ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި އައިނު ވިއްކަމުންދާ އައިކެއާ އޮޕްޓިކަލްސް އިން މި ފެށުނު ސްކޫލް ބަންދާ ދިމާކޮށް ވަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ޕްރައިޒް ޑައިސް" ޕްރޮމޯޝަނުގައި ޑައިސްއެއް ރޯލްކޮށްގެން އަގުހުރި ތަފާތު އިނާމު ލިބޭނެ ކަމަށް އައިކެއާއިން އިން ބުންޏެވެ. އެ ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ 990ރ. ގެ ވިޔަފާރި ކުރާ ކަސްޓަމަރުންނަށް ކަމަށް އެ ފިހާރައިން ބުނެ އެވެ.
އިނާމުގެ އިތުރުން، ޑައިސް ރޯލްކޮށްގެން ބޮޑެތި ޑިސްކައުންޓު ވެސް ލިބޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.
އެ ޕްރޮމޯޝަން ކުރިއަށްދާނީ މާދަމާއިން ފެށިގެން މި މަހުގެ ނިޔަލަށެވެ. އައިކެއާގެ ވިއްކަން ހުރި ޕްރޮޑަކްޓުތައް eyecare.mv އިން ބަލާލެވޭނެ އެވެ. އަދި އެ ފިހާރައިގެ ހޮޓްލައިން ނަމްބަރު 3321026 އަށް ގުޅައިގެން "ޕްރައިސް ޑައިސް" ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އައިކެއާ އޮޕްޓިކަލްސްގެ ފުރަތަމަ ފިހާރަ ހުޅުވާފައި ވަނީ މީގެ 19 އަހަރު ކުރިން 2003 ވަނަ އަހަރު ވެރިކަން ކުރާ މާލޭގެ ގަޑިބުރު ކައިރީގަ އެވެ. އޭގެ ފަހުން މާލޭގެ އިތުރުން ބައެއް އެހެން ރަށްރަށުގައި ވެސް އައިކެއާގެ ފިހާރަތައް ވަނީ ހުޅުވައިފަ އެވެ.
އޭގެ ފަހުން އައިކެއާާއިން ވަނީ ލޮލުގެ ފަރުވާ ދޭ ހާއްސަ ހޮސްޕިޓަލެއް ވެސް މާލޭގައި ހުޅުވައިފަ އެވެ.










