ބޭކާރު ގޮތުގައި ބިންތައް ހިއްކުން ހުއްޓައިލަން ޖެހޭ: އީޕީއޭ

ކ. ތުލުސްދޫގައި 2014 ވަނަ އަހަރުން ފެށިގެން ބޭނުމެއް ނުކޮށް އޮތް ހިއްކި ސަރަހައްދު. އީޕީއޭއން މިއަދު ބުނީ ބޭކާރު ގޮތުގައި ބިންހިއްކުން ހުއްޓައިލަން ޖެހޭ ކަމަށް.

ކ. ތުލުސްދޫގައި 2014 ވަނަ އަހަރުން ފެށިގެން ބޭނުމެއް ނުކޮށް އޮތް ހިއްކި ސަރަހައްދު. އީޕީއޭއން މިއަދު ބުނީ ބޭކާރު ގޮތުގައި ބިންހިއްކުން ހުއްޓައިލަން ޖެހޭ ކަމަށް.

ރާއްޖޭގައި ކުރިން ހިއްކާފައިވާ ބޮޑެތި ބިންތައް އަދި ވެސް ބޭނުން ނުކޮށް އެބަހުރި ކަމަށާއި ބޭކާރު ގޮތުގައި ބިންތައް ހިއްކުން ހުއްޓައިލަން ޖެހޭ ކަމަށް އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމެންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމެއްގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އީޕީއޭގެ ޑިރެކްޓަރް ޖެނެރަލް އިބްރާހީމް ނައީމް ވިދާޅުވީ ހިއްކި ގިނަ ބިންތަކެއްގެ ބޭނުން އެކަށީގެންވާ ވަރާ ގާތަށް ވެސް ކޮށްފައި ނުވާ ކަމަށެވެ. އެގޮތަށް ހިއްކާފައި ބޭނުން ނުކޮށް ފަންސާހަށް ވުރެ ގިނަ ބިން އެެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. ނައީމް ވިދާޅުވީ ބިން ހިއްކާއިރު އެއީ ހަމަ ހަގީގަތުގައި ވެސް ރަނގަޅު ބޭނުމަކަށް ހިއްކާ ތަނެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

"ހިއްކާގައި ބޮޑެތި ބިންތައް ދޫކޮށްލާފައި، އެއްވެސް ކަމެއް ނުކޮށް ހަމަ ވިނަފަޅާލާފައި އޮންނަ ގޮތަށް ދޫކޮށްލާފައި އޮންނަ އޮތުން އަޅުގަނޑުމެން އެބަ ޖެހޭ ނިމުކަކަށް ގެންނަން،" ނައީމް ވިދާޅުވި އެވެ.

އެންވަޔަރްމެންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އީޕީއޭއާއި ބައެއް މަދަނީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިކޮށްގެން މަޝްވަރާކުރީ އައްޑޫން ބޮޑު ބައެއް ހިއްކައިގެން، ސަރުކާރުން ކުރިއަށް ގެންދަން އުޅޭ މަޝްރޫއަކާ މެދު މަދަނީ ޖަމިއްޔާތަކަކުން ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެންނެވެ.

ތިމާވެށި ހިމާޔަތްކުރަން މަސައްކަތްކުރާ އެ ޖަމިއްޔާތަކުގެ އިސް ފަރާތައް ބައިވެރިވި އެ ބައްދަލުވުމުގައި ކޮމިޓީގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އީޕީއޭއާ ކުރެއްވި ސުވާލުގައި އެއްސެވީ މިހާރު ބޭނުންކުރަމުން އަންނަނީ ހިއްކި ބިންތަކުގެ ކިހާ މިންވަރެއްތޯ އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަމުން ނައީމް ވިދާޅުވީ 50 އަށް ވުރެ ގިނަ ރަށްރަށުގައި ބިން ހިއްކާފައި ބޭނުން ނުކޮށް އެބަހުރި ކަމަށެވެ.

"ފަންސާހަށް ވުރެ ގިނައިން އެބަހުރި، ދެން އީއައިއޭ ހުއްދަތައް ދިނުމުގެ ކުރިން ވެސް އެބަހުރި، އޭގެ މާކުރިން ވެސް ރަށްތައް ހިއްކުމުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައި އެބަހުރި. ދެން ހިއްކި ހުރިހާ ތަނެއްގެ ބޭނުން ހަަމަ އެކަށީގެންވާ މިންވަރާ ގާތަށް ވެސް ނުކޮށް ހުރީ،" ނައީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ހިއްކާފައި ބޭނުންނުކޮށް ހުންނަ ބިންތަކުގެ ކައިރިން ދެވަނަ ފަހަރަށް ބިން ހިއްކާ ގޮތަށް ވެސް ޕްލޭންތައް ހަދާ ކަމަށެވެ.

"ހަމަ އެ ސަރަހައްދުން ނުވެގެން، އެތަނާ އެއްކޮށްލާފައި ދެން އޮންނަ ތަން ލައިގެން އެއަށް ވުރެ މާބޮޑު މަޝްރޫއެއް ކުރިއަށް ގެންދަން މި ހިއްކަނީ. މިކަހަލަ ގޮތަކަށް ހިއްކުމާ ބެހޭ އެއްޗިހީގެ ޕްރޮޕޯސަލްތައް އައިސްފައި މިހުންނަނީ،" ނައީމް ވިދާޅުވި އެވެ.

އައްޑޫގައި ކުރިއަށް ގެންދަން އުޅޭ މަޝްރޫއާ މެދު ޖަމިއްޔާތަކުން މިއަދުގެ ބައްދަލުވުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox