މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުނުކޮށް ފާސްކުރާތީ އައިއެފްޖޭގެ ކަންބޮޑުވުން

ނޫސްވެރިން މީގެކުރިން ކުރި މުޒާހާރާއެއްގެ ތެރެއިން: މަސްދަރު ހާމަކުރުމުގެ މާއްދާއާމެދު ކަންބޮޑުވުން އެބަ އޮތް - ފޮޓޯ: އަހުމަދު ޝުރާއު / އަވަސް

ނޫސްވެރިން މީގެކުރިން ކުރި މުޒާހާރާއެއްގެ ތެރެއިން: މަސްދަރު ހާމަކުރުމުގެ މާއްދާއާމެދު ކަންބޮޑުވުން އެބަ އޮތް - ފޮޓޯ: އަހުމަދު ޝުރާއު / އަވަސް

ނޫސްވެރިކަމުގެ މަސައްކަތުގައި ބޭނުންކުރާ މަސްދަރުތައް ހިމާޔަތްކުރުމަށް ގާނޫނުއަސާސީން ލިއްބައިދޭ ހައްގު ހަނިކުރަން ގާނޫނުގައި ހިމަނަން މަސައްކަތް ކުރަމުންދާނީ ނޫސްވެރިންގެ ހިޔާލުތަކަށް ބެލުމެއް ނެތި ކަމަށް ބުނެ ދުނިޔޭގެ ނޫސްވެރިންގެ އެންމެ ބޮޑު ޔުނިއަން، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައިއެފްޖޭ) އިން ކަންބޮޑުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލު ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ދިރާސާކުރަމުންދާއިރު, އެ ބިލުގައި ގާނޫނުއަސާސީން ނޫސްވެރިންނަށް ދީފައިވާ މަސްދަރު ރައްކާތެރިކުރުމުގެ ހައްގު ހަނިކުރަން ވަނީ ހިމަނާފަ އެވެ. އެގޮތުން, ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު އެ ބިލުން ވަނީ ލިބިދީފަ އެވެ.

މީގެކުރިން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ އެ މާއްދާ އެއްކޮށް އުނިކޮށް ދިނުމަށް ޖުޑިޝަރީ ކޮމިޓީގައި އެދިފަ އެވެ. ނަމަވެސް, ކޮމިޓީން އެ ހުށަހެޅުން ބަލައިނުގަނެ, މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހުކޮށް އެއަށް ކޮމެންޓް ކުރުމަށް އެމްޖޭއޭ އަދި އެމްއެމްސީއަށް ފޮނުވާފައިވެ އެވެ.

މަސްދަރު ހާމަކުރުމުގެ މާއްދާ ކޮމިޓީން މިހާރު ޑްރާފްޓް ކޮށްފައި އޮތް ގޮތް ވެސް ބަދަލުކޮށް, މަސްދަރު ހާމަކުރުން އެންގުމަކީ ވަރަށް ނާދިރު ހާލަތެއްގައި ނޫނީ ނުކުރެވޭނެ ކަމެއްކަން ޔަގީންކުރުމަށް އެމްޖޭއޭއިން އިއްޔެ ވަނީ މަޖިލީހަށް ކަރުދާހެއް ހުށަހަޅާފަ އެވެ. މިފަދަ ކަރުދާހެއް އެމްއެމްސީން ވެސް މަޖިލީހަށް ހުށަހެޅި އެވެ.

އެގޮތުން, ޓެރަރިޒަމްގެ ވަކި ހާއްސަ ކުށްތަކަކާ ގުޅޭ މަސްދަރެއް ނޫނީ ހާމަކުރަން ނޭންގޭނެ ގޮތަށް އިސްލާހު ކުރުމާއި އެ ހާލަތުގައި ވެސް ގިނަ ކަންތައްތަކެއް ސާބިތު ކުރެވިގެން މެނުވީ ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން ކޯޓަކަށް އެންގިގެން ނުވާނެކަމުގެ ޔަގީންކަން ބިލުގައި ހިމެނުމަށް އެމްޖޭއޭގެ ހިޔާލު ކަރުދާހުގައި ހިމަނާފައިވެ އެވެ.

އެމްޖޭއޭއިން ހުށަހެޅި ކަރުދާސް ބިނާކޮށްފައިވަނީ, ބްރިޓިޝް ހައި ކޮމިޝަންގެ އެހީގެ ދަށުން އެލިނިއާ އިންޓަނޭޝަނަލް އިން ރާއްޖޭގައި ހިންގަމުން އަންނަ ކޮމިއުނިކޭޝަންސް ގަވަނަންސް ޕްރޮޖެކްޓްގެ ކޮންސަލްޓަންޓް، ޑރ. ޖޮއޭން ބަރާތާގެ މަޝްވަރާގެ މަތިންނެވެ.

ޑރ. ބަރާތާއަކީ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ނޫސްވެރިންގެ ރައްކާތެރިކަމާ ބެހޭ މައްސަލަތަކުގައި ކައުންސިލް އޮފް ޔޫރަޕް, ޔުނެސްކޯ، އޯގަނައިޒޭޝަން އޮފް އެމެރިކަން ސްޓޭޓްސް އަދި އޯގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް (އޯއެސްސީއީ) ފަދަ ބައިނަލްއަގުވާމީ މުއައްސަސާތަކަށް ލަފާދޭ ތަޖުރިބާކާރެކެވެ.

ނަމަވެސް, އެ ހިޔާލު ކަރުދާސް އިއްޔެ މަޖިލީހަށް ފޮނުވުމުގެ ކުރިން ޖުޑިޝަރީ ކޮމިޓީން ވަނީ ހެއްކާ ބެހޭ ބިލް އެއްކޮށް ފާސްކޮށްފަ އެވެ. މަސްދަރު ހާމަކުރުމުގެ މާއްދާއާމެދު ބޮޑެތި ކަންބޮޑުވުންތަކެއް އޮތްވައި, މިއަދު މަޖިލީހުގެ ތަޅުމުން އެ ބިލް ފާސްކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

އެކަމާ ގުޅިގެން އައިއެފްޖޭއިން ބުނީ ނޫސްވެރިކަމަށް ހުރަސްއެޅޭނެ މާއްދާއެއް ފާސްކުރުމުގެ ކުރިން އެމްޖޭއޭގެ ހިޔާލުތަކާއި ކަންބޮޑުވުންތަކަށް މަޖިލީހުން ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ. އައިއެފްޖޭއިން މި ކަންބޮޑުވުން ފާޅުކުރިއިރު, އެމްޖޭއޭއިން ވެސް ވަނީ މަސްދަރު ހާމަކުރުމުގެ މާއްދާ އިސްލާހު ނުކޮށް ފާސްނުކުރުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުވާފަ އެވެ.

އެ ސިޓީގައި ބުނެފައިވާ ގޮތުގައި މިހާރު މާއްދާ އޮތް ގޮތުން މަސްދަރު ހާމަކުރަން ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަރަށް ފުޅާ ގޮތެއްގައި ކޯޓުތަކަށް ވަނީ ހުޅުވިފަ އެވެ. އެކަމުގެ ސަބަބުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މީހުން ފަސްޖެހި ނޫސްވެރިންނަށް ބޮޑެތި އަދަބުތަކާ ކުރިމަތިލާން ޖެހުމުގެ ފުރުސަތު ބޮޑެވެ.

އެމްޖޭއޭއިން ބުނި ގޮތުގައި, ބިލް ކޮމިޓީން ފާސްކޮށްފައިވަނީ އެ ޖަމިއްޔާގެ ހިލާލުތައް ހުށަހެޅުމަށް ވަގުތުކޮޅެއް ދިނުމަށް އެދިފައިވަނިކޮށެވެ. އެ ޖަމިއްޔާއިން މަޖިލީހަށް ހިޔާލު ފޮނުވީ ބޭރުގެ ތަޖުރިބާރުންގެ މަޝްވަރާގެ މަތިންނެވެ. މިހާރު މާއްދާ އޮތް ގޮތަކީ, އައިއެފްޖޭ އަދި އެމްނެސްޓީން ވެސް ކަންބޮޑުވާ ކަމެއްގެ ގޮތުގައި އެމްޖޭއޭއިން ފާހަގަކުރެ އެވެ.

"މި އެސޯސިއޭޝަނުން އެދެނީ މި ޖަމިއްޔާގެ ކަރުދާހުގައި ހުށަހަޅާފައިވާ އިސްލާހުތަކަށް ރިއާޔަތްކޮށްފައި ނޫނީ ބިލް މަޖިލީހުގެ ތަޅުމުން ފާސްނުކުރުމަށް" ސިޓީގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox