އައިޖީއެސް އިން ރާއްޖޭގެ ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި

އައިޖީއެސް އިން އެކުލަވާލީ ހަތް މެންބަރުންގެ ސްޕޭސް ޓީމް: މި ޓީމުގެ ފުރަތަމަ މިޝަނަކީ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓު ކުރުން-- ފޮޓޯ އައިޖީއެސް

އައިޖީއެސް އިން އެކުލަވާލީ ހަތް މެންބަރުންގެ ސްޕޭސް ޓީމް: މި ޓީމުގެ ފުރަތަމަ މިޝަނަކީ ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓު ކުރުން-- ފޮޓޯ އައިޖީއެސް

ޕްރޮޓޮޓައިޕް ސެޓެލައިޓް ހަދާ ޓެސްޓު ކުރުމަށްޓަކައި، ރާއްޖޭގެ އަމިއްލަ އިންސްޓިޓިއުޓެއް ކަމަށްވާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ފުރަތަމަ ސްޕޭސް ޓީމް އެކުލަވާލައިފި އެވެ.

އިލްމީ ގޮތުންނާއި ހުނަރުގެ ގޮތުން ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ގިނަ ޒުވާނުން ހިމެނޭ މި ޓީމުގައި، އެއިރޮސްޕޭސް އިންޖިނިއަރުންނާއި އިލެކްޓްރިކަލް، އިލެކްޓްރޯނިކްސް އަދި މެކޭނިކަލް އިންޖިނިއަރުންގެ އިތުރުން ކޮމްޕިއުޓަ ސައިންސް ދާއިރާގެ ގްރެޖުއޭޓުން ހިމެނޭ ކަމަށް އައިޖީއެސް އިން ބުނެ އެވެ.

ފުރަތަމަ ސްޕޭސް ޓީމްގެ މެންބަރުން

  1. ހުސައިން އައްސަދު، ރ. އަލިފުށި
  2. ހުސައިން ރިޒާމް، މާލެ
  3. އަހްމަދު އިޖާޒް އަބްދުالله، އއ. ބޮޑުފުޅަދޫ
  4. މަރިޔަމް މަހްރޫސާ އަބްދުއްރަހްމާން، މާލެ
  5. މަރިޔަމް ޝިމާނަތު، ގދ. ރަތަފަންދޫ
  6. މުހައްމަދު އަޝްހަމް މުޖުތަބާ، މާލެ
  7. މުހައްމަދު ޖުނައިދު، ހއ. އިހަވަންދޫ

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވީ އެ ޓީމުން މިހާރު ވަނީ، ނެނޯސެޓެލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަ ކޮށްފަ އެވެ. ސެޓެލައިޓް ޑިޒައިންކޮށް، ބިލްޑްކޮށް، ލޯންޗްކޮށް ސައިންޓިފިކް ރިސާޗް ހަދަން ދަސްކޮށްދޭ މިކޯސް ކުރިއަށް ގެންގޮސްފައިވަނީ އެމެރިކާގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަނުންނެވެ.

"ޓީމު ތަމްރީނުކޮށް ނިންމައި، ސެޓެލައިޓް ޑިޒައިން ފައިނަލްކޮށް، ހާޑުވެއާ އޯޑަރު ކުރެވިއްޖެ. ކޮވިޑުގެ ބަލިމަޑުކަމާ، އިގްތިސާދީ ދަތިތަކާ ލޮކްޑައުންގެ ގޮންޖެހުމާ އެކުވެސް އަޅުގަނޑުމެންނަށް ކާމިޔާބު މަސައްކަތްތަކެއް ކުރެވިއްޖެ،" ރިފްއަތު ވިދާޅުވިއެވެ. "މި މިޝަންގެ މަސައްކަތް ތާވަލާ އެއްގޮތަށް ބަރާބަރަށް ކުރިއަށްދޭ."

ވައިކުޑާގެ އެހީގައި ޖައްވަސް އުދުއްސާ، ޕްރޮޓޮޓައިޕް ސެޓެލައިޓް ގެ ބޭނުމަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އަޖުމަބެލުމުގެ ގޮތުން އެއްކުރުމެވެ.

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އެވެ.

ރާއްޖޭގައި ސްޕޭސް ސައިންސް ކުރިއެރުވުމަށް މަސައްކަތް ކުރާ އައިޖީއެސް އިން ވަނީ ކެނޭޑިއަން ސްޕޭސް އެޖަންސީ އާ ގުޅިގެން ޖޫނިއާ އެސްޓްރޮނޯޓް އުފެއްދުމުގެ ޕްރޮގްރާމެއް ވެސް ދިވެހި ދަރިވަރުންނަށް ކުރިއަށް ގެންގޮސްފަ އެވެ. އެ ޕްރޮގްރާމް 32 ދަރިވަރުން ފުރިހަމަކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް ކޮންޕެޓިޝަނަށް ރާއްޖެ

2026 ވަނަ އަހަރު ކޮރެއާގައި ބާއްވާ ދުނިޔޭގެ އެންމެ ބޮޑު ރޮބޮޓިކްސް މުބާރާތުގައި ބައިވެރިވުމަށް ރާއްޖޭގެ އެކި ސްކޫލްތަކުގެ 10 ދަރިވަރުންގެ ޓީމެއް ދަނީ ތައްޔާރުވަމުންނެވެ. ވުމަން އިން ޓެކް އާއި ފޯރލޫޕް އެކަޑަމީގެ އެހީތެރިކަމާއެކު ކުރިއަށްދާ މި ހަރަކާތަށް އެމް.ޑަބްލިއު.އެސް.ސީ އާއި އިތުރު ކުންފުނިތަކުން ވަނީ ސްޕޮންސަރާއި އެހީތެރިކަން ފޯރުކޮށްދީފައެވެ.

ޗައިނާގެ އޭއައި އިން ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާ ގޮތް ބުނެދީފި

ޗައިނާގެ މޫންޝޮޓް ކުންފުނީގެ "ކިމީ" އޭއައި މޮޑެލްތަކުގެ ރައްކާތެރިކަމުގެ ފިޔަވަޅުތައް ފޫއަޅުވާލައި، ބަޔޮލޮޖިކަލް ހަތިޔާރު އުފައްދާނެ ގޮތުގެ މައުލޫމާތު ހޯދޭކަން ދިރާސާއަކުން ވަނީ ހާމަވެފައެވެ. މި މައްސަލައާ ގުޅިގެން އެ ކުންފުނިން މިހާރު ތަހުގީގު ފަށާފައިވާއިރު، މިއީ އޭއައި ނިޒާމުތަކުގެ ރައްކާތެރިކަމާ މެދު އިންތިހާއަށް ކަންބޮޑުވުން އުފެދިފައިވާ ކަމެކެވެ.

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރު ގާއިމުކުރަން ގޫގުލްގެ ސެޓެލައިޓް

ޖައްވުގައި އޭއައި ޑޭޓާ ސެންޓަރުތައް ގާއިމުކުރުމުގެ ދިރާސާއަކަށް ގޫގުލްގެ "ޕްރޮޖެކްޓް ސަންކެޗާ" ގެ ދަށުން ޕްރޮޓޯޓައިޕް ސެޓެލައިޓެއް އަންނަ ހަފުތާގައި ޖައްވަށް ފޮނުވާލުމަށް ވަނީ ނިންމާފައެވެ. މި މިޝަންގެ މައިގަނޑު ބޭނުމަކީ ޖައްވުގެ ރޭޑިއޭޝަނާއި ގަދަ ހޫނުގައި ގޫގުލްގެ އޭއައި ޗިޕްތައް މަސައްކަތްކުރާ މިންވަރު ބަލައި، އިރުގެ ހަކަތަ ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި ޑޭޓާ ސެންޓަރުތައް ހިންގިދާނެތޯ ދެނެގަތުމެވެ.

އޯޕަންއޭއައި ބޮޓްތަކެއް އެކި ވެބްސައިޓްތަކަށް ނުފޫޒު ފޯރުވައިފި

އޯޕަންއޭއައިގެ އޭއައި އެޖެންޓްތަކެއް އެމެރިކާގެ ސަރުކާރުގެ އިދާރާތަކާއި ޔުނިވާސިޓީތަކުގެ ވެބްސައިޓްތަކުގެ ސަލާމަތީ ފިޔަވަޅުތައް މުގުރާލައި، ބައެއް މައުލޫމާތުތަކަށް ނުފޫޒު ފޯރުވާފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ. މި ބޮޓްތަކުން އާންމުންނަށް ފެންނަން ނުހުންނަ ފައިލްތަކަށް ވަދެފައިވާއިރު، މިއީ އިންސާނުންގެ ކޮންޓްރޯލުން ނެއްޓިގެންދާ އޭއައި ވަސީލަތްތަކުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކާ މެދު އޮތް ބިރުވެރިކަން އިތުރުވި ކަމެކެވެ.

ނުބައި ނިޔަތެއްގައި އޭއައި ވާދަވެރިކަން އުފެއްދުމާ ޗައިނާ ދެކޮޅު

އޭއައިގެ ދާއިރާއިން ނުބައި ނިޔަތެއްގައި ވާދަވެރިކަން އުފެއްދުމާއި، ބިރުވެރިކަން ފެތުރުމާ ދެކޮޅަށް ޗައިނާއިން ވަނީ އިންޒާރު ދީފައެވެ. ޗައިނާގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މިފަދަ އަމަލުތަކުގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތައް އެކުލަވާލުމަށް ހުރަސްއެޅޭ ކަމަށާއި، ހުރިހާ ގައުމަކުން ގުޅިގެން އިންސާނިއްޔަތަށް ފައިދާހުރި ގޮތެއްގައި އޭއައި ކުރިއެރުވުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

މެޓާ 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

ކުޑަކުދިންގެ ރައްކާތެރިކަމަށް އިހުމާލުވި މައްސަލައިގައި އެމެރިކާގެ ކޯޓަކުން މެޓާ ކުންފުނި 567 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފައިވާއިރު، މިއާއެކު އެ ކުންފުނިން ދައްކަންޖެހޭ ޖުމްލަ އަދަދު ވަނީ 942 މިލިއަން ޑޮލަރަށް އަރާފައެވެ. ފަނޑިޔާރު މެޓާ ސިފަކުރެއްވީ ކުޑަކުދިންނަށް ނަފްސާނީ އަދި ޖިންސީ ގެއްލުންދޭ "އާންމު އުނދަގުލެއް"ގެ ގޮތުގައެވެ. ނަމަވެސް މެޓާއިން ވަނީ މި ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް، މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް ބުނެފައެވެ.

Newsletter

Get the latest news delivered straight to your inbox