފްސީލްކޮށް ބަޔާންކުރުމުގެ ގޮތުން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު (ގާނޫނު ނަންބަރު 32/2015) ގެ ހަތް ވަނަ މާއްދާ އަދި 12 ވަނަ މާއްދާގައި ބުނާ ކުށްތަކަށް އެކަނި މަސްދަރު ހާމަކުރެވޭ ގޮތަށް ބިލްގައި ހަނިކުރުމަށް ވެސް ގޮވާލާގައިވެ އެވެ.

އޭގެ އިތުރުން ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަކީ "އިމިނެންޓް ތްރެޓް" (ކުއްލި ބޮޑު ނުރައްކަލެއް) އޮތް ފަދަ ހާލަތެއްގައި އެކަނި މަސްދަރު ހާމަކުރަން ޖެހޭ ގޮތަށް އޮތުން ކަމަށްވާތީ، އެގޮތަށް ވެސް ބިލް އިސްލާހުކުރަން އެ ޖަމްއިއްޔާތަކުން ވަނީ ގޮވާލައިފަ އެވެ.

ހަމައެއާއެކު ތުހުމަތު ކުރެވޭ ފަރާތްތަކަށް ވެސް މަސްދަރު ހާމަކުރަން އެދުމުގެ ފުރުސަތު އޮތް އޮތުން ބިލުން އުނިކުރުމަށް ގޮވާލުމާއެކު "ނޫސްވެރިޔާ" މާނަކުރާ ގޮތާއި މަސްދަރު މާނަ ކުރާ ގޮތް ބަދަލު ކުރުމަށް ވެސް ޖަމިއްޔާތަކުން ގޮވާލާފައިވެ އެވެ. އެގޮތުން މަސްދަރުގެ މާނަ ފުޅާކޮށް، މީޑިއާގައި މަސައްކަތްކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯން ކޯލާއި ޓެކްސްޓް މެސެޖާއި އެ ނޫންވެސް މުއާމަލާތްތަކާއި އަރުޝީފް އަދި މިނޫނަސް، އެއެއްޗެއް ބޭނުންކޮށްގެން މަސްދަރެއްގެ ހަގީގަތް ހޯދޭނެ ހުރިހާ އެއްޗެއް ހިމެނޭ ގޮތަށް މާއްދާ ތަފްސީލްކުރަން އެ ޖަމްއިއްޔާތަކުން ގޮވާލާފައިވެ އެވެ.

އެ ޖަމްއިއްޔާތަކުން ބުނީ އިންސާނީ ހައްގުތައް ހަނިކުރެވޭނެ ހާލަތްތަކުގައި ގޮތް ނިންމުމަށް މަދަނީ މިންގަނޑު ބޭނުންކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން އެ ޖަމްއިއްޔާތަކުން ހުށަހަޅާފައި ވަނީ މަދަނީ މިންގަނޑުން ސާބިތުކުރަން ލާޒިމްކުރުމުގެ ބަދަލުގައި "ނެސެސިޓީ" އަދި "ޕްރޮޕޯޝަނަލިޓީ" ގެ އުސޫލުތަކުގެ ތެރެއިން ކަންކަން ސާބިތުކުރަން ބިލްގައި ލާޒިމްކުރުމަށެވެ. އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ތިން ވަނަ ނަންބަރު އުވާލަން ވެސް ގޮވާލާފައި ވެއެވެ.

އަދި ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަތަރު ވަނަ މާއްދާގައި "ނާއިންސާފު ހުކުމެއްކޮށް، ނުހައްގު އަދަބެއް ލިބުމުގެ ފުރުސަތު ބޮޑުކަން" މިއިބާރާތުގައި މިވާ ހާލަތަކީ ކޮލިޓޭޓިވް މިންގަނޑަކުން ވަޒަންކުރުމަށް ވުރެ ބޮޑަށް، ބެލެވޭ ގޮތެއްގެ މައްޗަށް ނުވަތަ ކުރެވޭ ހީއެއްގެ މައްޗަށް ގޮތް ނިންމަން ޖެހޭ ހާލަތެއްކަމުން އެ މާއްދާ އުވާލަން ވެސް ހުށަހަޅާފައި ވެއެވެ. އަދި އެ ބިލްގެ 136 ވަނަ މާއްދާގެ ނ. ގެ ހަ ވަނަ ނަންބަރުގައި ނޫސްވެރިޔާގެ މަސްދަރު ހޯދުމަށް އެކަށީގެންވާ މަސައްކަތްކުރެވިފައިވޭތޯ ނުވަތަ ނޫންތޯ ބަލާ ގޮތަށް އޮތް އޮތުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް އެ ޖަމްއިއްޔާތަކުން ބުނެ އެވެ.

އެ ޖަމްއިއްޔާތަކުން އެދުނީ އެ އިބާރާތުގެ ބަދަލުގައި، "ކުށެއް ކުރި ގޮތް ނުވަތަ ކުށްކުރި މީހަކު ހޯދުމަށްޓަކައި، މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ފިޔަވާ، ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެ ކަން ސާބިތުވުމާއެކު، ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަކުރަން މަޖުބޫރުކުރުން ކަމަށް ވުން" އެގޮތަށް ބަދަލުކުރުމަށެވެ.

އޭގެ އިތުރަށް ވެސް މަސްދަރު ހާމަކުރުމާ މެދު ކޯޓުން ގޮތެއް ކަނޑައަޅާއިރު، އެކަމުގެ ބަހުސްގެ މަރުހަލާގައި މަސްދަރުގެ ހަގީގަތް އެނގޭ ނޫސްވެރިޔާ ނުވަތަ މީޑިއާގެ މަސައްކަތްކުރާ ފަރާތަށް ކޯޓުގައި ވާހަކަދައްކާ، ހެކިބަސް ދިނުމުގެ ފުރުސަތު ދިނުމުގެ އުސޫލެއް ބަޔާންކޮށްފައި އޮތުން މުހިންމު ކަމަށް ވެސް އެމްޖޭއޭ އާއި އެޑިޓާސް ގިލްޑުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox