އިންޑިއާގައި ހިންދޫ މީހެއްގެ ބޯ ބުރިކޮށްލައިފި

އުދައިޕޫރްގައި އުފެދުނު ހަމަނުޖެހުމުގެ ތެރެއިން އެއްޗެއްގައި ރޯކޮށްފައި. -- ފޮޓޯ: އޭއެންއައި

އުދައިޕޫރްގައި އުފެދުނު ހަމަނުޖެހުމުގެ ތެރެއިން އެއްޗެއްގައި ރޯކޮށްފައި. -- ފޮޓޯ: އޭއެންއައި

އިންޑިއާގެ އުތުރު ރާޖަސްތާން ސްޓޭޓުގައި ހިންދޫ މީހެއްގެ ބޯ ބުރިކޮށްލި މައްސަލަ ހޫނުވެ، މުސްލިމުންނާއި ހިންދޫންނާ ދެމެދު އިތުރު ހަމަނުޖެހުން ފެތުރުމުގެ ބިރު ބޮޑުވެއްޖެ އެވެ.

އުދައިޕޫރް ޑިސްޓްރިކްޓުގައި މަރާލީ ކަންހައިޔާ ލާލް ނަމަކަށް ކިޔާ ހެދުން ފަހާ މީހެކެވެ. އޭނާގެ ބޯ ބުރިކުރި ދެ މުސްލިމް ފިރިހެނުން ވަނީ އެ މަންޒަރު ވީޑިއޯކޮށް އަޕްލޯޑްކޮށްފަ އެވެ.

އެ މީހުން ބުނީ އެއީ ވެރިކަން ކުރާ ބީޖޭޕީގެ ތަރުޖަމާނަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުން ލާލް އެކަަަމަށް ތާއީދުކޮށްފައި ވާތީ ބަދަލު ހިފުމުގެ ގޮތުން ހިންގި އަމަލެއް ކަމަށެވެ.

އެ ސަރަހައްދުގައި އިންޓަނެޓްގެ ހިދުމަތް ކަނޑާލައި، ބޮޑެތި އެއްވުންތައް ބޭއްވުން މިހާާރު ވަނީ މަނާކޮށްފަ އެވެ. ވީޑިއޯއިން ފެނުނު ދެ މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ.

އިތުރު ވީޑިއޯއެއްގައި އެ ދެ މީހުން ވަނީ އެ އަމަލާ ގުޅޭ ގޮތުން ފޮނި ކަނޑައި، ކަތިވަޅި ހިފައިގެން ތިބެ ބޮޑު ވަޒީރު ނަރެންދްރަ މޯދީއަށް އިންޒާރު ދީފަ އެވެ.

ރާޖަސްތާން ފުލުހުންގެ އިސް އޮފިޝަލަަކު ވަނީ ވީޑިއޯތައް ދައުރު ނުކުރަން މީޑިއާތަކަށް އަންގާފަ އެވެ.

އިންޑިއަން އެކްސްޕްރެސް ނޫހުން ބުނީ ލާލް މަރާލުމުގެ ތިން ހަފްތާ ކުރިން އޭނާ ހައްޔަރު ކުރި ކަމަށެވެ. އެއީ މުސްލިމުންނަށް ފުރައްސާރަ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގަ އެވެ.

ފުލުހުންގެ ބަންދުން ދޫކޮށްލުމުން، މަރާލާނެކަމުގެ އިންޒާރު ލިބެން ފެށި ކަމަށާއި އެހެންވެ ފުލުހުންގެ ހާއްސަ ރައްކާތެރިކަމަށް އޭނާ އެދުނު ކަމަށް އެ ނޫހުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސްޕޭސްއެކްސްއަށް ފަންޑިން ހުއްޓުވުމުގެ އިންޒާރު

ޔޫކްރެއިންގައި ބޭނުންކުރާ ސްޓާޝީލްޑްގެ ޚިދުމަތަށް ބަދަލުތަކެއް އައި މައްސަލައިގައި، ސްޕޭސްއެކްސްއަށް ދޭ ފަންޑިން ހުއްޓާލާނެ ކަމުގެ އިންޒާރު އެމެރިކާގެ ކޮންގްރެސް މެންބަރު ޖިމް ހައިމްސް ދެއްވައިފިއެވެ. އޭނާ އެދިވަޑައިގަންނަވަނީ މި ބަދަލުތަކަކީ ކުންފުނިން އަމިއްލައަށް ނިންމި ނިންމުމެއްތޯ ނުވަތަ ސަރުކާރުގެ އެންގުމަކަށް ކުރި ކަމެއްތޯ ސާފުކޮށްދިނުމަށެވެ. ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލް ނެތް ނިޒާމުތަކަށް ފައިސާ ދޫނުކުރާނެ ކަމަށް ވިދާޅުވެ، މިކަމާ ގުޅޭގޮތުން އީލޮން މަސްކާ ބައްދަލުކުރުމަށްވެސް ހައިމްސް ވަނީ އެދިވަޑައިގެންފައެވެ.

ރަޝިޔާ އާއެކު މަޝްވަރާއަށް ތައްޔާރު: ޔޫރަޕުގެ ލީޑަރުން

ޔޫކްރެއިން ހަނގުރާމަ ހުއްޓާލުމަށް ރަޝިޔާއާއެކު މަޝްވަރާކުރުމަށް ތައްޔާރަށް ތިބިކަން ޔޫރަޕުގެ ލީޑަރުން ހާމަކޮށްފައިވާއިރު، މި މަޝްވަރާތަކުގައި ވިލާތުގެ ބައިވެރިވުން ހިމެނުމަށް އެމެރިކާއިން ދަނީ ބާރުއަޅަމުންނެވެ. ރަޝިޔާގެ ރައީސް ޕޫޓިން ވަނީ ވިލާތުގެ ގައުމުތަކުގެ ސިޔާސަތުތައް ސާފުކުރުމަށްޓަކައި މޮސްކޯއަށް ޒިޔާރަތްކުރުމަށް އެ ގައުމުތަކަށް ދައުވަތު ދެއްވާފައެވެ.

އެންތްރޮޕިކް 1.76 ޓްރިލިއަން ޑޮލަރުގެ ކުންފުންޏަކަށް

އޭއައި ކުންފުނި އެންތްރޮޕިކް ހިއްސާގެ ބާޒާރަށް ނުކުތުމާއެކު، އެ ކުންފުނީގެ އަގު 1.76 ޓްރިލިއަން ޑޮލަރަށް އަރައި ދުނިޔޭގެ އެންމެ އަގުބޮޑު ކުންފުނިތަކުގެ ތެރޭގައި ހިމެނިއްޖެއެވެ. ހިއްސާގެ އަގަށް އައި ކުރިއެރުމާއެކު އޭއައި ދާއިރާއަށް އޮތް ބޮޑު ޝައުގުވެރިކަން ހާމަވީ ނަމަވެސް، މިއީ އިގްތިސާދީ "ބަބުލް" އެއްގެ ގޮތުގައި ބައެއް މާހިރުން ސިފަކުރެއެވެ. ކްލޯޑް ޗެޓްބޮޓް އުފެއްދި މި ކުންފުނިން އެންމެ ބޮޑު އިސްކަމެއް ދެނީ އޭއައިގެ ރައްކާތެރިކަމަށެވެ.

ވެން ގޯގެ ކުރެހުމެއް 190 މިލިއަން ޑޮލަރަށް ވިއްކާލައިފި

ވިންސެންޓް ވެން ގޯގެ "ޗެސްޓްނަޓް ޓްރީޒް އިން ބްލޮސަމް" ކުރެހުން 190.4 މިލިއަން ޑޮލަރަށް ވިއްކާލައި، ދުނިޔޭގެ އާ ރެކޯޑެއް ގާއިމުކޮށްފިއެވެ. މި ކުރެހުން ނީލަމުގައި ވިއްކާލާފައިވަނީ، ނާޒީންގެ ދުވަސްވަރު މަޖުބޫރުވެގެން މި ކުރެހުން ވިއްކާލަން ޖެހުނު އާއިލާއާއި މިހާރުގެ މިލްކުވެރިންގެ މެދުގައި އުފެދުނު ގާނޫނީ މައްސަލައަށް ހައްލެއް ހޯދުމަށްފަހުގައެވެ.

ރޮހިންޔާ ގަތުލުއާންމުގައި މިޔަންމާ ކުށްވެރިވެއްޖެ

މި މައްސަލައިގައި ދަ ގެމްބިއާއަށް ތާއީދުކޮށް، ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ވަކީލުންނާއެކު ކޯޓުގައި މިޔަންމާއާ ދެކޮޅަށް ވަކާލާތުކޮށް އިސް ދައުރެއް އަދާކޮށްފަ. ކޯޓުގެ ހުކުމުގައި މިޔަންމާ ކުށްވެރިކޮށް، ގެއްލުމުގެ ބަދަލު ދިނުމުގެ ޕްރޮގްރާމެއް އެކުލަވާލުމަށް ވެސް ވަނީ އަމުރުކޮށްފަ.

ޕެޓިންސަން ހަތްވަނަ ބޮންޑަށް ހޮވުމުގައި ބޭޒޯސްގެ ބޮޑު ދައުރެއް

އާ ޖޭމްސް ބޮންޑުގެ ރޯލަށް އެކްޓަރު ރޮބަޓް ޕެޓިންސަން ހަމަޖެއްސުމުގައި އެމެޒޯންގެ ޗެއާމަން ޖެފް ބޭޒޯސް މުހިންމު ދައުރެއް އަދާކޮށްފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ. ޑެނިއަލް ކްރެއިގްގެ ފަހުން ހަތްވަނަ ބޮންޑުގެ ގޮތުގައި ޕެޓިންސަން ފެނިގެންދާ 26 ވަނަ ފިލްމު، ޑެނިސް ވިލެނޫވްގެ ޑައިރެކްޝަނުގެ ދަށުން 2028 ވަނަ އަހަރު ރިލީޒްކުރުމަށް ވަނީ ތާވަލުކޮށްފައެވެ.

އެންތްރޮޕިކް އުފެއްދި 7 ބާނީން ބިލިއަނަރުންގެ ލިސްޓަށް

އޯޕަން އޭއައި އިން ވަކިވި ހަތް މީހަކު 2021 ވަނަ އަހަރު އުފެއްދި އެންތްރޮޕިކް ކުންފުނި ހިއްސާގެ ބާޒާރަށް ނެރުމާއެކު، އެ ކުންފުނީގެ ބާނީން ބިލިއަނަރުންގެ ލިސްޓަށް އެރުމަށް ވަނީ ތައްޔާރުވެފައެވެ. އޭއައިގެ ރައްކާތެރިކަމަށް އިސްކަންދޭ މި ޒުވާން ޓީމުގެ ކުންފުނިން އުފެއްދި "ކްލޯޑް" އާއެކު، އެންތްރޮޕިކް މިހާރު ވަނީ ޓެކްނޮލޮޖީގެ ދާއިރާގެ ބޮޑު ބާރަކަށް ބަދަލުވެފައެވެ.

Newsletter

Get the latest news delivered straight to your inbox